އަަމަދުގެ ގޯލުން އައިވަރީ ކޯސްޓުން އެކުއެޑޯ ބަލިކޮށްފި

Jun 15, 2026, 6:04 AM
އަމަދު، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އެކުއެޑޯއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލަނޑު ޖެހުމުގެ އިތުރުން ތަފާތު ކުޅުމެއް ވެސް ދެއްކި.

އަމަދު، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އެކުއެޑޯއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލަނޑު ޖެހުމުގެ އިތުރުން ތަފާތު ކުޅުމެއް ވެސް ދެއްކި.

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 15) - ފީފާ ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުން އިތުރު ވަގުުތުގައި އަމަދު ޑިއާލޯ ޖެހި ގޯލުން، އައިވަރީ ކޯސްޓުން 1-0 އިން އެކުއެޑޯ ބަލިކޮށްފި އެވެ. 

އައިވަރީ ކޯސްޓުން އެންމެ ފަހުން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނުއިރު، ފުރަތަމަ މެޗުން ޖަޕާން ބަލިކުރި އެވެ. އަލުން ވޯލްޑް ކަޕަށް އެނބުރި އައިސް ފުރަތަމަ މެޗުގައި އެކުއެޑޯ އަތުން މި ލިބުނު މޮޅާ އެކު، އައިވަރީ ކޯސްޓުން އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަަހަރަށް ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައިދާން މަސައްކަތްކުރާނެ އެވެ. 

މެޗު ފަށައިގެން އެކުއެޑޯ އިން ލިބުނު ފުރުސަތުތަކުގައި ކުރިއަށް ޖެހިގެން ކުޅެ، ފުރަތަމަ ހާފުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ލަނޑު ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އެކުއެޑޯ އިން ފުރަތަމަ ހާފުގައި ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ.  އެ ގޮތުން، 24 ވަނަ މިނިޓްގައި ޔޮއާން ޔެބޯއާ ޖެހި ޝޮޓާއި 30 ވަނަ މިނިޓްގައި، އަލަން މިންޑާ ޖެހި ބާރު ބޯޅަ ވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ. 

Advertisement

ކައުންޓަ އެޓޭކުގައި އައިވަރީ ކޯސްޓުގައި ތިބި އަވަސް ކުޅުންތެރިންގެ ނުރައްކާ ވެސް އެކުއެޑޯ އަށް ކުރިމަތިވި އެވެ. އެ ގޮތުން، ނިކޮލަސް ޕެޕޭ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އުމުރުން 19 އަހަރުގައި އައިވަރީ ކޯސްޓަށް ވޯލްޑް ކަޕް މެޗެއް ކުޅެދީ އެ ގައުމުގެ ފުޓްބޯޅައިގައި ރެކޯޑެއް ހެދި، ޔަން ޑިއޮމަންޑޭ ދިން ބޯޅައެއްގައި ޕެޕޭ ޖެހި ޝޮޓް ވީ ބްލޮކް އެވެ. އޭގެ އިތުރުން ޕެޕޭ ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

ފީފާ ވޯލްޑް ކަަޕްގައި އައިވަރީ ކޯސްޓާއި އެކުއެޑޯ ކުޅުނު މެޗުގެ ތެެރެއިން: އައިވަރީ ކޯސްޓުގެ ޑިއޮމަންޑޭ އަތުން ބޯޅަހޯދަން އެކުއެޑޯގެ ހިންކަަޕިއޭ މަސައްކަތްކުރަނީ.
ފީފާ ވޯލްޑް ކަަޕްގައި އައިވަރީ ކޯސްޓާއި އެކުއެޑޯ ކުޅުނު މެޗުގެ ތެެރެއިން: އައިވަރީ ކޯސްޓުގެ ޑިއޮމަންޑޭ އަތުން ބޯޅަހޯދަން އެކުއެޑޯގެ ހިންކަަޕިއޭ މަސައްކަތްކުރަނީ.

މެޗުގެ ދެ ވަނަ ހާފު ފެށިގެން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި، އެކުއެޑޯގެ ކެޕްޓަން، އެނާ ވެެލެންސިއާ، އޭރިއާތެރެއިން ހަނި އޭންގަލުން ގޯލަށް ވައްދާލަން ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. 

އަައިވަޜީ ކޯސްޓުން މެޗުގެ 51 ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ޑިއޮމަންޑޭ ނެގި ބޯޅައަކަށް އޭރިއާތެރެއަށް ދުވެފައި އެރި އެލްޔޭ ވާހީ ޖައްސާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން، އެކުއެޑޯގެ ގޮންޒާލޯ ޕްލާޓާ، އޭރިއާބޭރުން ޖެހި ޝޮޓެއް އައިވަރީ ކޯސްޓުގެ ކީޕަރު، ޔަހިޔާ ފޮފާނާ ވަނީ މަތަކޮށްފަ އެވެ. 

މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި އައިވަރީ ކޯސްޓުން މޮޅުވި ލަނޑު ޖެހި އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި އަމަދު އަށް ލިބުނު ފުރުސަތުގައި ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލި އެވެ. 

މި ގްރޫޕްގެ ފުރަތަމަ މެޗުން ރޭ ޖަރުމަނުން ވަނީ ކިއުރުސާއޯ އަތުން 7-1 އިން މޮޅުވެފަ އެވެ. ދެން މި ގްރޫޕްގައި ކުޅޭ މެޗުތަކަށް ބަލާއިރު، ޖަރުމަނުން ކުޅޭނީ އައިވަރީ ކޯސްޓާ އެވެ. އަދި، ކިއުރުސާއޯ އާއި އެކުއެޑޯ ބައްދަލުކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox