ފެހުރިހި ބަލަން އުޅެނިކޮށް ބުރަފަތީގައި ޖެހި މަރުވީ ސިންގަޕޫރު ކުއްޖާގެ ސްކޫލާ ދެކޮޅަށް އާއިލާއިން ދައުވާކުރަނީ

ބުރަފައްޗަަކުން ޖެހި މަރުވީ ޖެނާ ޗޭން: އޭނާ މަރުވީ ދިގުރަށް ކައިރީގައި

ބުރަފައްޗަަކުން ޖެހި މަރުވީ ޖެނާ ޗޭން: އޭނާ މަރުވީ ދިގުރަށް ކައިރީގައި

އދ. ދިގުރަށް ކައިރިއަށް ފެހުރިހި ބަލަން ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވީ ސިންގަޕޫރުގެ ދަރިވަރަށް އިހުމާލުވީ ކަމަށް ބުނެ އެ ކުއްޖާ ކިޔަވަމުންދިޔަ ސްކޫލާ ދެކޮޅަށް ދައުވާކުރަން އޭނާގެ އާއިލާއިން ނިންމައިފި އެވެ. 

ޖެނާ ޗާން ނަމަކަށް ކިޔާ އެ ކުއްޖާ މަރުވީ ހާދިސާ ހިނގީ ނޮވެމްބަރު 8، 2024 ގައި އެވެ. މި ހާދިސާއާ ގުޅިގެން އޭރު މައުލޫމާތު ލިބުނީ އެ ކުއްޖާ މަރުވީ ދޯނީގެ ބުރަފަތީގައި ޖެހި ލިބުނު ޒަހަމްތަކާ ގުޅިގެން ލޭ ހުސްވެގެން ކަމަށެވެ. މަރުވީއިރު ޖެނާގެ އުމުރަކީ 15 އަހަރެވެ. 

ސިންގަޕޫރުގެ ޗެނަލް ނިއުސް އޭޝިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުއްޖާ އޭރު ކިޔަވަމުން ދިޔައީ ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޝަން އިންޓަނޭޝަނަލްގައި އެވެ. އަދި، ފެހުރިހި ބަލައިލުމުގެ ދަތުރު އިންތިޒާމުކުރީ، ފެހުރިހި ދިރާސާކުރާ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އިނގިރޭސިވިލާތުގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ، މޯލްޑިވްސް ވޭލް ޝާލް ރިސާޗު ޕްރޮގްރާމުންނެވެ. 

ޖެނާގެ އާއިލާއިން ހުށަހެޅި ދައުވާގައި ބުނެފައިވަނީ ޖެނާ މަރުވީ ދާން މަޖުބޫރު ސްކޫލު ދަތުރެއްގައި ސްކޫލުގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުއްޓާ ކަމަށެވެ. މި ދަތުރަކީ އެ ސްކޫލުގެ އައުޓްޑޯ ޕްރޮގްރާމުގެ ބައެކެވެ. އަދި، އަނެއް ގްރޭޑަށް ދާން މި ޕްރޮގްރާމުން ފާސް ވާން ޖެހެ އެވެ. 

ޖެނާގެ އާއިލާއިން މައްސަލައަކަށް ނެގީ މި ދަތުރު ދާން އެ ކުއްޖާގެ ބެލެނިވެރިކަމުގެ ޒިންމާ ސްކޫލާ ހަވާލުކޮށްފައި ވަނިކޮށް އެ ޒިންމާ ތިން ވަނަ ފަރާތަަކާ ހަވާލުކުރި ކުރުމެވެ. 

މި މައްސަލައިގައި ޖެނާގެ ސްކޫލާ ދެކޮޅަށް ދައުވާކުރީ، އެ އާއިލާއިން ބުނީ، އެ މަރާ ގުޅިގެން ޖަވާބު ހޯދަން 20 މަހަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްގެން މަސައްކަތްކޮށް ޖަވާބު ނުލިބުމުން ކަމަށެވެ. އަދި އެ މީހުންގެ މައިގަނޑު މަގުސަދަކީ "އަޅުގަނޑުމެން ކުރިމަތިލާން ޖެހުނު ތަޖުރިބާ އެހެން އެއްވެސް އާއިލާއަކަށް ދާން ނުޖެހޭނެ ކަމުގެ ތަސައްލީ އާއި ޔަގީންކަން" ލިބުން ކަމަށް ވެސް ބުންޏެވެ. 

ޖެނާގެ އާއިލާއިން މި މައްސަލައިގައި އެ ސްކޫލާ ދެކޮޅަށް ދައުވާ ކުރަނީ ކޮން ކަހަލަ ބަދަލެއް ހޯދަން ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ހައިކޯޓުން ބަލަނީ 250،000 ސިންގަޕޫރު ޑޮލަރަށް ވުރެ ބޮޑު ބަދަލެއް ހޯދަން އެދޭ މައްސަަލަތަކުގައި ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. 

މި މައްސަލައިގައި މި ދަތުރު ހިންގި ވޭލް ޝާކް ރިސާޗު ޕްރޮގްރާމު ނޫނީ އެ ދަތުރު އިންތިޒާމުކުރުމުގައި ބައިވެރިވީ ބަޔަކާ ދެކޮޅަށް ފިޔަވަޅެއް އެޅި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. 

ސްނޯކްލިންއަށާއި ފީނަން އުޅޭ ޓޫރިސްޓުން ބުރަފަތީގައި ޖެހުމުގެ ހާދިސާތަކަކީ މަދުން ނަމަވެސް ރާއްޖޭގައި މި ފަހުން ހިނގާފައިވާ ހާދިސާތަކެކެވެ. ޖެނާ މަރުވީ ހާދިސާ ހިނގި ފަހުން މިދިޔަ އަހަރުގެ ތެރޭގައި ވެސް ބުރަފައްޗެއްގައި ޖެހި ޖަރުމަނު ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ. 

މި ދެ ހާދިސާ ހިނގި ފަހުން، މި ހާދިސާ ހިނގި ސަރަހައްދު ހިމެނޭ، އަރިއަތޮޅުގެ ސައުތު މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ) ގައި އުޅޭއިރު، ދޯނިތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އަޅަން ވަނީ މަޖުބޫރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox