އަބްދުﷲ ނާޒިމް
4 ލިޔުން
ހަބަރުސުވާލު ކުރަނީ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަން: ކުޑޫ
ވަޒީރުންނާ ކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފޮނުވި 65 ސުވާލަކަށް ޖަވާބު ނުލިބި އޮތްކަން ވެސް އޭނާ ފާހަގަކުރެއްވި. މަޖިލިސް މެދުވެރިކޮށް ސަރުކާރުން މެންބަރުންގެ ދައުރާއި ޒިންމާ އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމަށް ކުޑޫ ތުހުމަތު ކުރެއްވި.
ހަބަރުކެބިނެޓު އަލުން އެކުލަވާލިއިރު ޑިފެންސް މިނިސްޓަރެއް ނެތް
ރައީސް މުއިއްޒުގެ ކެބިނެޓުން 10 ވަޒީރަކު ވަކިކުރައްވައި، ވަޒީރުންގެ އަދަދު 20 އިން 15 އަށް މަދުކޮށް މިއަދު ވަނީ އައު ކެބިނެޓެއް އެކުލަވާލާފައެވެ. މި ބަދަލާއެކު 12 ބޭފުޅަކު ވަޒީރުކަމުގެ ހުވާ ކުރެއްވި ނަމަވެސް، ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޣައްސާން މައުމޫން ވަކިކުރެއްވުމަށްފަހު އެ މަގާމަށް އަދި ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެއެވެ. އައު ކެބިނެޓުގައި ބަންޑާރަ ނައިބުގެ އިތުރުން ފިޝަރީޒް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

