ރަހިމުގައި ބާއްވައިގެން ކުއްޖެއްގެ ގޮހޮރު އޮޕަރޭޝަންކޮށްފި
މައިމީހާގެ ރަހިމުގައި އޮތް ތުއްތު ކުއްޖެއްގެ ގޮހޮރު ބޭރަށް ނުކުމެފައި ހުރި މައްސަލައެއް ހައްލުކުރުމަށް، އެމެރިކާގެ ޑޮކްޓަރުން އިންގިލާބީ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. "ކީހޯލް ސާޖަރީ" މެދުވެރިކޮށް ކުރި މި އޮޕަރޭޝަނަށްފަހު، މިހާރު އުމުރުން ފަސް މަސްވެފައިވާ އެ ކުއްޖާގެ ހާލަތު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. މިއީ ދުނިޔޭގައި އަލަށް ފެށި ކްލިނިކަލް ޓްރަޔަލްއެއްގެ ދަށުން މިފަދަ އޮޕަރޭޝަނެއް ކުރި ތިންވަނަ ކުއްޖާއެވެ.