ހުލާސާކޮށް އިއްޔެ: ސިޔާސީ މުވައްޒަފުންގެ ތަފުސީލް ހާމަކުރުމަށް އެންގުން

Jul 6, 2026, 6:00 AM
ރައީސް އޮފީސް

ރައީސް އޮފީސް

މި ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި، އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގާ ހަރަދުގެ ތަފްސީލް 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް އަންގައިފި އެވެ. މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅި މައްސަލައަކާ ގުޅިގެން ނިންމި ނިންމުމެކެވެ. މި ހަބަރުގެ އިތުރުން އިއްޔެގެ ސުރުހީތަކުން ފާހަގަކޮށްލެވޭ ބައެއް ހަބަރުތައް ތިރީގައި އެ ވަނީ އެވެ. 

ސިޔާސީ މުވައްޒަފުންގެ އަދަދު 14 ދުވަސް ތެރޭގައި ހާމަކުރަން ރައީސް އޮފީހަށް އަންގައިފި

މި ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި، މުސާރަ އަދި އިނާޔަތްތަކުގެ ތަފްސީލު 14 ދުވަސް ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް އަންގައިފި. މިގޮތަށް އެންގީ "އަދަދު" ނޫހުން އެދިފައިވާ މައުލޫމާތުތައް ގާނޫނީ މުއްދަތުގައި ފޯރުކޮށްދީފައި ނުވާތީ، އެ މައުލޫމާތު ހިފޭއްޓޭނެ މަގުބޫލު ސަބަބެއް ނެތުމުން.

އެޗްޑީސީން މައުލޫމާތު ހާމަކުރުމަށް ހަރުކަށި އަމުރެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހަޅާ އާރުޓީއައި ރިކުއެސްޓްތަކަށް ޖަވާބުދިނުމުގައި ގާނޫނަށް ފުރިހަމައަށް ތަބާވުމަށް އެ ކުންފުނީގެ މެނޭޖުމަންޓުން ހުރިހާ މުވައްޒަފުންނަށް އަންގައިފިއެވެ. މެނޭޖިން ޑިރެކްޓަރު ފޮނުއްވި މެމޯއެއްގައި ވަނީ މައުލޫމާތު ހިއްސާކުރުމަށް އިންފޮމޭޝަން އޮފިސަރު އެދިއްޖެ ނަމަ އެކަމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އިރުޝާދު ދެއްވާފައެވެ.

އާރުޓީއައި ގާނޫނަށް ހަރުކަށިކޮށް ތަބާވާން އެޗްޑީސީގެ މުވައްޒަފުންނަށް އަންގައިފި

އިންފޮމޭޝަން އޮފިސަރު ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ހުރިހާ ޑިޕާޓުމަންޓުތަކުން އެއްބާރުލުން ދިނުމަށާއި، ގާނޫނަށް އަމަލުނުކޮށްފިނަމަ ފިޔަވަޅު އެޅޭނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަނީ ހަނދާންކޮށްދެއްވާފަ

ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ މަސައްކަތަށް ޕީއާރް ފާމެއް ހޯދުން

މިނިސްޓްރީ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ދަށުން ހިންގާ އިދާރާތަކުގެ މީޑިއާ މަސައްކަތްތައް ބެލެހެއްޓުމަށާއި މިނިސްޓްރީގެ ތަަސައްވުރު ރަނގަޅުކުރުމަށްޓަކައި ދެ އަހަރު ދުވަހުގެ މުއްދަތަށް ޕީއާރް ފާމެއް ހޯދަން އިއުލާންކޮށްފިއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ގައުމީ ދާރުލްއާސާރަށް ވަޑައިގަތުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement

ހެރިޓޭޖު މިނިސްޓްރީގެ މޫނުމަތި ރީތިކުރަން ޕީއާރް ފާމެއް ހޯދަނީ

ހެރިޓޭޖް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ މީޑިއާ މަސައްކަތްތައް ބަލަހައްޓައި، މޫނުމަތި ރީތިކުރުމަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ޕީއާރް ފާމެއް ހޯދުމަށް އިއުލާންކޮށްފި. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 14، ގެ 11:30 އަށް ގައުމީ ދާރުލްއާސާރު ބިނާއަށް އަންދާސީ ހިސާބު ހުށަހަޅަން ވަނީ އެދިފައި.

އިގުތިސާދާއި ވިޔަފާރި

ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވުން

ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި

ބައިނަލްއަގުވާމީ މާލީ ދާއިރާގެ ބޮޑު ތަޖުރިބާއެއް އޮތް އަރޫނީ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކޮށްފައި ނުވާއިރު، މި ބޭންކު ހުޅުވިތާ ދެ އަހަރުވުމަށް ގާތްވެފައި ވާއިރު، އަދިވެސް ލޯނު ދޫކުރަން ނުފަށާ

ސަލާމަތީ ކަންކަމާއި ގާނޫނީ ދާއިރާ

ކުރީގެ ރައީސުންގެ ސެކިއުރިޓީއާ މެދު ރައީސް ނަޝީދުގެ ކަންބޮޑުވުން

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކު މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ އެވަގުތަކަށް ސެކިއުރިޓީ މެދުކަނޑާލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމި ނިންމުމާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ އެއްވުންތަކުގެ ތެރޭގައި ޓެރަރިސްޓު ހަމަލާއެއްގެ ބިރުވެރިކަން އަބަދުވެސް އޮންނާނެ ކަމަށެވެ.

ނަޝީދުގެ ކަންބޮޑުވުން: "އެއްވުމެއްގެ ތެރެއަށް ޓެރަރިސްޓު ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނާނެ"

ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާ ވަގުތު ސެކިއުރިޓީ މެދުކަނޑާލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމުމާ ގުޅިގެން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވެރިންނަށް ގިނަ ހަމަލާތައް އަމާޒުވަނީ އެއްވުންތަކުގެ ތެރެއިން ކަމަށާއި، އެފަދަ ވަގުތެއްގައި ސަލާމަތީ ރައްކާތެރިކަން ކަނޑާލުމަކީ ޓެރަރިސްޓް ހަމަލާއެއްގެ ބިރުވެރިކަން އޮތް ކަމެއް ކަމަށެވެ.

ގައިދީއެއްގެ ގަޔަށް ހޫނު ފެން އެޅި މައްސަލައިގައި ފުލުހަކު ވަކިކުރުން

މާފަންނު ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހެއްގެ ގަޔަށް ހޫނު ފެން އަޅައި ފިއްސާލި ހާދިސާއާ ގުޅިގެން، ކަން ހިނގި ގޮތް އޮޅުވާލަން މަސައްކަތް ކުރި ފުލުހަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ. މި ހާދިސާއަކީ 2021 ވަނަ އަހަރު ހިނގި ކަމެކެވެ.

ބަންދުގައި ހުރި މީހެއްގެ ގަޔަށް ހޫނު ފެން އެޅި މައްސަލައިގައި ހިމެނޭ ފުލުހަކު ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައިފި

ހޫނު ފެން އެޅި މައްސަލައިގެ ތަހުގީގުގައި އަރީޝް ބުނެފައި ވަނީ ގައިދީ ގަޔަށް ހޫނުފެން އެޅި މަންޒަރު އޭނާއަށް ނުފެންނަ ކަމަށާއި އެފަދަ ކަމެއް ހިނގިކަން ނޭނގޭ ކަމަށެވެ. ގައިދީ ގަޔަށް ހޫނު ފެން އެޅީ ސީސީޓީވީއަށް ނާރާ ހިސާބަށް އޭނާ ގެންދިޔުމަށްފަހު އެވެ.

ލަންކާގެ މަރުގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު ރާއްޖެއިން ހައްޔަރުކުރުން

ލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަންހެނުން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ޒުވާނަކު ރާއްޖޭގައި އުޅުމަށްފަހު އެނބުރި ގައުމަށް ދިޔުމުން ހައްޔަރުކޮށްފިއެވެ. ލަންކާ ފުލުހުން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ ބަންޑާރަނައިކަ އެއާޕޯޓަށް ދިޔަ ވަގުތުއެވެ.

ލަންކާގެ މަރުގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު އުޅުނީ ރާއްޖޭގައި

އެއާޕޯޓުގެ ފޭޝަލް ރިކޮގްނިޝަން ސިސްޓަމްގެ އެހީގައި ހައްޔަރުކުރި މި މީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ކުށުގެ ރެކޯޑް އޮންނަ، ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ މީހެއް.

ކުޅިވަރު

އެފްއޭއެމުން އަމިއްލަ ކުންފުންޏަކަށް ބޮޑު ބިމެއް ދޫކުރުން

މާފަންނު ސްޓޭޑިއަމް ސަރަހައްދުން އެފްއޭއެމަށް ލިބިފައިވާ ބިމެއް، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލްގެ ކުންފުންޏަށް 25 އަހަރަށް ކުލި ނުދައްކާ ގޮތަށް ދީފައިވާކަން ހާމަވެއްޖެއެވެ. މި ބިމަކީ ފީފާ ފޯވާޑްސް ޕްރޮޖެކްޓް ހިންގުމަށް ސަރުކާރުން އެފްއޭއެމަށް ދީފައިވާ ބިމެކެވެ.

އެފްއޭއެމުން ފިއުޗާ ހޯމްސް އަށް 25 އަހަރަށް ކުލިނުދައްކާ ގޮތަށް ބޮޑު ބިމެއް

އެފްއޭއެމްގެ ކުރީގެ ލީޑަޝިޕުން މާފަންނު ސްޓޭޑިއަމް ސަރަހައްދުން 2700 އަކަފޫޓުގެ ބިމެއް، 25 އަހަރަށް ކުލި ނުދައްކާ ގޮތަށް އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ކުންފުންޏަށް ދީފައިވާކަން ހާމަވެއްޖެ. ކަމާބެހޭ އިދާރާތަކުގެ ހުއްދައެއް ނެތި އެ ބިމުގައި ގުދަން ހަދާފައިވާއިރު، ބިން ހުސްކުރަން އެންގުމުން އެކަމަށް ދެކޮޅު ހަދާތީ އެފްއޭއެމުން ފިޔަވަޅު އަޅަން ތައްޔާރު

ވޯލްޑް ކަޕް: ފްރާންސް ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕްގައި ޕެރަގުއޭ އަތުން 1-0 އިން މޮޅުވެ، ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ކުއާޓާގައި ފްރާންސް ބައްދަލުކުރާނީ މޮރޮކޯއާއެވެ. މިއީ ފްރާންސް ޖެހިޖެހިގެން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ.

ޕެރަގުއޭ އަތުން މޮޅުވެ ފްރާންސުން ވޯލްޑް ކަޕްގެ ކުއާޓާގައި މޮރޮކޯއާ ދެކޮޅަށް

ޕެރަގުއޭ އަތުން 1-0 އިން މޮޅުވެ، ފްރާންސް ވަނީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި. އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއާއެކު ފްރާންސް މޮޅުވިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރާނީ ކެނަޑާ ބަލިކޮށް މުބާރާތުގެ ކުރިއަށްދިޔަ މޮރޮކޯއާ.

އެމެރިކާގެ ބަލޮގަންގެ ސަސްޕެންޝަނަށް ލުއިދިނުން

ވޯލްޑް ކަޕްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ފޯވާޑް ފަލޮރިން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދޭން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފިއެވެ. މިއީ އެމެރިކާއިން އެޕީލް ކުރުމާ ގުޅިގެން ނިންމި ނިންމުމެކެވެ.

ފީފާ އިން އެމެރިކާގެ ފޯވާޑް ބަލޮގަންގެ ރަތް ކާޑު ސަސްޕެންޝަނަށް ލުއިދީފި

ވޯލްޑް ކަޕްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ފަލޮރިން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދީ، ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ފީފާއިން ދީފި. ފީފާ ޑިސިޕްލިނަރީ ކޮމިޓީން މިގޮތަށް ނިންމީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމަށްފަހު، އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އަދަބު ތަންފީޒުކުރާ ގޮތަށް

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox