ގަލްފު ހޮޓެލްސް އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަނީ

Jul 9, 2026, 8:41 PM
ގަލްފު ހޮޓެލްސް އާއި ކެއިރެޓްސޫ އިން އެއްބަސްވުމުގައި ސޮއި ކުރި ހަފުލާގެ ތެރެއިން: ރިސޯޓު އަޅަނީ ކ. އަތޮޅުގައި ކަމަށް ނޫސްތަކުން ބުނޭ -- ފޮޓޯ: ގަލްފު އިންސައިޑާ

ގަލްފު ހޮޓެލްސް އާއި ކެއިރެޓްސޫ އިން އެއްބަސްވުމުގައި ސޮއި ކުރި ހަފުލާގެ ތެރެއިން: ރިސޯޓު އަޅަނީ ކ. އަތޮޅުގައި ކަމަށް ނޫސްތަކުން ބުނޭ -- ފޮޓޯ: ގަލްފު އިންސައިޑާ

ގަލްފު ހޮޓެލްސް ގްރޫޕު (ޖީއެޗްޖީ) އިން ރާއްޖޭގައި ރިސޯޓެއް ހަދަން އަމިއްލަ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

ގަލްފު އިންސައިޑާ ނޫހުން ބުނެފައި ވަނީ ޖީއެޗްޖީގެ ރިސޯޓު ތަރައްގީ ކުރަނީ ކ. އަތޮޅުގައި ކަމަށެވެ. ނަމަވެސް ރިސޯޓު ތަރައްގީ ކުރާ ރަށެއް އެ ނޫހަކުން ނުބުނެ އެވެ. 

ރާއްޖޭގައި ރިސޯޓު ހަދަން ޖީއެޗްޖީ އިން އެއްބަސްވުމެއްގައި ސޮއި ކުރީ ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާއެކު އެވެ. ސޮއި ކުރީ ފަހުމުނާމާ އެއްބަސްވުމެއްގައި ކަމަށް ވެ އެވ. 

Advertisement

ކެއިރެޓްސޫގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެއީ ރިސޯޓު ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ކުންފުންޏެވެ. ވެބްސައިޓުގައި ބުނެފައިވާ ގޮތުން މިވަގުތު ކުރިއަށްދާ ހަތަރު ޕްރޮޖެކްޓާއެކު ޖުމްލަ 28 ޕްރޮޖެކްޓެއް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. 

ޖީއެޗްޖީ އިން ތަރައްގީ ކުރަނީ ފަސް ތަރީގެ ލަގްޒަރީ ރިސޯޓެވެ. އެ ރިސޯޓުގައި ބީޗް ފްރަންޓް ވިލާސް އާއި އޯވާ ވޯޓާ ވިލާސް އަދި ވެލްނެސް ސެންޓަރުތަކެއް ވެސް ގާއިމް ކުރާނެ ކަމަށް ނޫސްތަކުން ބުނެ އެވެ. 

މިއީ މި ސަރަހައްދުގައި ޖީއެޗްޖީ އިން ހުޅުވާ ފުރަތަމަ ރިސޯޓެކެވެ. ޖީއެޗްޖީއަކީ ބަހުރެއިނުގެ މަޝްހޫރު ކުންފުންޏެވެ. އެ ކުންފުނީގެ ރިސޯޓާއި ހޮޓާތައް ދުނިޔޭގެ މަގުބޫލު އެކި މަންޒިލްތަކުގައި ހިންގަ އެވެ. 

ޖީއެޗްޖީގެ އެންމެ މަޝްހޫރު ހޮޓަލީ ބަހުރެއިނުގައި ހިންގާ ގަލްފު ހޮޓެލް ބަހުރެއިން އެވެ. އެއީ 361 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox