އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ދިމާވި ސިއްހީ ހާލަތެއްގެ ސަބަބުން 25 އަހަރުގެ ކާސްޓްރޯ މަރުވެއްޖެ

Aug 23, 2026, 2:09 PM
އެކުވެރި ކަމުގެ މެޗެއްގެ ތެރެއިން ސިއްހީ ހާލު ދެރަވެގެން މަރުވި ކުއޭވިން ކަސްޓްރޯ.

އެކުވެރި ކަމުގެ މެޗެއްގެ ތެރެއިން ސިއްހީ ހާލު ދެރަވެގެން މަރުވި ކުއޭވިން ކަސްޓްރޯ.

މަލްވެއިރާ، ޕޯޗުގަލް (އޮގަސްޓް 23) - ޕޯޗުގަލްގައި ކުރިއަށްދިޔަ އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ދިމާވި ސިއްހީ ހާލަތެއްގައި، ޕޯޗުގަލް އަށް އުފަން 25 އަހަރުގެ ކުއޭވިން ކާސްޓްރޯ މަރުވެއްޖެ އެވެ. 

ޕޯޗުގަލްގެ ރިއަލް ސްޕޯޓް ކްލަބް އަށް ކުޅެމުން އަންނަ ކާސްޓްރޯ އަށް ސިއްހީ ހާލަތެއް ދިމާވީ އެ ޓީމުން އެކުވެރިކަމުގެ މެޗެއްގައި އެސްޓްރެލާ ޑި އަމަޑޯރާއާ ދެކޮޅަށް ކުޅެނިކޮށެވެ. ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުމާ އެކު، އިރުކޮޅެއްގެ ތެރޭގައި، ކައިރި ހޮސްޕިޓަލަކަށް އޭނާ ގެންދިޔަ އެވެ.

ޕޯޗުގީސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކާސްޓްރޯ މަރުވެފައިވަނީ، ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. ކާސްޓްރޯ އަށް ދިމާވި ކަންކަމާ ގުޅޭގޮތުން، ރިޕޯޓެއް ތައްޔާރުކުރަން ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭނާ ކުޅެމުން އައި ރިއަލް ސްޕޯޓްސް ކްލަބް އަށް އަންގައިފަ އެވެ. 

ކާސްޓްރޯ އުފަންވީ ޕޯޗުގަލް އަށް ކަމުގައި ވިޔަސް އޭނާގެ ފުޓްބޯޅަ ކެރިއަރު ބިނާކުރީ އިންގްލެންޑްގަ އެވެ. އެ ގޮތުން، ޅަ އުމުރުގައި އިންގްލެންޑަށް ބަދަލުވެ، އިނގިރޭސި ދަށް ޑިވިޝަނުގެ ގިނަ ޓީމުތަކަކަށް ކުޅުނު ފަހުން، އޭނާ އަށް ފުރުސަތު ލިބުނީ، އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކްލަބް، ވެސްޓް ބްރޮމްވިޗް އަލްބިއަން އިންނެވެ. އެ ޓީމުގައި ތިން އަހަރު ހޭދަކުރި ނަމަވެސް ފުރުސަތު ލިބުނީ އެންމެ ތިން މެޗުގައި ކުޅޭށެވެ. އެ މުއްދަތުގައި އޭނާ ލޯން އުސޫލުން ގިނަ ޓީމުތަކަކަށް ކުޅެފައިވެ އެވެ. އެއީ، ބާޓަން، ނޮޓް ކައުންޓީ އަދި ގޭޓްސްހެޑް އެެވެ. 

މީގެ ފަސް އަހަރު ކުރިން، އިނގިރޭސި ލީގު ކަޕްގައި، ވެސްޓް ބްރޮމް އިން އާސެނަލާ ބައްދަލުކުރި މެޗުގައި ކުޅުނު ކާސްޓްރޯ ވަނީ ޔޯކް ސިޓީ، ކިންގްސް ލިން، ޗިޕެންހަމް، ކޭމްބްރިޖް ސިޓީ އަދި އީސްޓްބޯން އަަށް ވެސް ކުޅެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox