ވޯލްޑް ކަޕް ފުރަތަމަ މެޗުން ބަލިވިތާ މާގިނައިރުތަކެއްނުވެ ޓިއުނީޝިއާގެ ކޯޗު ވަކިކޮށްފި

Jun 15, 2026, 5:46 PM
ޓިއުނީޝިއާގެ ކޯޗު ސަބްރީ ލަމޫޗީ: އޭނާ ވަނީ ފުރަތަމަ މެޗަށް ފަހު މަގާމުން ވަކިކޮށްފައި.

ޓިއުނީޝިއާގެ ކޯޗު ސަބްރީ ލަމޫޗީ: އޭނާ ވަނީ ފުރަތަމަ މެޗަށް ފަހު މަގާމުން ވަކިކޮށްފައި.

ނުއޭވޯ ލެއޯން، މެކްސިކޯ (ޖޫން 15) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސްވިޑެން އަތުން 5-1 އިން ބަލިވި މެޗަށް ފަހު، ޓިއުނީޝިއާގެ ކޯޗުގެ މަގާމުން ސަބްރީ ލަމޫޗީ ވަކިކޮށްފި އެވެ. 

ފްރާންސް އަށް އުފަން ލަމޫޗީ، 54، ވަކިކުރަން ޓިއުނީޝިއާ އިން ނިންމީ ސްވިޑެން އަތުން ބަލިވި މެޗަށް ފަހު، ބޭއްވި ޓިއުނީޝިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އިމެޖެންސީ ބައްދަލުވުމެއްގެ ތެރެއިންނެވެ. އަދި، ލަމޫޗީގެ ކޯޗުކަމުގައި އެކަށީގެންވާ ނަތީޖާއެއް ބާކީ އޮތް ދެ މެޗުގައި ނެރެވޭނެ ކަމުގެ ޔަގީންކަން ފެޑެރޭޝަނުގެ ސީނިއާ މެނޭޖްމަންޓަށް ނެތުމުންނެވެ. 

ފްރާންސްގެ ރެން އާއި އިނގިރޭސި ދެ ކްލަބް ކަމަށްވާ ނޮޓިންހަމް ފޮރެސްޓާއި ކާޑިފް ސިޓީ އަށް ކުރިން ކޯޗުކޮށްދިން ލަމޫޗީ، ވަނީ އައިވަރީ ކޯސްޓް ގައުމީ ޓީމަށް ވެސް އިރުޝާދުދީފަ އެެވެ. އޭނާ، ޓިއުނީޝިއާއާ ހަވާލުވީ، ޖެނުއަރީ 14 ވަނަ ދުވަހު އެވެ. އޭނާ އަށް 2028 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓެއް ދިން ނަމަވެސް، ހަ ވަރަކަށް މަސް ތެރޭ މަގާމުން މި ވަނީ ވަކިކޮށްފަ އެވެ. 

Advertisement

ލަމޫޗީގެ ކޯޗުކަމުގައި ޓިއުނީޝިއާ އިން ފަސް މެޗު ކުޅުނުއިރު، މޮޅުވީ އެއް މެޗުންނެވެ. ތިން މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. 

އެ ގޮތުން، ލަމޫޗީގެ ކޯޗުކަމުގައި ފުރަތަމަ މެޗުން މާޗް މަހު ޓިއުނީޝިއާ އިން ހައިޓީ އަތުން 1-0 އިން މޮޅުވި ފަހުން ދެން ކުޅުނު މެޗުގައި، ކެނަޑާއާ 0-0 އިން އެއްވަރުވި އެވެ. އޭގެ ފަހުން ތިން މެޗުން ބަލިވިއިރު، ބައިކޮޅަށް 11 ލަނޑު ވަންއިރު، ޖެހުނީ އެންމެ ލަނޑެކެވެ. އެއީ، މި މަހު ވޯލްޑް ކަޕަށް ތައްޔާރުވާން އޮސްޓްރިއާއާ ކުޅުނު މެޗުން 1-0 އިން ބަލިވިއިރު، ދެ ވަަނަ މެޗުން ބެލްޖިއަމް އަތުން ޓިއުނީޝިއާ ބަލިވީ 5-0 އިންނެވެ. އަދި، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޓިއުނީޝިއާ ވަނީ ސްވިޑެން އަތުން ބޮޑުތަފާތަކުން ބަލިވެފަ އެވެ. 

ޓިއުނީޝިއާ އިން ކުޅޭ ދެ ވަނަ މެޗު، ހޮނިހިރު ދުވަހު ޖަޕާނާ ދެކޮޅަށް އޮތްއިރު، އެ މެޗުގެ ކުރިން ޓިއުނީޝިއާ އިން ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ ގޮތުން، އެ ޓީމާ ހަވާލުވާނެ ކަމަށް ބެލެވެނީ ކުރިން އެ ޓީމަށް ކުޅުނު ވަހްބީ ކާޒްރީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox