ޖީއެލްޕީ-1 ބޭސްތަކުން ހާޓް އެޓޭކްގެ ނުރައްކާ ކުޑަކޮށްދީފާނެ

Aug 12, 2026, 8:00 AM
ޖީއެލްޕީ-1 ބޭސްތަކުން ހާޓް އެޓޭކްގެ ނުރައްކާ ކުޑަވެދާނެ

ޖީއެލްޕީ-1 ބޭސްތަކުން ހާޓް އެޓޭކްގެ ނުރައްކާ ކުޑަވެދާނެ

ޓައިޕް 2 ހަކުރުބަލީގެ ފަރުވާ އާއި ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ގްލޫކަގަން-ލައިކް ޕެޕްޓައިޑް-1" (ޖީއެލްޕީ-1) ބޭސްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، މި ބޭސްތަކުގެ ސަބަބުން އިންސާނާގެ ސިއްހަތަށް ކުރާ އެހެނިހެން ފައިދާތައް ދިރާސާކުރަން ސައިންސްވެރިން ވަނީ ފަށާފަ އެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ޖީއެލްޕީ-1 ބޭސްތަކުގެ ސަބަބުން ކިޑްނީގެ ބަލިތަކާއި، މެޓަބޮލިކް ސިންޑްރޯމް އާއި، ފުރަމޭގެ ބަލިތަކުގެ އިތުރުން ނިދާއިރު ނޭވާލާން އުނދަގޫވުން (ސްލީޕް އެޕްނިއާ) ފަދަ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދެ އެވެ. މީގެ އިތުރުން އަލްޒައިމާސް ބައްޔާއި، ހިތުގެ ބަލިތަކުގެ އިތުރުން ބަނގުރާ ބޭނުންކުރުމަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ވެސް މި ބޭސްތަކުގެ އެހީތެރިކަން ލިބޭކަން ވަނީ ފާހަގަކުރެވިފަ އެވެ.

މިކަމާ ގުޅޭ ގޮތުން "ދަ ބީއެމްޖޭ" ޖާނަލްގައި ދާދި ފަހުން ޝާއިއުކުރި އާ ދިރާސާއަކުން ވަނީ ޖީއެލްޕީ-1 ބޭސްތަކާއި ހިތުގެ ދުޅަހެޔޮކަމާ ދެމެދު އޮތް ގުޅުން އިތުރަށް ކަށަވަރުކޮށްދީފަ އެވެ.

Advertisement

ދިރާސާވެރިން ހާމަކުރި ގޮތުގައި، "މައުންޖާރޯ" އަދި "ޒެޕްބައުންޑް" ފަދަ ބޭސްތަކުގައި ހިމެނޭ މައިގަނޑު މާއްދާއެއް ކަމަށްވާ "ޓާޒެޕަޓައިޑް"، ހަކުރުބައްޔާއި ހިތުގެ ބަލި ހުންނަ މީހުންގެ އާންމު ފަރުވާގެ ތެރޭގައި ހިމެނުމުން، ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ފަދަ ހިތުގެ ނުރައްކާތެރި ހާދިސާތައް ދިމާވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ ޓައިޕް 2 ހަކުރުބައްޔާއި ހިތުގެ ބަލި ތަހައްމަލު ކުރަމުންދާ ގާތްގަނޑަކަށް 53،000 މީހުންގެ ކްލިނިކަލް މައުލޫމާތު ދިރާސާކޮށްފަ އެވެ.

މި ދިރާސާގައި ބައިވެރިވި މީހުން ދެ ގްރޫޕަކަށް ބަހާލެވުނެވެ. އޭގެ ތެރެއިން އެއް ގްރޫޕަކަށް "ޓާޒެޕަޓައިޑް" ބޭނުންކުރަން ފެށިއިރު، ދެވަނަ ގްރޫޕުން ބޭނުންކުރީ ހަކުރުބައްޔަށް އާންމުކޮށްދޭ ބޭހެއް ކަމަށްވާ "ސިޓަގްލިޕްޓިން" އެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ ހާޓް އެޓޭކާއި، ސްޓްރޯކް އަދި އެކި ސަބަބުތަކާ ހުރެ މަރުވުން ފަދަ ހިތުގެ ނުރައްކާތެރި ހާދިސާތައް މަދުވާ މިންވަރު ދެނެގަތުމެވެ.

މި ދިރާސާގެ އިސް މުސައްނިފު، ބޮސްޓަންގެ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުގެ ފިޒިޝަން ޑޭޓާ ސައިންޓިސްޓް ޑރ. ނިލްސް ކްރޫގާ "މެޑިކަލް ނިއުސް ޓުޑޭ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖީއެލްޕީ-1 ބޭސްތަކަކީ ފުރަތަމަ ހަކުރު ކޮންޓްރޯލް ކުރުމަށް އުފެއްދި ބޭސްތަކެއް ނަމަވެސް، އޭގެ ފައިދާ ހަމައެކަނި ހަކުރާއި ބަރުދަން ލުއިކުރުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި ކުރާ ކަމަށެވެ.

ދުނިޔޭގެ ނިސްބަތުން ބަލިތަކާއި މަރުގެ އެންމެ ބޮޑު ސަބަބަކީ ހިތުގެ ބަލިތައް ކަމަށްވާތީ، މި ބޭސްތަކުގެ ސަބަބުން ހާޓް އެޓޭކާއި، ސްޓްރޯކް އަދި ހާޓް ފެއިލިއާ ފަދަ ކަންކަން މަދުކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. ކްރޫގާ އިތުރަށް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ފުޅާ ދާއިރާއެއްގައި ކުރެވޭ ދިރާސާތަކުގެ ސަބަބުން، ޑޮކްޓަރުންނާއި ބަލިމީހުން ފަރުވާގެ ނިންމުންތައް ނިންމާއިރު ހަމައެކަނި ހަކުރު ކޮންޓްރޯލް ކުރުމަށް ބެލުމުގެ ބަދަލުގައި، އެ ބޭހަކުން ލިބިދާނެ އެހެނިހެން ފައިދާތަކާއި ނުރައްކާތަކަށް ރިއާޔަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާސާ ނިމުނުއިރު ސައިންސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި، އެއް އަހަރު ދުވަހުގެ ފަހުން "ޓާޒެޕަޓައިޑް" ބޭނުންކުރި މީހުންގެ ތެރެއިން ހިތުގެ ނުރައްކާތެރި ހާދިސާތައް ދިމާވުމުގެ ފުރުސަތު އޮތީ 2.9 އިންސައްތައިގަ އެވެ. ނަމަވެސް "ސިޓަގްލިޕްޓިން" ބޭނުންކުރި މީހުންގެ މެދުގައި މި ނިސްބަތް ހުރީ 4.4 އިންސައްތައިގަ އެވެ.

މީގެ އިތުރުން، "ސިޓަގްލިޕްޓިން" ބޭނުންކުރާ މީހުންނާ އަޅާބަލާއިރު، "ޓާޒެޕަޓައިޑް" ބޭނުންކުރުމުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު 33 އިންސައްތަ ދަށްކޮށްދޭކަން ދިރާސާއިން ވަނީ ހާމަވެފަ އެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox