އަނިޔާއާ ހެދި ސްޕެއިންގެ ފާމިން ލޮޕޭޒަށް ވޯލްޑް ކަޕް ގެއްލިއްޖެ

May 20, 2026, 7:33 PM
ސްޕެއިނުގެ އަރަމުން އަންނަ ތަރި ފާމިން ލޮޕޭޒް: އަނިޔާއާ ހެދި މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅޭނެ

ސްޕެއިނުގެ އަރަމުން އަންނަ ތަރި ފާމިން ލޮޕޭޒް: އަނިޔާއާ ހެދި މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅޭނެ

ބާސެލޯނާ (މެއި 20) - އަނިޔާގެ ސަަބަބުން ބާސެލޯނާ އަށް ކުޅޭ ސްޕެއިނުގެ ތަަރި، ފާމިން ލޮޕޭޒަށް އަންނަ މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރުސަތު ގެއްލިއްޖެ އެވެ. 

ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ އަންނަ ހޯމަ ދުވަހު، ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ސްޕެއިން ޓީމުގެ 26 ކުޅުންތެރިންގެ ސްކޮޑު އިއުލާނުކުރަން ނިންމައިފަ އެވެ. އެކަމަކު، އެ ސްކޮޑުގައި ޔަގީނުން ވެސް އެންމެ ފަހުން ޓީމުން ޖާގަ ހޯދި އެއް ކުޅުންތެރިއެއް ކަމަށްވާ ފާމިން ލޮޕޭޒް ނުހިމެނޭނެކަން ވަނީ ކަށަވަރުވެފަ އެވެ. 

ބާސެލޯނާ އިން ހޯމަ ދުވަަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާމިން ލޮޕޭޒްގެ ފަައިތިލަ އަށް ލިބިފައިވާ އަނިޔާއާ ހެދި އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި، އެ އޮޕަރޭޝަނަށް ފަހު ކުޅުމަށް އެނބުރި އަންނަން ނަގާ މުއްދަތް އަށް ހަފްތާ އަށް ދިގުދެމިގެންދާނެ ކަމަށެވެ. ބާސެލޯނާގެ އެ ބަޔާނަށް ފަަހު، ފާމިން ލޮޕޭޒް، އަމިއްލަ އަަކަށް ސްޕެޝަލިސްޓަކަށް ދައްކައިގެން، އަނިޔާގެ އިތުރު ތަފްސީލް ދެނެގަތްއިރު، ކުރިން ލިބުނު ރިޕޯޓެކޭ އެއްގޮތަށް ސާޖަރީއެއް ކުރަން ޖެހޭނެކަން ވަނީ ޔަގީންވެފަ އެވެ. 

Advertisement

މި ސީޒަނުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ބާސެލޯނާ އިން ހޯދި ޓީމުގައި ކުޅެން ލިބުނު ފުރުސަތުތަކުގައި ފާމިން ލޮޕޭޒް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، މި ސީޒަނުގައި އޭނާ ކުޅުނު 30 މެޗުގެ ތެރެއިން 19 މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވެ އެވެ. ހަ ގޯލު ޖެހިއިރު، ނުވަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ. 

ފާމިން ލޮޕޭޒަކީ، 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި އެ އަހަރު ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދި ސްޕެއިން ޓީމުގެ ކުޅުންތެރިއެކެވެ. އެކަމަކު، ފީފާ ވޯލްޑް ކަޕެއްގައި ކުޅުމަށް ފާމިން ލޮޕޭޒް ދެކެމުން އައި ހުވަފެން އެންމެ އަވަހަށް ވެސް ހަގީގަތަކަށްވާނީ 2030 ވަނަ އަހަރު އެވެ. އެ އަަހަރު ވޯލްޑް ކަޕް އޮތީ، ސްޕެއިނާއި މޮރޮކޯ އަދ ޕޯޗުގަލް ގުޅިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox