އިސާކާއި ޔޯކެރޭޝްގެ ލަނޑުތަކާ އެކު ސްވިޑެން އިން ޓިއުނީޝިއާ ބަލިކޮށްފި

Jun 15, 2026, 8:57 AM
ސްވިޑެންގެ ފޯވާޑް ވިކްޓަ ޔޯކެރޭޝް، ޓިއުނީޝިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސްވިޑެންގެ ފޯވާޑް ވިކްޓަ ޔޯކެރޭޝް، ޓިއުނީޝިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނުއެވޯ ލިއޯން، މެކްސިކޯ (ޖޫން 15) - އަލެކްސަންޑަ އިސާކާއި ވިކްޓަ ޔޯކެރޭޝްގެ ލަނޑުތަކާ އެކު، ސްވިޑެން އިން 5-1 އިން ޓިއުނީޝިއާ ބަލިކޮށް މޮޅަކުން މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ. 

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު ސްވިޑެން އިން އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގަައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ޔޫރަޕްގެ ޕްލޭއޮފް ބުރުން އައި ސްވިޑެން އިން ވަނީ މިއަދު ޓިއުނީޝިއާ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެެެވެ. ހާއްސަ ގޮތެއްގައި ސްވިޑެންގެ ފޯވާޑް ލައިން ބަރޯސާވާނެ ދެ ކުޅުންތެރިން ކަމަށްވާ އިސާކް އާއި ޔޯކެރޭޝްގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް މި މެޗުގައި ފެނިގެންދިޔަ އެވެ. 

މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ސްވިޑެން އިން ވަނީ ލީޑުނަގައިފަ އެެވެ. މި ލަނޑު ސްވިޑެން ޓީމަށް ޖަހައިދިނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަށް ކުޅެމުން އަންނަ ޔާސީން އަޔާރީ އެވެ. ދެ ވަނަ ލަނޑެއްޖަހައި، ލީޑުފުޅާކޮށް ހަމަޖެހިލަން ސްވިޑެން އިން ކުރި މަސައްކަތް 30 ވަނަ މިނިޓްގައި އިސާކް ވަނީ ކާމިޔާބުކޮށްފަ އެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޔޯކެރޭޝް އެވެ. 

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓިއުނީޝިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޑެންގެ އިސާކް އުފާފާޅުުކުރަނީ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓިއުނީޝިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޑެންގެ އިސާކް އުފާފާޅުުކުރަނީ.

ސްވިޑެން އިން ދެ ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލަން ދަނިކޮށް ޓިއުނީޝިއާ އިން ވަނީ ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، 43 ވަނަ މިނިޓްގައި ހަަނިބަލް މެޖްބްރީ ދިން ބޯޅައަކުން އޮމާރް ރެކިކް ވަނީ ގޯލު ޖަހައި، ޓިއުނީޝިއާ އަށް އުންމީދެއް ހޯދައިދީފަ އެވެ. 

ދެ ވަނަ ހާފުގައި ކުޅެން އަރައި، މެޗުގެ 59 ވަނަ މިނިޓްގައި އިސާކް ދިން ބޯޅައަކުން ޔޯކެރޭޝް ވަނީ ސްވިޑެންގެ ތިން ވަނަ ގޯލު ޖަހައި، އަލުން އެ ޓީމަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. ޔޯކެރޭޝް އަކީ ކޮލިފައިން ޕްލޭއޮފްގައި ވެސް ސްވިޑެން އަށް މުހިންމު ލަނޑުތަކެއް ޖަހައިދިން ކުޅުންތެރިއެކެވެ. 

އިތުރު ގޯލެއް ޖަހަން ސްވިޑެން އިން ކުރި މަސައްކަތް މެޗުގެ 86 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި މަޓިއަސް ސްވެންބާގް ވަނީ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ލަނޑު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަަލައިފަ އެވެ. 

އިތުރު ވަގުުތުގައި ސްވިޑެންގެ ފަހު ލަނޑު ޖެހީ މެޗުގައި މޮޅު ކުުޅުމެއް ދެއްކި އަޔާރީ އެވެ. އަޔާރީ އަކީ މެޗުގައި ސްވިޑެންގެ ފުރަތަމަ ލަނޑު ވެސް ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ދެ ވަނަ ލަނޑު ޖެހީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. 

ޓިއުނީޝިއާ އަތުން މޮޅުވުމުން ގްރޫޕް އެފްގެ ފުރަތަމަ ތިން ޕޮއިންޓް މި ހޯދީ ސްވިޑެން އިންނެވެ. އެ ގޮތުން، މި ގްރޫޕްގެ އަނެއް މެޗުގައި ޖަޕާނާއި ނެދަލެންޑްސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox