މުއްސަނދިންގެ އާސަންދަ ލިމިޓުކުރަން ހަފުތާއަކަށް ވީއިރު އާސަންދަ ކުންފުންޏަށް ތަފުސީލުތަކެއް ނޭނގޭ

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ (މ) އެސްއޯއީ ކޮމިޓީގައި --- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ (މ) އެސްއޯއީ ކޮމިޓީގައި --- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

އާމްދަނީގެ ގޮތުގައި 60،000ރ. އަށްވުރެ ގިނައިން ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރަން ފެށުމަށް ހަފުތާއަކަށްވީއިރު ވެސް އެކަމުގެ އެއްވެސް ތަފުސީލެއް ކުރެވެން ނެތް ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދައިން މިހެން ބުނީ  މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ސިޔާސަަތުގެ ތަފުސީލުތައް ހޯދަން މި ނޫހުން ހުށަހެޅި އާރުޓީއައިއަކަށް ދިން ޖަވާބުގައި އެވެ. މި ހުށަހެޅުމުގައި އަށް ކަމެއް ހިއްސާކޮށްދޭން އެދުނެވެ.

މިހެން ނަމަވެސް އާސަންދައިން ވަކިވަކި ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި، ހުރިހާ ސުވާލަކަށް ދިނީ އެއް ޖަވާބެކެވެ. އެއީ މަސައްކަތް ކުރިއަށް ދާތީ، އެ މައުލޫމާތު ހާމަކުރެވޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ.

"ސިޔާސަތު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި ވަގުތު ކުރިއަށް ދާތީ، އެދިވަޑައިގެންފައިވާ މައުލޫމާތުތައް މަސައްކަތްތައް ނިމުމުން ހާމަކުރާނެ ވާހަކަ ދަންނަވަމެވެ،" އާސަންދައިން ބުންޏެވެ.

އާސަންދައިން މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެ ނުދިން މައުލޫމާތުގެ ތެރޭގައި މި ސިޔާސަތު ތަންފިޒުކުރަން ފަށާނެ ތާރީހު ވެސް ހިމެނެ އެވެ. 

އާރުޓީއައިގައި އަދަދު ނޫހުން ހޯދަން އެދުނު މައުލޫމާތު 

  1. 60،000ރ. އަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންގެ އާސަންދަ ފުލް ކަވަރޭޖު އުނިކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން އެކުލަވާލައިފައިވާ އުސޫލު ނުވަތަ އޮޕަރޭޝަނަލް ގައިޑްލައިންގެ ކޮޕީ
  2. 60،000ރ. އަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންގެ އާސަންދަ ލިމިޓުކުރަން ފަށާނެ ތާރީހަކީ ކޮބައިތޯ؟
  3. މަހަކު 60،000ރ. އަށްވުރެ މަތިން އާމްދަނީ ލިބޭ ކަމަށް ސަރުކާރުގެ ރެކޯޑުތަކުން ދައްކާ އާސަންދަ ބޭނުންކުރާ އާބާދީގެ ޖުމުލަ އަދަދަކީ ކޮބައިތޯ؟
  4. އިންޝުއަރެންސް ކަވަރޭޖު އުނިކުރެވޭ މީހުންގެ ސެކަންޑްރީ ނުވަތަ ޕްރައިވެޓު އިންޝުއަރެންސް ސްކީމްތަކާއި ގުޅުވައިލުމަށް ރޭވިފައިވާ ގޮތަކީ ކޮބައިތޯ؟
  5. 60،000ރ. އަށްވުރެ މަތިން އާމްދަނީ ލިބޭ ކިތައް މީހުން އެބަ ތިބިތޯ؟ ދައުލަތުގެ މަގާމުތަކުގައި އަދި، އަމިއްލަ ކުންފުނިތަކުގައި ތިބި އަންހެން ފިރިހެން ވަކިން
  6. 60،000ރ. އަށްވުރެ މަތިން އާމްދަނީ ލިބޭ ދިވެހިންގެ އަދަދަކީ ކޮބައިތޯ؟ ދައުލަތުގެ މަގާމުތަކުގައި އަދި، އަމިއްލަ ކުންފުނިތަކުގައި ތިބި އަންހެން އަދި، ފިރިހެން ވަކިން
  7. 60،000ރ. އަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ ތެރެއިން އެހެން އިންޝުއަރެންސް ސްކީމެއް އޮންނަ މީހުންގެ އަދަދަކީ ކޮބައިތޯ؟
  8. 60،000ރ. އަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އާސަންދަ ފުލް ކަވަރޭޖް ނުލިބޭ އުސޫލު ތައާރަފުކުރުމުން 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ގޮތުގެ ތަފުސީލު

ސަރުކާރުގެ މި ސިޔާސަތު އިއުލާންކުރުމާ ގުޅިގެން، މި ގިންތީގައި އިންކަމް ޓެކްސް ދައްކާ މީހުންގެ އަދަދު ބެލިއިރު، މީރާގެ ނަމްބަރުތަކުން ދައްކަނީ 60،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. 

މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީ ލިބޭ 60،000 އަށް ވުރެ ގިނަ މީހުން!

މަހަކު 60,000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިގެން އިންކަމް ޓެކްސް ދައްކާ 60,000 އަށް ވުރެ ގިނަ މީހުން ތިބިކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި. ސަރުކާރުން މިހާރު ވަނީ މިފަދަ ބޮޑު އާމްދަނީ ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖު ދިނުން ހުއްޓާލައި، އޮކްޓޫބަރު މަހުން ފެށިގެން އާ އުސޫލަކަށް އަމަލުކުރަން ނިންމާފަ.

އާމްދަނީގެ ގޮތުގައި 60،000ރ. އަށްވުރެ މަތިން ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރަން ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވީ މި މަހު 7، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"ކުރިއަށްއޮތް ދުވަސްތަކުގައި 60،000ރ. އިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކަށް މިހާރު މިއޮންނަ ގޮތަށް ފުލް ކަވަރޭޖް އާސަންދައިން ނުލިބޭނެ. 60،000ރ. އިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކުން ކޯޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެ. އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގެ އެހެން ކަންކަމަށް ހަރަދު ކުރުމަށް ސަލާމަތް ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އާމްދަނީގެ ގޮތުގައި 60،000ރ. އަށްވުރެ މަތިން ލިބޭ މީހުންގެ މައުލޫމާތު އާސަންދައިން ސާފުކޮށްނުދިން ނަމަވެސް،  މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ އަދަދަކީ 60،489 އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox