ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސްއަށް ދައުވާ ކުރަނީ
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް ކުންފުނީގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި އެ ކުންފުނިން ރިސޯޓު ހަދަން ނަގާފައިވާ ތ. އޮޅުގިރި ތަރައްގީކޮށްފައި ނުވާތީ، އެ ރަށް ދައުލަތަށް ނެގުމަށް ޓޫރިޒަމް މިނިސްޓްރީގައި އެދުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.