ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ހަތަރު ބޭފުޅަކަށް އަރުވައިފި

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އެރުވި ހަތަރު ބޭފުޅުން

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އެރުވި ހަތަރު ބޭފުޅުން

ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ހަތަރު ބޭފުޅަކަށް މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ. 

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އެރުވީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްދީފައިވާ މއ. ކިނބި، ޑރ. މުހައްމަދު ލަތީފާއި، ރާއްޖޭގައި އިސްލާމް ދީނުގެ އިލްމާއި މައުލޫމާތު ފެތުރުއްވުމުގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރެއްވި ހ. މީރުބަހުރުގެއާގެ، އިބްރާހިމް ރަޝީދު މޫސާ އާއި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދެއްވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މއ. ޗަމްޕާވިލާ، ޗަމްޕާ ހުސައިން އަފީފް އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ހިދުމަތްކުރައްވަމުން ގެންދަވާ މއ. ޗަމްޕާމާގެ، މުހައްމަދު މޫސާ އަށެވެ. 

ޑރ. މުހައްމަދު ލަތީފަށް އިއްޒަތް އެރުވީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނެވުމަށާއި އެ ނިޒާމު ބައްޓަން ކުރެއްވުމަށާއި ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ފުޅާކުރެއްވުމަށާއި ރާއްޖޭގެ ގަވަނަންސް ދާއިރާ ހަރުދަނާ ކުރެއްވުމަށާއި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއާއި ކުރިއެރުވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ. 

Advertisement

އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓަރުކަން ފުރުއްވުމުގެ އިތުރުން ހާރިޖީ ދާއިރާގައިވެސް މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ފުރުއްވާފައިވެ އެވެ. 

އިބްރާހިމް ރަޝީދު މޫސާ ވަނީ އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނަވައި ދެއްވުމާއި ދީނީ އެކި ފޮތްތައް އެކުލަވާލެއްވުމުގެ ރޮނގުން އަގުހުރި މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ދިނުމަށް އުފެއްދި މަދަރުސާ، މައުހަދުގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވާފަ އެވެ. 

ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މީގެ ކުރިން އަރުވާފައިވާ ޗަމްޕާ ހުސައިން އަފީފަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވަން މުހައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ހާއްސަކޮށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދެމެހެއްޓުމަށް އަދި ރާއްޖޭގެ އިޖްތިމާއީ ދާއިރާ ކުރެވުމަށާއި ތަރައްގީއަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ. 

 މީގެއިތުރުން ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މީގެ ކުރިން އަރުވާފައިވާ މުހައްމަދު މޫސާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވަން މުހައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ހާއްސަކޮށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދެމެހެއްޓުމަށް އަދި ރާއްޖޭގެ އިޖްތިމާއީ ދާއިރާ ކުރެވުމަށާއި ތަރައްގީއަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox