ދީނުގެ ނަމުގައި ރާއްޖޭގައި އިންސާނުން ގުރުބާންކޮށް އުޅުނު ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ: ވިދާޅުވީ އިންސާނުން ގުރުބާން ކުރިކަން އާސާރުތަކުން ފެންނަން ހުރި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ: ވިދާޅުވީ އިންސާނުން ގުރުބާން ކުރިކަން އާސާރުތަކުން ފެންނަން ހުރި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ދީނުގެ ނަމުގައި އިންސާނުން ގުރުބާންކޮށް އުޅުނު ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ދީނުގެ ނަމުގައި އިންސާނުން ގުރުބާން ކުރިކަން ރާއްޖެއިން ފެނުނު އާސާރުތަކުން ފެންނަން އެބަހުރި ކަމަށެވެ. 

"އިސްލާމްދީން އައުމުގެ ކުރިން މިކަން ދިވެހި ބިމުގައި އޮތީ ކިހިނެއްތޯ؟ އަޅުގަނޑު ފުލޯކުވާހަކަތަކާ ދިމާޔަށް ދަތުރުކުރާކަށް ނެތިން. އެކަމަކު ފެންނަން ހުރި ތާރީހީ ހަގީގަތްތައް އެބަހުރި. ރާއްޖޭގައި ދީނުގެ ނަމުގައި އިންސާނުން ގުރުބާންކުރެވިފައިވާކަން ފެންނަން ހުރި އާސާރުތަކުން އެނގެން އެބަ އޮތްކަމަށް، މުއައްރިހުން ވިދާޅުވޭ،" ރައީސް ވިދާޅުވި އެވެ. 

"އިންސާނުން ގުރުބާން ކުރުން ނުވަތަ ދީނުގެ ނަމުގައި އިންސާނުން ކަތިލުމަކީ ބާތިލް ވަރަށް ގިނަ ދީންތަކުގައި އޮންނަ ކަމެއް. އެ މީހުން އަޅުކަންކުރަން ތިބޭ ތަންތަނުގައި މި ފަދަ ޖަރީމާތައް ހިންގައިފައިވާކަން ބޭރުގެ ތަފާތު ހޯދުންތަކުން ވެސް ފެނިފައި ވެސް އެބަ ހުރި."

އިންސާނުން ގުރުބާން ކުރިކަން އެނގެނީ ރާއްޖެއިން ފެނުނު ކޮން އާސާރަކުން ކަމެއް ރައީސް މުއިއްޒު ވިދާޅެއްނުވެ އެވެ. އަދި ރާއްޖޭގައި އިންސާނުން ގުރުބާންކޮށް އުޅުނު ކަމަށް ބުނާ މުއައްރިހުންނަކީ ކޮބައިކަމެއް ވެސް އެމަނިކުފާނު ވިދާޅެއްނު ވެ އެވެ. 

އިންސާނުން ގުރުބާން ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އޮތް ކަމުގެ ވާހަކަ އިތުރަށް ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަށް ދިރިހުރުމުގެ ހައްގު ލިބުނީ އިސްލާމްދީނަށް ފަހު ކަމަށެވެ. 

"ދިވެހި ކޮންމެ ރައްޔިތަކަށް އެއީ އެ މީހާ ފަގީރަސް މުއްސަންޖަސް، އެއީ އަންހެނެއް ކަމުގައި ވިޔަސް، ފިރިހެނެއް ކަމުގައި ވިޔަސް، އެއީ ރީތި މީހެއް ކަމުގައި ވިޔަސް، ނުވަތަ އެ ނޫން މީހެއް ކަމުގައި ވިޔަސް، ކޮންމެ ދިވެހި ފަރުދަކަށް ދިރިހުރުމުގެ ހައްގު ކަށަވަރުކޮށް ދިނީ ހިޖުރީ ގޮތުން މީގެ 900 އަހަރުކުރިން މާތްވެގެންވާ އިސްލާމްދީން،" އެމަނިކުފާނު ވިދާޅުވި އެވެ. 

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، ރާއްޖޭގައި އިންސާނުން ގުރުބާންކޮށް އުޅުނުކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް އަދަދު އާ ވާހަކަ ދެއްކި ތާރީހު ދިރާސާ ކުރާ ތަޖުރިބާކާރަކު ބުންޏެވެ.

"ރަންނަމާރި ވާހަކަ ދިރާސާ ކުރުމުގައި އޭގެ ބައެއް ހިޔާލު ގެންގުޅޭ ބައެއް މުއައްރިހުން. އެއްބަޔަކު ބުނަނީ ގަދީމީ ޒަމާނުގައި ވެސް އޮތްކަމެއް ނޫނޭ. އަނެއްބަޔަކު ބުނަނީ ޖާވާ ހިސާބުގައި އޮތް ބުދު ދީނުގެ ތެރޭގައި ވެސް އޮތޭ އެކަން. ވީމާ ރާއްޖޭގައި ވެސް އޮވެދާނޭ. މިހެންގޮސް ކުރެވޭ ދިގު ބަހުސެއް އޮވޭ،" ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox