ކެނަޑާ ކަޓުވާލައި މޮރޮކޯ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް

Jul 5, 2026, 12:03 AM
މޮރޮކޯގެ އުނާހީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

މޮރޮކޯގެ އުނާހީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ އެއް ހޯސްޓް ކަމަށްވާ ކެނަޑާ 3-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، މޮރޮކޯ އިން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

އެންމެ ފަހުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު މޮރޮކޯ އިން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގަދަ 16 ޓީމުގެ ބުރުގައި، ކެނަޑާ އަތުން ރަނގަޅު މޮޅެއް ހޯދައިގެންނެވެ.

މި މެޗުގައި މޮރޮކޯގެ ފުރަތަމަ ދެ ލަނޑު ވެސް ޖެހީ މިޑްފީލްޑަރު، އަޒެއްދީން އުނާހީ އެވެ. އަދި، އަނެއް ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ސޯފިއަން ރަހީމީ އެވެ. 

Advertisement

ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގައި، މޮރޮކޯ އިން ތިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ފުރަތަަމަ ލަނޑަކީ 50 ވަނަ މިނިޓްގައި ހިލޭ ޖެހުމަަކުން އަޝްރަފް ހަކީމީ ދިން ބޯޅައަކުން އޭރިއާބޭރުން ގޯލު ތިރީ ކަނަށް އަމާޒުކޮށްލައިގެން އުނާހީ ޖެހި ގޯލެކެވެ. 

ކެނަޑާ އިން އެޓޭކަށް ޖެހި އެއްވަރުކުރަން މަސައްކަތް ކުރަނިކޮށް، މޮރޮކޯ އިން ވަނީ ކައުންޓަ އެޓޭކުގައި ލަނޑެއް ޖަހައި ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 82 ވަނަ މިނިޓްގައި ބްރަހިމް ޑިއާޒް، ކެނަޑާ އޭރިއާތެރެއިން ޖައްސާލި ބޯޅަ އުނާހީ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. 

ކައުންޓަ އެޓޭކުގައި މޮރޮކޯ އިން ވަރަށް ބޮޑަށް ކެނަޑާ އަށް ޕްރެޝަރު ކުރަމުންދިޔައިރު، ފަހު ލަނޑު ޖެހީ، އިތުރު ވަގުތުގެ އަށް ވަނަ މިނިޓްގަ އެވެ. މި ލަނޑަކީ ވެސް ޑިއާޒް ދިން ބޯޅައަކުން ޖެހި ގޯލެކެވެ. ޑިއާޒް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރަހީމީ ވަނީ ހަމަޖެހިލައިފައި ގޯލަަށް ބޯޅަ ވައްދާލައިފަ އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ރަހީމީގެ ފަރާތުން ފެނިގެންދިޔަ ދެ ވަނަ ގޯލެވެ. އަނެއްކޮޅުން، މި މެޗުގައި ރަހީމީ ކުޅެން އެރީ 20 ވަނަ މިނިޓްގައި މޮރޮކޯގެ އެއް ވަނަ ފޯވާޑް، އިސްމާއިލް ސައިބާރީ އަށް އަނިޔާވެގެންނެވެ. 

ކެނަޑާ އިން މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލިއިރު، އެ ޓީމަކީ ވޯލްޑް ކަޕްގައި އެއްވެސް މެޗަކުން ޕޮއިންޓެއް ވެސް ލިބިފައިވާ ޓީމެއް ނޫނެވެ. އެކަމަކު، ޖެސީ މާޝްގެ ކޯޗުކަމުގައި ކެނަޑާ އިން ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް ދަތުރުކުރުމަކީ ވެސް ކާމިޔާބެެކެވެ.  މި މެޗުގައި މޮރޮކޯ ކޮޅަށް ލަނޑެއް ނުޖެހި ކެނަޑާ ބަލިވިއިރު، މިއީ މި ފަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓަކަށް މެޗެއްގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަަހަރެެވެ. 

މޮރޮކޯ އިން ކުއާާޓާ ފައިނަލުގައި ކުޅޭނީ ފްރާންސާއި ޕެރަގުއޭ އިން ގަަދަ 16 ގައި ކުޅެގެން މޮޅުވާ ޓީމަކާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox