ހުލާސާކޮށް އިއްޔެ: ތެލުގެ އަގު ދަށްވުމާއި ޑޮލަރުގެ އަގު އުފުލުން

Jul 28, 2026, 6:00 AM
މީހަކު ޑޮލަރު ބޮނޑިއެއްގައި ހިފަހައްޓައިގެން

މީހަކު ޑޮލަރު ބޮނޑިއެއްގައި ހިފަހައްޓައިގެން

އެމެރިކާ އާއި އިރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ލިބިދާނެ ކަމުގެ އުންމީދު ބޮޑުވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ނުވަ ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. މިއާއެކު ކުރިން 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 88 ޑޮލަރަށް ތިރިވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

އެމެރިކާއާއި އިރާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް މެދުކަނޑާލުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ނުވަ ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސްފަ. މިއާއެކު ކުރިން 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 88 ޑޮލަރަށް ވުރެ ދަށަށް ވެއްޓިފަ

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމެއްނެތި އުފުލި، ތާރީޚުގައި ފުރަތަމަ ފަހަރަށް ޑޮލަރެއްގެ އަގު 21.65 ރުފިޔާ އަށް އަރައިފިއެވެ. މި ބަދަލާއެކު މުދަލަށް އޯޑަރު ދިނުމަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޑޮލަރުގެ އަގު ހިފެހެއްޓުމެއްނެތި މައްޗަށް، މިއަދު ގަންނަން ލިބެނީ 21.65ރ. އަށް

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.65 ރުފިޔާއަށް އުފުލިފައިވާއިރު، މީގެ ސަބަބުން މުދަލުގެ އަގު ބޮޑުވެދާނެ ކަމުގެ ބިރު ވިޔަފާރިވެރިން ދަނީ ފާޅުކުރަމުންނެވެ. ޑޮލަރުގެ އަގު ތިރިކުރުމަކީ ސަރުކާރުގެ ވައުދަކަށް ވީނަމަވެސް، ދަރަނި ދެއްކުމާއި އާ އިންވެސްޓްމެންޓްތައް ނުލިބުމުގެ ސަބަބުން ޑޮލަރުގެ ތާށިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ދައުލަތުގެ ބަޖެޓާއި ދަރަނި

މި އަހަރުގެ ބަޖެޓުގައި ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ރާއްޖޭގެ މާލީ ބާޒާރުން ނަގާނެ ކަމަށް އަންދާޒާކުރި 5.1 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމެން ފަސް މަސް އޮއްވާ ސަރުކާރުން ވަނީ 10 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ނަގާފައެވެ. މިއީ ބަޖެޓުގައި ކަނޑައެޅި މިންވަރަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.

Advertisement

ބަޖެޓުގައި ފަސް ބިލިއަން ޖެހުމަށް ފަހު، އެތެރޭގެ ބާޒާރުން 10 ބިލިއަން ރުފިޔާ ނަގައިފި!

މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި 5.1 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް، އަހަރުގެ ފުރަތަމަ ހަތް މަސް ތެރޭގައި ސަރުކާރުން ވަނީ 10 ބިލިއަނާ ގާތްކުރާ އަދަދަކަށް ދަރަނި ނަގަން ބަޖެޓުގައި ރާވާ ގޮތަށް ބޭރުގެ މާލީ ބާޒާރުން ފައިސާ ނުލިބުމުގެ ސަބަބުން، ހަރަދުތައް ފޫބެއްދުމަށް އެތެރޭގެ ބާޒާރަށް ބަރޯސާވާން ޖެހުމުން.

ސަރުކާރާއި ގާނޫނީ ދާއިރާ

މަޝްރޫއުތަކުގެ ތަފްސީލާއި އާރުޓީއައި

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރުން ނިންމި މަޝްރޫއުތަކުގެ ތަފްސީލު ހާމަކުރުމަށް ރައީސް އޮފީހުން އުޒުރުވެރިވަމުންދަނިކޮށް، މި ސަރުކާރުން 590 މަޝްރޫއު ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފައެވެ.

އާރުޓީއައިގެ ދަށުން މަޝްރޫއުތަކުގެ ތަފްސީލު ނުދީ، 590 މަޝްރޫއު ނިމިފައިވާ ކަމަށް މުއިއްޒު ވިދާާޅުވެއްޖެ

އާރްޓީއައިގެ ދަށުން މަޝްރޫއުތަކުގެ ތަފްސީލު ހާމަކުރުމަށް އައިކޮމްއިން އެންގި މުއްދަތު ހަމަވިއިރުވެސް އެ މައުލޫމާތު ނުދީ، މި ސަރުކާރުން 590 މަޝްރޫއު ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ނިންމި މަޝްރޫއުތަކުގެ އަދަދު ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު އިތުރު ކަމަށް.

ނުހައްގު މުއްސަނދިކަން ހުއްޓުވުމުގެ ބިލު

ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ މަސައްކަތް ނުނިމި ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮންނަތާ ދެ އަހަރު ވާން ކައިރިވެއްޖެއެވެ. މި ބިލަކީ ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކަށް ދައުވާކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ހުށަހެޅި ބިލެކެވެ.

ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ހުށަހެޅި ބިލް މުއިއްޒުގެ ކޮންޓްރޯލްގައި އޮތް މަޖިލީހުގައި ތާށިވެފައި އޮންނަތާ ދެ އަހަރު ވަނީ

ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުން ހިމެނޭހެން، ދައުލަތުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ފުރިހަމައަށް ބެލޭނެ ކަމަށް މުއިއްޒު ވިދާޅުވި

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox