ރަހިމުގައި ބާއްވައިގެން ކުއްޖެއްގެ ގޮހޮރު އޮޕަރޭޝަން ކާމިޔާބުކޮށްފި

Aug 4, 2026, 7:30 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

މައިމީހާގެ ރަހިމުގެ ތެރޭގައި އޮތް ތުއްތު ކުއްޖެއްގެ އުފެދުމުގެ އައިބެއް ރަނގަޅު ކުރުމަށްޓަކައި، މީގެ ކުރިން ދުވަހަކު ވެސް ކޮށްފައިނުވާ ފަދަ އިންގިލާބީ އޮޕަރޭޝަނެއް ޑޮކްޓަރުން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ މޭސީ ސަވޭޖްގެ ބަނޑަށް 26 ހަފުތާގައި، އެމެރިކާގެ ޑޮކްޓަރުން ވަނީ އޭނާގެ ރަހިމުގައި ދަރިފުޅު ބާއްވައިގެން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފަ އެވެ.

މިހާރު އުމުރުން ފަސް މަސްވެފައިވާ ތިއޯ އަށް ކުރިމަތިވީ "ގެސްޓްރޯސްކައިސިސް" (gastroschisis) ކިޔާ މައްސަލައެކެވެ. މިއީ ބަނޑުގެ ފޫޅު ރަނގަޅަށް އުފެދިފައި ނުވުމުގެ ސަބަބުން، ކުއްޖާގެ ގޮހޮރު ހަށިގަނޑުން ބޭރަށް ނުކުމެފައި ހުންނަ ހާލަތެކެވެ. ނަމަވެސް، މި އޮޕަރޭޝަނަށް ފަހު ތިއޯގެ ހާލަތު މިހާރު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ.

Advertisement

މި އޮޕަރޭޝަންގައި ޑޮކްޓަރުން ވަނީ މޭސީގެ ރަހިމުގެ ބައެއް ބޭރަށް ނެރުމަށްފަހު، "ކީހޯލް ސާޖަރީ" ނުވަތަ ކުޑަ ލޯވަޅެއް މެދުވެރިކޮށް ކުރާ އޮޕަރޭޝަނެއްގެ އެހީގައި، ތިއޯގެ ގޮހޮރު މަޑުމަޑުން ބަނޑުގެ އެތެރެއަށް ލައިފަ އެވެ.

ދުނިޔޭގައި އަލަށް ފެށި މި ކްލިނިކަލް ޓްރަޔަލް ނުވަތަ ތަޖުރިބާގެ ދަށުން މިފަދަ އޮޕަރޭޝަނެއް ކުރި ތިންވަނަ ކުއްޖަކީ ތިއޯ އެވެ.

މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރާ ތިއޯގެ މަންމަ، އުމުރުން 29 އަހަރުގެ މޭސީ އާއި ބައްޕަ، އުމުރުން 36 އަހަރުގެ ޖޯޝް ފްރެންޗް ބުނި ގޮތުގައި، މި އާދަޔާ ހިލާފު އޮޕަރޭޝަން ކާމިޔާބުވުމުން އެމީހުންނަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

ނަމަވެސް، މި އޮޕަރޭޝަން ކާމިޔާބު ނުވި ނަމަ ކަންތައްތައް ވެގެންދާނީ ވަރަށް ތަފާތު އަދި ހިތާމަވެރި ގޮތަކަށްކަން އެ ދެމަފިރިންނަށް ވެސް އެނގެ އެވެ.

އުފަންވުމުގައި ހުންނަ މި ނުރައްކާތެރި އައިބަކީ އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކު އުފަންވާ ކޮންމެ 3،000 ކުދިންގެ ތެރެއިން އެކަކަށް ކުރިމަތިވާ ހާލަތެކެވެ. މީގެ ހާކަތު އެންމެ ރަނގަޅު ކުދިން ވެސް، އުފަންވުމަށްފަހު އެތައް ހަފުތާއެއް ވަންދެން އައިސީޔޫގައި ފަރުވާ ހޯދަންޖެހެ އެވެ. އަދި ހޮޅި ނުވަތަ އައިވީ މެދުވެރިކޮށް ކާނާ ދިނުމާއި، އައިބު ރަނގަޅު ކުރުމަށް އިތުރު އޮޕަރޭޝަންތައް ކުރަން ޖެހެ އެވެ.

ތިއޯގެ ހާލަތު ހުރި ގޮތަށް، އެންމެ ނުރައްކާތެރި ހާލަތްތަކުގައި، ތުއްތު ކުދިން ހަ މަސް ދުވަހާ ހަމައަށް އައިސީޔޫގައި ބާއްވަން ޖެހެ އެވެ. މީގެ އިތުރުން ގިނަ އޮޕަރޭޝަންތަކެއް ކުރުމާއި، ދެ އަހަރު ދުވަހުގެ މުއްދަތަށް އައިވީ މެދުވެރިކޮށް ކާނާ ދިނުމުގެ އިތުރުން، ބައެއް ފަހަރު ގޮހޮރު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހިދާނެ އެވެ.

އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ ލިބުނު ކަމުގައި ވިޔަސް، ކޮންމެ 10 ކުއްޖަކުން އެކަކު މަރުވެ އެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox