އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ މައި މަރުކަޒު ހަލާކުކޮށްލައިފި ކަމަށް އެމެރިކާއިން ބުނެފި

Mar 1, 2026, 9:13 PM
އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ މައި މަރުކަޒު ހަލާކުކޮށްލައިފި ކަމަށް އެމެރިކާއިން ބުނެފި

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ މައި މަރުކަޒު، އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީ ހަލާކުކޮށްލައިފިކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ހާމަކޮށްފި އެވެ.

ޓްވިޓާގައި ސެންޓްކޮމްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާއަކީ އެމެރިކާ ކަމަށާއި، މި ހަމަލާއާ އެކު އައިއާރުޖީސީގެ ހެޑްކުއާޓާސްއެއް މިހާރު ނުހުންނާނެ ކަމަށެވެ. މިއީ އެ ޖަމާއަތުގެ ބާރު ކަނޑުވާލުމަށް ދިން ވަރުގަދަ ހަމަލާއެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރެއެވެ.

ސެންޓްކޮމްއިން ބުނި ގޮތުގައި ވޭތުވެދިޔަ 47 އަހަރު ތެރޭގައި އައިއާރުޖީސީން ވަނީ 1,000 އަށްވުރެ ގިނަ އެމެރިކާ ރައްޔިތުން މަރާލާފައެވެ.

ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވޭއިރު، މިއީ އިރާނުގެ އަސްކަރީ ގާބިލިއްޔަތަށް ލިބުނު ބޮޑު ލޮޅުމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާ ދެމުންދާއިރު ރައްދުގައި އިރާނުން ދަނީ އިޒްރޭލަށް އަދި އަރަބި ބައެއް ގައުމުތަކަށް ހަމަލާ ދެމުންނެވެ.

ހަނގުރާމައިގެ އަދާހަމަ

  • އިރާނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި އެމެރިކާގެ ތިން ސިފައިން މަރުވެ، އިތުރު ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނުން
  • އިރާނުގެ އެންމެ މަތީވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލިތާ އެއްދުވަސް ފަހުން، އިޒްރޭލުން މިއަދުވެސް ތެހެރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދިން
  • އިޒްރޭލުން ދިން ހަމަލާތަކަށް ރައްދުދީ އިރާނުން މިސައިލް ފޮނުވާލުމާ ގުޅިގެން ތެލް އަވީވްގައި ވަނީ ނުރައްކާތެރި ހާލަތެއްގަ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އިރާނުން އައި މިސައިލްތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް.
  • އިރާންގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވައިތު، ބަހްރޭން އަދި އިރާގަށް އިންޒާރު ދެއްވާފަ.
  • އިރާނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އިރާނުން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި ކަމަށް
  • ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އިރާނު ވަގުތީ ގޮތުން ހިންގުމަށް އުފެއްދި ލީޑަރޝިޕް ކައުންސިލްގެ ދީނީ މެންބަރަކަށް އާޔަތުﷲ އަލީ ރެޒާ އަރާފީ ވަނީ އައްޔަންކޮށްފަ

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox