ވިޔަފާރީގެ ގުޅުން ކަނޑާލިޔަސް އެމެރިކާގެ ހަނގުރާމައާ އެއްބައިނުވާނެ ކަމަށް ސްޕެއިނުން ބުނެފި

Mar 4, 2026, 10:56 AM
ވިޔަފާރީގެ ގުޅުން ކަނޑާލިޔަސް އެމެރިކާގެ ހަނގުރާމައާ އެއްބައިނުވާނެ ކަމަށް ސްޕެއިނުން ބުނެފި

އިރާނަށް ބޮން އެޅުމަށް ސްޕެއިންގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމުން އެ ގައުމާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕު ދެއްވި ނަމަވެސް އެމެރިކާގެ ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ސްޕެއިންގެ ބޭސްތަކުން ތެޔޮ އަޅައިގެން ދިޔުމުގެ ހުއްދަ ނުދޭން ސްޕެއިންގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ނިންމުމާމެދު ޓްރަމްޕު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވި ގޮތުގައި މިއީ އިންސާނިއްޔަތަށް ކުރިމަތިވާނެ ބޮޑު ކާރިސާއެކެވެ. އަދި މުޅި ދުނިޔެއަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭ ކަންކަމުގައި ސްޕެއިނުން ބައިވެރިއެއް ނުވާނެ އެވެ. އެއްވެސް ހަނގުރާމައަކަށް އެ ގައުމުން އެހީތެރިނުވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި އެވެ.

ބޮން އަޅައިގެން ދުނިޔޭގެ އެއްވެސް ދެބަސްވުމެއް މިހާތަނަށް ހައްލުކުރެވިފައި ނުވާކަން ސަންޗޭޒް ފާހަގަކުރެއްވި އެވެ. އިރާގު ހަނގުރާމައިގެ ސަބަބުން އެތައް އަހަރެއްވަންދެން ދުނިޔެއަށް އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރި ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އެމެރިކާއިން ވިޔަފާރި ގުޅުން ކަނޑާލައިފި ހާލަތެއްގައި ވެސް ކުރާ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި ބައިނަލްއަގުވާމީ ހަމަތަކަށް އެމެރިކާއިން ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ބޮޑުވަޒީރު ސަންޒޭޗް ވިދާޅުވި އެވެ.

ސްޕެއިނަކީ ވެސް ނޭޓޯގެ މެންބަރެކެވެ. އިރާނަށް ބޮން އެޅުން އެ ގައުމުން ވަނީ ކުށްވެރިކޮށްފަ އެވެ. ގިނަ ނޭޓޯ އަދި ޔޫރަޕު ގައުމުތަކުން އެ ހަމަލާތަކާ ގުޅިގެން ވާހަކައެއް ނުދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox