ދުއާ ލީޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

Jun 2, 2026, 9:36 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލީޕާ އާއި އެކްޓަރު ކެލަމް ޓާނާ ކައިވެނިކޮށްފި އެވެ.

ދެ އަހަރަށް  ވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު، ދެ ތަރިން ކައިވެނިކުރީ މިދިޔަ އާދީއްތަ ދުވަހު ލަންޑަންގެ އޯލްޑް މެރިލެބޯން ޓައުން ހޯލްގަ އެވެ.

ކައިވެނީގެ ފޮޓޯތަކުން ފެންނަ ގޮތުގައި ދުއާ ލީޕާ ހުރީ ހުދުކުލައިގެ ސޫޓެއްގަ އެވެ. ކެލަމް ޓާނާ ލައިގެން ހުރީ ގަދަ ނޫކުލައިގެ ސޫޓެކެވެ.

Advertisement

މި ކައިވެނީގެ ރަސްމިއްޔާތަކީ ވަރަށް މަދު ބަޔަކު ބައިވެރިވި، އާއިލީ ރަސްމިއްޔާތެކެވެ. 

މިދިޔަ އަހަރު ބްރިޓިޝް ވޯގް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ދުއާ ލީޕާ ވަނީ އޭނާ އާއި ޓާނާ އެންގޭޖްވިކަން އިއުލާންކޮށްފަ އެވެ. 

ކައިވެނީގެ އުފާފާޅުކުރުމަށް އަންނަ ހަފުތާގެ ބަންދުގައި އިޓަލީގެ ސިސިލީގައި ތިން ދުވަހުގެ ބޮޑު ހަފުލާއެއް ބޭއްވުމަށް ރާވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އުމުރުން 30 އަހަރުގެ ދުއާ ލީޕާ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ އެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ ގްލާސްޓަންބަރީ ފެސްޓިވަލްގެ މައި ޝޯވެސް ހުށަހަޅައިދީފަ އެވެ.

އުމުރުން 36 އަހަރުގެ ކެލަމް ޓާނާ އަކީ "ފެންޓާސްޓިކް ބީސްޓްސް" ފިލްމުތަކުން ބައިނަލްއަގުވާމީ މަގުބޫލުކަން ހޯދާފައިވާ އެކްޓަރެކެވެ. އަދި އޭނާއަކީ ދެން އެންމެ އަވަހަށް ޖޭމްސް ބޮންޑުގެ ރޯލުން ފެނިދާނެ ކަމަށް ބެލެވޭ އެކްޓަރެވެ. 

ލަންޑަންގެ އޯލްޑް މެރިލެބޯން ޓައުން ހޯލަކީ މީގެ ކުރިންވެސް ގިނަ މަޝްހޫރު ފަރާތްތަކެއް ކައިވެނިކޮށްފައިވާ ތަނެކެވެ. އެގޮތުން 1969 ވަނަ އަހަރު ސާ ޕޯލް މެކާޓްނީ އާއި ލިންޑާ އީސްޓްމަން ކައިވެނިކުރީ އެތަނުގަ އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ނޭންސީ ޝެވެލްއާ ޕޯލް މެކާޓްނީ ކައިވެނިކުރީ ވެސް ހަމަ އެ ތަނުގަ އެވެ.

މީގެ އިތުރުން، ބީޓްލްސްގެ މެންބަރު ރިންގޯ ސްޓާ 1981 ވަނަ އަހަރު އޭނާގެ އަނބިމީހާ ބާބަރާއާ ކައިވެނިކުރީ ވެސް އެ ޓައުން ހޯލުގަ އެވެ. އަދި 1996 ވަނަ އަހަރު މެލަނީ ގްރިފިތް އާއި އެންޓޯނިއޯ ބަންޑޭރަސްގެ ކައިވެނި ވެސް ބޭއްވީ އެތަނުގަ އެވެ.

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox