41 އަހަރުގެ ޕެޕޭ ފުޓްބޯޅައިން ރިޓަޔާކޮށްފި

Aug 8, 2024, 6:40 PM
41 އަހަރުގެ ޕެޕޭ ފުޓްބޯޅައިން ރިޓަޔާކޮށްފި

ލިޒްބަން (އޮގަސްޓް 8) - އެކާވީސް ވަނަ ގަރުނުގައި ފެނުނު އެންމެ ތަފާތު އެއް ޑިފެންޑަރު ކަމަށްވާ ޕޯޗުގަލްގެ ޕެޕޭ، އުމުރުން 41 އަހަރުގައި ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދި ޕެޕޭ، ރިޓަޔާކުރަން ނިންމިކަން އިއުލާނުކުރީ މިރޭ އޮންލައިންކޮށް ކުރި 33 މިނިޓްގެ ވީޑިއޯ ޕޯސްޓެއް މެދުވެރިކޮށެވެ.

ޕެޕޭ ވަނީ ފުޓްބޯޅައިގައި އޭނާ އަށް އެހީތެރިވި ކޮންމެ މީހަކަށް ވަކިވަކިން ޝުކުރުއަދާުކުރާ ކަމަށާއި ކުޅުން ހުއްޓާލަން ނިންމި ނިންމުމާ އެކީގައި ހަޔާތުގެ ބޮޑުބަޔެއްގެ ނިމުން އައި ކަމުގެ އިހުސާސް ކުރެވިފައިވާ ކަމަށް ބުނެފަ އެވެ. އަދި ފުޓްބޯޅައިގެ ފަހުރުވެރި އަދި އުފާވެރި ހަނދާންތައް އަބަދުވެސް އޭނާގެ ހިތާއި ސިކުނޑީގައި ދިރިދިރި ހުންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

Advertisement

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް އަށް ކުޅުނު ޕެޕޭ އަކީ ޔޫރަޕްގެ މައި ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ވެސް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. ޕޯޗުގަލް ކެޓީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން ބަލިވުމުންނެވެ.

ޕޯޗުގަލްއާ އެކު، 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޕެޕޭގެ ކްލަބް ކެރިއަރުގައި 10 އަހަރު ރެއާލް މެޑްރިޑްގައި ހޭދަކުރިއިރު، ތިން ފަހަރު ސްޕެނިޝް ލީގާއި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.

ޕެޕޭގެ މުޅި ކެރިއަރަށް ބަލާއިރު، އޭނާ ވަނީ، ޕޯޗުގަލްގެ މަރިޓީމޯ އާއި ޕޯޓޯގެ އިތުރުން ތުރުކީގެ ބެސިކްޓާސް އަށް ވެސް ކުޅެފަ އެވެ. ކްލަބް ކެރިއަރު ނިންމާލީ ޕޯޓޯ އިންނެވެ. މުޅި ޖުމްލަ ކެރިއަރަށް ބަލާނަމަ، ޕެޕޭ ވަނީ 878 މެޗު ކުޅެ، 37 ތަށި ހޯދައިފަ އެވެ.

ރުޅި ގަދަ ޑިފެންޑަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެޕޭ އަށް ކެރިއަރުގައި 17 ރަތް ކާޑާއި 212 ރީނދޫ ކާޑު ވަނީ ދައްކައިފަ އެވެ.

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox