އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އެމްއެޗްއާރު ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ

އޭސީސީގެ ރައީސް އާދަމް ޝާމިލް: އެމްއެމްޕީއާރުސީގެ މައްސަލާގައި މާ ބޮޑު ކުރިއެރުންތަކެއް އޭސީސީއަށް ހޯދިފައި ނުވޭ -- ފޮޓޯ: މިރާން ނާޝިމް / އަދަދު ފައިލް

އޭސީސީގެ ރައީސް އާދަމް ޝާމިލް: އެމްއެމްޕީއާރުސީގެ މައްސަލާގައި މާ ބޮޑު ކުރިއެރުންތަކެއް އޭސީސީއަށް ހޯދިފައި ނުވޭ -- ފޮޓޯ: މިރާން ނާޝިމް / އަދަދު ފައިލް

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އެމްއެޗްއާރު ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ. 

އެމްއެމްޕީއާރުސީގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން އެމްއެޗްއާރު ޓްރޭޑިންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ވަނީ އޭސީސީގެ ތަހުގީގަށް ހޯދިފަ އެވެ. އެއީ އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ 325،000 ޑޮލަރެވެ. އެ ފައިސާ ޖަމާކުރީ އެމްއެޗްއާރު ޓްރޭޑިންގެ ދަށުން ހިންގަމުން އަންނަ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށެވެ. 

"މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވީނަމަވެސް އެ ޗެކުތައް އެ ކުންފުންޏަށް ދިނީ ކޮން ފަރާތަކުންކަމާއި އަދި ޗެކުތަކަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއް ވެސް އެ ކުންފުންޏަށް ތަހުގީގުގައި ސާބިތުކޮށްދެވިފައެއް ނުވޭ،" އޭސީސީން ބުނެފައިވެ އެވެ. 

އޭގެ އިތުރުން، އެމްއެމްޕީއާރުސީ  ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ. ފުށިދިއްގާގެ އެކުއިޒިޝަން ފީގެ ގޮތުގައި އެ ކުންފުންޏަށް ދެއްކި 50،000 ޑޮލަރު ވެސް ޖަމާކޮށްފައިވަނީ  އެމްއެޗްއާރު ޓްރޭޑިންގެ އެކައުންޓަށްކަން ތަހުގީގަށް ވަނީ ހޯދިފަ އެވެ. އެ ފައިސާ ޖަމާކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އަބްދުالله ޒިޔާތު އެވެ. 

"ޗެކުތަކަކާ ގުޅޭގޮތުން އަބްދުﷲ ޒިޔާތުއާއި އެމްއެޗްއާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ދެމެދު މުއާމަލާތްކޮށްފައި ވާކަމާއި އެ މުއާމަލާތްތަކުން އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެމްއެޗްއާރު ކުންފުނީގެ އެމްޑީއަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން ތަހުގީގަށްވަނީ ހޯދިފައި،" އޭސީސީން ބުނެފައިވެ އެވެ. 

އެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލުމުގެ އިތުރުން އެސްއޯއެފްގެ ޗެކުތަކުން ޖަމާކުރި ޑޮލަރަށްވާ 5,011,500.0ރ. އަނބުރާ ހޯދުމަށް ވެސް އެމްއެމްޕީއާރުސީއަށް އަންގަން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ، ފުށިދިއްގާގެ އެކުއިޒިޝަން ފީގެ ގޮތުގައި ދެއްކި 50،000 ޑޮލަރާއި އެ ފައިސާ އިންވެސްޓްކޮށްގެން ފައިދާގެ ގޮތުގައި ހޯދާފައިވާ ފައިސާ އަނބުރާ ހޯދުމަށް ވެސް އެމްއެމްޕީއާރުސީއަށް އެންގުމަށް ވަނީ ނިންމާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox