ޖީއެލްޕީ-1 ބޭސްތަކުން ހާޓް އެޓޭކްގެ ނުރައްކާ ކުޑަކޮށްދީފާނެ
ހަކުރުބައްޔާއި ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ޖީއެލްޕީ-1 ބޭސްތަކުގެ ސަބަބުން، ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ހިތުގެ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދޭކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގާތްގަނޑަކަށް 53،000 މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން ދައްކާގޮތުގައި، މި ބޭސްތަކުގެ ސަބަބުން ކިޑްނީގެ ބަލިތަކާއި އަލްޒައިމާސް ފަދަ ސިއްހީ އެތައް މައްސަލަތަކަކަށް ވެސް ބޮޑެތި ފައިދާތަކެއް ކުރެއެވެ.