20 ވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން މިއަދު ފަށަނީ

މީގެކުރިން ބޭއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން

މީގެކުރިން ބޭއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން

ރާއްޖޭގެ ފަތުރުވެރިކަމާއި ކާބޯތަކެތީގެ ސިނާއަތަށް އަމާޒުކޮށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް ހަރަކާތް ކަމަށްވާ 20 ވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް މިއަދު ފެށުމަށް ތައްޔާރުވެއްޖެ އެވެ. 

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް އިން ބާއްވާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 28، އިން ފެށިގެން 30 ގެ ނިޔަލަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. އޭގެއިތުރުން އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 27، އިން 30 އަށް މާލޭ އެމްއެންޔޫގަ އެވެ. 

ހޮޓެލް އޭޝިއާ މައުރަޒު ފެށުނު ދުވަސްވަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އޮތީ ބޭރުގެ ސަޕްލަޔަރުންނަށް ވަރަށް ބޮޑަށް ބަރޯސާވެފަ އެވެ. އެގޮތުން ރިސޯޓުތަކަށް ބޭނުންވާ މުދަލާއި ހިދުމަތްތަކުގެ ގާތްގަނޑަކަށް 80 ޕަސަންޓް ހޯދަމުން އައީ ރާއްޖޭން ބޭރުގައި ބާއްވާ އެކި މައުރަޒުތަކަށް ގޮސްގެންނެވެ.

މި ދަތިކަން ހައްލުކޮށް، ސަޕްލަޔަރުންނާއި ހޮޓެލް އޮޕަރޭޓަރުން އަދި މި ދާއިރާގެ ފަންނީ މީހުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި މައުރަޒު ފެށުމުގެ މައިގަނޑު މަގުސަދެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ހޮޓެލް އޭޝިއާ މައުރަޒުން ވަނީ ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކާއި ރެސްޓޯރެންޓްތަކަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތަކާއި، ބަދިގޭގެ ވަސީލަތްތަކާއި، އޮޕަރޭޝަނަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ހޮޓެލް އޭޝިއާގެ ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި މަގުބޫލު މަންޒިލަކަށް ބަދަލުވެގެން ދިޔަ ދިއުމުގެ ރަމްޒެއް ކަމަށް އެ ފަރާތުން ބުންޏެވެ. 40 ކުންފުންޏާއެކު ފެށި މި ހަރަކާތް މިއަދު ވެފައިވަނީ ސަޕްލަޔަރުންނާއި، ގަންނަ ފަރާތްތަކާއި، ކެއްކުންތެރިންނާއި، ސިނާއަތުގެ އިސްވެރިން ބައްދަލުވާ އެންމެ އިތުބާރު ހުރި މަރުކަޒަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ، ބައިނަލްއަގުވާމީ ބްރޭންޑްތަކާއި ސަޕްލަޔަރުންގެ ޝައުގުވެރިކަން އިތުރުވަމުން ދިއުމާއެކު، ހޮޓެލް އޭޝިއާ މައުރަޒު ވެސް ހަލުވިކަމާއެކު ތަރައްގީވަމުން އައެވެ. މިގޮތުން 2008 ވަނަ އަހަރުން ފެށިގެން ދެ އަހަރުން އެއް އަހަރު ބާއްވަމުން އައި މި މައުރަޒު ވަނީ ކޮންމެ އަހަރަކު ބާއްވާ އަހަރީ ހަރަކާތަކަށް ބަދަލުކޮށްފަ އެވެ.

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox