އިރާން ޓީމުން ބުނީ ވޯލްޑް ކަޕްގައި ކުޅެނީ މުޅި އިރާންގެ ރައްޔިތުންގެ ހައްގުގައި ކަމަށް

Jun 15, 2026, 4:01 PM
އިރާން ޓީމުގެ ކެޕްޓަން މަހުދީ ތަރޭމީ: އޭނާ ވަނީ ވޯލްޑް ކަޕްގައި އިރާން ޓީމުން އެ ގައުމަށް ނިސްބަތްވާ ކޮންމެ މީހެއް ވެސް ތަމްސީލްކުރާ ކަމަށް ބުނެފައި.

އިރާން ޓީމުގެ ކެޕްޓަން މަހުދީ ތަރޭމީ: އޭނާ ވަނީ ވޯލްޑް ކަޕްގައި އިރާން ޓީމުން އެ ގައުމަށް ނިސްބަތްވާ ކޮންމެ މީހެއް ވެސް ތަމްސީލްކުރާ ކަމަށް ބުނެފައި.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 15) - އިޒްރޭލާއި އެމެރިކާ އިން އިސްވެ، މި އަހަރުގެ ފެބްރުއަރީން ފެށިގެން އިރާނާ ދެކޮޅަށް ހަނގުރާމައެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި، ފީފާ ވޯލްޑް ކަޕްގައި ވާދަކުރަން، އިރާނާ ހަނގުރާމަ ކުރާ އެއް ގައުމުކަމަށްވާ އެމެރިކާ އަށް އިރާން ޓީމުން އައިސް ތިބީ އެ ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ކަމަށް އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ ބުނެފި އެވެ. 

އެމެރިކާ އާއި އިރާގުން ރޭގެ ވަގުތެއްގައި ސުލްހަ ގާއިމްކުރި ކަމަށް އިއުލާނުުކުރި ނަމަވެސް، މިދިޔަ ހަތަރު ވަރަކަށް މަސް ތެރޭގައި ނަފްސާނީ ގޮތުން، އިރާން ކުޅުންތެރިންނަށް ވޯލްޑް ކަޕަށް ތައްޔާރުވުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ހާއްސަކޮށް، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އެމެރިކާގައި ކުޅެން ޖެހޭއިރު، އިރާނުން ކޭމްޕް ކޮށްގެން ތިބީ މެކްސިކޯގަ އެވެ. ކޮންމެ މެޗެއް ނިންމާފައި، އެނބުރި މެކްސިކޯ އަށް ދާ ގޮތަށް އެމެރިކާ އިން އިރާނަށް އަންގާފައިވާއިރު، ޓީމުގެ ބައެއް ފަރާތްތަކަށް ވިސާ ނުލިބި މަޑުކުރަން ވެސް ޖެހުނެވެ. 

"އަހަރެން ތި އެންމެންނަށް އަންގާލައިދޭން ބޭނުންވަނީ އަހަރެމެން މި ތަނަށް (އެމެރިކާ އަށް) އައިސް މި ތިބީ ފުޓްބޯޅަ ކުޅެންކަން. އިހުތިރާމް ލިބިގެންވާ އިރާންގެ ކޮންމެ ރައްޔިތެއް ތަމްސީލްކުރުމަށް، އެ މީހުންގެ ހައްގުގައި. އިރާނުގައި ދިރި އުޅުނަސް ނޫޅުނަސް، އިރާނަށް ނިސްބަތްވާ އެންމެނަށްޓަކައި،" ތަރޭމީ ބުންޏެވެ. 

Advertisement

ތަރޭމީގެ ވާހަކަތައް ތަކުރާރުކޮށް، އިރާން ޓީމުގެ ކޯޗު، އާމިރު ގަލެނޯއީ ބުނީ، އިރާނުގެ ހައްގުގައި މިފަދަ މުހިންމު ކަމެއް ކުރުމަށް ކުޅުންތެރިން ވެސް އަޒުމު ކަނޑައަޅައިގެން ތިބުމަކީ، މި މުބާރާތުގެ މެޗުތަކުގައި އިރާނުގެ ހިތްވަރު އިތުރަށް ގަދަވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. 

އިޓަލީގެ އިންޓަ މިލާނަށް ކުރިން ކުޅުނު، އަދި މިހާރު ގްރީސްގެ އޮލިމްޕިއާކޯސް އަށް ކުޅެމުން އަންނަ ތަރޭމީ ބުނީ، އިރާން ޓީމުގެ މެދުަގައި މުބާރާތާ ކުރިމަތިލާއިރު އޮތީ އެއްބައިވަންތަ ކަމުގެ ރޫހެއް ކަމަށާއި އިރާނުގެ މީހުން އުފާކުރާ ވަރުގެ ނަތީޖާތަކެއް ނެރެން ބޭނުންވާ ކަމަށެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި އިރާން ވާދަނުކުރަން އެދޭ މީހުން ވެސް އިރާނުގައި އުޅޭނެ ކަމަށާއި އެހެން ނަމަވެސް، ކޮންމެ މީހަކީ ވެސް އަމިއްލަ ވިސްނުމުގައި ބަސްބުނުމުގެ އިހުތިޔާރު އޮންނަންޖެހޭ މީހެއް ކަމަށް ވުމުން އިހުތިރާމާ އެކު އެ ފުރުސަތު ދޭނެ ކަމަށް ތަރޭމީ ވަނީ ބުނެފަ އެވެ. 

"ސިޔާސީ ކަމެއްގައި ބައިވެރިއެއްނުވާނަން. މި އުޅެނީ ފުޓްބޯޅަ ކުޅެން އައިސް،" ތަރޭމީ ބުންޏެވެ. 

ނިއު ޒީލެންޑާއި އިރާނާ ދެކޮޅަށް މިރޭ ކުޅެން އޮތް މެޗުގެ ކުރިން، ހުރިހާ ނޫސްވެރިން ވެސް މެޗުގެ ވާހަކަ އަށް ވުރެން ބޮޑަށް ހާލަތެއްގެ ވާހަަކަ އެހުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ތަރޭމީ ވަނީ ބުނެފަ އެވެ. އަދި، ސިޔާސީ ވާހަކަ ދައްކާނަަމަ، އެއީ އެކަމަށް ހާއްސަކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރުން ރަނގަޅު ކަމެއް ކަމަށް ތަރޭމީ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox