ތައުޒިޔާ: އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލި ހޮލޯގްރާމް އަހުމަދު ނިޔާވެއްޖެ

އާދަމް އަހުމަދު (ހޮލޯގްރާމް އަހުމަދު) 2011 ވަނަ އަހަރު ދިން އިންޓަވިއުއެއްގެ ތެރެއިން: އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރީ ސްކޫލުގައި ކިޔަވަން އުޅުނުއިރު، މައުލޫމާތެއް ސާފު ކުރަން ފުލުސް އޮފީހަށް ދިޔުމުން -- ފޮޓޯ: އިންޓަވިއުއިން ނަގާފައި

އާދަމް އަހުމަދު (ހޮލޯގްރާމް އަހުމަދު) 2011 ވަނަ އަހަރު ދިން އިންޓަވިއުއެއްގެ ތެރެއިން: އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރީ ސްކޫލުގައި ކިޔަވަން އުޅުނުއިރު، މައުލޫމާތެއް ސާފު ކުރަން ފުލުސް އޮފީހަށް ދިޔުމުން -- ފޮޓޯ: އިންޓަވިއުއިން ނަގާފައި

ދޮގު ތުހުމަތުތަކުގައި އެކި ފަހަރުމަތިން ޖަލަށްލައި، ޖަލުގައި ހޭދަ ކުރި ދުވަސްވަރު ސިފައިންގެ ފަރާތުން އަނިޔާ ލިބުނު އަދި އިސްލާހީ ހަރަކާތްތަކުގައި އިސް ރޯލެއް އަދާކުރި އަހުމަދު އާދަމް (ހޮލޯގްރާމް އަހުމަދު) އިއްޔެ ނިޔާވެއްޖެ އެވެ. 

ހދ. ކުޅުދުއްފުއްޓަށް އުފަން އަހުމަދު ނިޔާވީ އުމުރުން 55 އަހަރުގައި އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭސްފަރުވާގެ ދަތުރެއްގައި އުޅެނިކޮށެވެ. 

ދިވެހިރާއްޖޭގެ މިސްރާބު ބަދަލުކޮށްލި އޯގަސްޓް 12، 13، 2004 ގެ އިންގިލާބީ މުޒާހަރާ ފެށުނީ، އަހުމަދު ވެސް ހިމެނޭހެން އެ ދުވަސްވަރު ހައްޔަރުކުރި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލަ އެވެ. ނަމަވެސް، ފަހުން އެ މުޒާހަރާގެ ޑިމާންޑުތައް ފުޅާވެ، އެހެން ސިޔާސީ ހައްޔަރީން ވެސް މިނިވަންކުރުމަށް ގޮވާލަން ފެށި އެވެ.

Advertisement

އެ މުޒާހަރާ އެއިރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ކޮންޓްރޯލް ކުރީ މާލޭގައި ކާފިއު އިއުލާނުކޮށް އެތައް ސަތޭކެ ބަޔަކު ހައްޔަރުކޮށްގެންނެވެ. ނަމަވެސް އޭގެ ފަހުން ކުރިމަތިވި ޕްރެޝަރުތަކާއެކު ޑިމޮކްރެޓިކް ބައެއް ބަދަލުތައް ގެންނަން ސަރުކާރަށް މަޖުބޫރުވި އެވެ. 

އަހުމަދު ހައްޔަރު ކުރީ ސިޔާސީ ހިޔާލު ފާޅު ކުރަން މައުމޫން ހުޅުވައިލެއްވި ފުރުސަތުގައި ކުރިއަށްގެންދިޔަ "މިނިވަން ބަހުސް" ގައި ވާހަކަ ދައްކައިގެން އޯގަސްޓް 8، 2004، ގަ އެވެ. އޭނާ ވާހަކަ ދެއްކީ ދެ ވަނަ މިނިވަން ބަހުސެވެ. އެ ބަހުސްގައި އަހުމަދު އާއި އޭނާގެ ކޮއްކޮ އަބްދުއްރަޝީދު ވަނީ މައުމޫނުގެ އިސްތިއުފާއަށް ގޮވާލައި ޕޯސްޓަރެއް ދައްކާލައިފަ އެވެ. އެއީ އެހާ ފާޅުގައި، މައުމޫނުގެ އިސްތިއުފާއަށް ގޮވާލި ފުރަތަމަ ފަހަރެވެ. 

"އަޅުގަނޑުމެން ގައިން ހަމަ ހީބިހި ނަގައިގެންދިޔައީ. ވަރަށް ބިރުގަތް، އެއީ އެހާ ފާޅުގަ، އެގޮތަށް ބޯޑެއް ނެގި ފުރަތަމަ ފަހަރު،" ދެ ވަނަ މިނިވަން ބަހުސްގައި ބައިވެރިވި މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

މައުމޫނުގެ އިސްތިއުފާއަށް ގޮވާލައި ދެ ވަނަ މިނިވަން ބަހުސްގައި އުފުލައިލި ޕޯސްޓަރު: އަހުމަދު ހައްޔަރުކޮށް ސިފައިން އޭނާއަށް ބޮޑެތި އަނިޔާތަކެއް ކުރި -- ފޮޓޯ: ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު
މައުމޫނުގެ އިސްތިއުފާއަށް ގޮވާލައި ދެ ވަނަ މިނިވަން ބަހުސްގައި އުފުލައިލި ޕޯސްޓަރު: އަހުމަދު ހައްޔަރުކޮށް ސިފައިން އޭނާއަށް ބޮޑެތި އަނިޔާތަކެއް ކުރި -- ފޮޓޯ: ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު

މުޒާހަރާ ކޮންޓްރޯލް ކުރުމަށްފަހު މައުމޫން ވަނީ އަހުމަދު ހިމެނޭ ގޮތަށް އެތައް ސިޔާސީ ކުށްވެރިންނެއް ހައްޔަރުކޮށްފަ އެވެ. އެފަހަރު އޭނާއަށް ވަރަށް ބޮޑަށް ސިފައިން އަނިޔާ ކުރި އެވެ. އެ ވާހަކަތައް އޭނާ ވަނީ ޖުލައި، 2011، ގައި ދިން އިންޓަވިއުއެއްގައި ހިއްސާކޮށްފަ އެވެ. 

"ކުއްލިއަކަށް ކަންކަށިމަތީގައި ޖަހާފައި ހޭލައްވާފައި ހަމަ ސިކުންތުކޮޅެއްގެ ތެރޭގައި މިކަން މިހިނގާ ދިޔައީ. ދެމީހަކު ދެ އަތުގައި ހިފައިގެން އަޅުގަނޑުމެން ދަމާފައި ގޮސް އެރުވީ ލޯންޗަކަށް... 10 ވަރަކަށް 15 ވަރަކަށް މިނެޓު ދުއްވާފައި ލޯންޗު މަޑު ކުރީ ކަނޑު މެދަށް. ކަނު ބަނދެ، ދެފަޔާއި ދެއަތާ އެއްކޮށް އައްސާފައި، ތިން ހަތަރު މީހުންވެގެން ބޫޓުން އެކިއެކި ގުނަވަންތަކުގައި ތަޅާލިއިރު، މި ފުރާނަ ދަނިއްޔޭ ހިތަށްއަރާލާ ކިތަންމެ ވަގުތެއް ދިޔަ،" އަހުމަދު ކިޔައިދީފައިވެ އެވެ. 

އަހުމަދު އެންމެ ފުރަތަމަ ހައްޔަރު ކުރީ 1988 ވަނަ އަހަރުގައި މަދަރުސީ ދައުރުގަ އެވެ. އެފަހަރު އޭނާ ހައްޔަރު ކުރީ ދިރިއުޅުނު ގޭގައި އުޅުނު ކުއްޖަކު ބަންދުކޮށްފައި ވަނީ ކީއްވެތޯ ސާފު ކުރަން ފުލުސް އޮފީހަށް ދިޔުމުންނެވެ. ފުރަތަމަ ކުއްޖާ ބަންދު ކުރީ ސްކޫލުގައި ނެރުނު ފޮޅިއެއް (ނޫހެއް)ގެ ސަބަބުންނެވެ. 

ޖަލުގައި ކުރާ އަނިޔާ އާއި ސަރުކާރު ހިންގަމުން އައި ގޮތާމެދު ވިސްނެން ފެށުނީ ޖަލަށް ގޮސް ޖަލު ތަޖުރިބާކޮށްލުމުން ކަމަށް އަހުމަދު ބުނެފައިވެ އެވެ. 

"އެހިސާބުން ފެށިގެން ހަގީގަތުގައި ސަރުކާރުގެ އަނިޔާވެރިކަމާއި މިކަންކަމާމެދު ވިސްނަން ފެށުނީ. އެއީ އެތަނުން ދިމާވި ބައެއް މީހުންނަށް ކޮށްފައި ހުރި އަނިޔާ އާއި ދެން އެމީހުންގެ ސްޓޯރީ އަޑުއަހައި، ދެން ހަގީގަތުގައި މިކަމުން ސަލާމަތްވާނެ ގޮތެއް، ގައުމަށް އެއިރު ޖެހިފައި އޮތް މުސީބާތުން ސަލާމަތްވާނެ ގޮތަކަށް ވިސްނަން ފެށުނީ،" އޭނާ ބުނެފައިވެ އެވެ. 

އޭގެ ފަހުން އިންފޮމޭޝަން ޑިޕާޓްމަންޓުގައި އުޅުނުއިރު ވެސް ހައްޔަރު ކުރި އެވެ. އެއިރު ހައްޔަރު ކުރީ ފުލުސް އޮފީސް ގޮއްވާލަން އުޅުނުކަމުގެ ދޮގު ތުހުމަތެއް އެޅުވުމަށްފަހު އެވެ. އޯގަސްޓު 8، 2004 ގައި އޭނާ ހައްޔަރު ކުރިއިރު، އެއިރު ހިންގަމުން އައި ފޮޓޯ ކޮޕީ ފިހާރަ "ހޮލޯގްރާމް" ގެ ކޮމްޕިއުޓަރުތަކާއި މުދާތައް ވެސް ގެންދިޔަ އެވެ. 

ހޮލޯގްރާމް ފިހާރައިން އަހުމަދު ކުރަމުންދިޔަ މަސައްކަތަކީ ބޮޑު އަކުރު އެޅުމާއި، ލޭއައުޓް ހެދުމާއި ފޮންޓު ފޮތް ހެދުމާއި ޕްރިންޓު ކުރުމާއި އެފަދަ އެހެނިގެން މަސައްކަތެވެ. އެ މަސައްކަތް މެދުވެރިކޮށް ދީނީ ހޭލުންތެރިކަން އިތުރު ކުރަން އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox