48 ގަޑިއިރުގެ ޑައެޓަކުން ކޮލެސްޓެރޯލްގެ 10 ޕަސެންޓު އުނިކޮށްލެވޭ

Jan 29, 2026, 2:13 AM
48 ގަޑިއިރުގެ ޑައެޓަކުން ކޮލެސްޓެރޯލްގެ 10 ޕަސެންޓު އުނިކޮށްލެވޭ

އޯޓް ބޭނުންކޮށްގެން ތައްޔާރުކުރާ ކޮއްތަކުން އެންމެ 48 ގަޑިއިރުގެ ތެރޭގައި، ކޮލެސްޓެރޯލްގެ 10 އިންސައްތަ އުނިކޮށްލެވޭނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ނޭޗާ ކޮމިޔުނިކޭޝަންސް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުންނަށް މި ކޮއްތުން ލިބޭ ފައިދާ ވަރަށް ބޮޑެވެ.

މި ކޮއްތުގައި އެކުލެވޭ މައިގަނޑު ކާނާއަކީ އޯޓްއެވެ. ވަރަށް މަދުން ކެލޮރީ އެކުލެވޭ މި ކޮއްތު ބޭނުންކުރުމުން، އެންމެ ދެ ދުވަހުގެ ތެރޭގައި، އެމީހެއްގެ ހަށިގަނޑުން ކޮލެސްޓެރޯލްގެ 10 އިންސައްތަ އުނިކޮށްލެވޭނެއެވެ. މި ދިރާސާގައި ސައެންސްވެރިން އަޅައިކިޔާފައިވަނީ އޯޓް ނުހިމަނައި ތައްޔާރުކޮށްފައި ހުންނަ ކެލޮރީ މަދު ކޮއްތު ކެއުމުންނާއި، އޯޓް އަޅައިގެން ތައްޔާރުކުރާ ކެލޮރީ މަދު ކޮއްތު ކެއުމުން ހަށިގަނޑަށް އަންނަ ބަދަލެވެ.

ސައެންސްވެރިން ބުނާ ގޮތުގައި މި ދެ ބާވަތުގެ ކޮއްތުގެ ތެރެއިން، ކޮލެސްޓެރޯލްގެ މިންވަރު އެންމެ ބޮޑަށް ދަށަށް ދަނީ އޯޓް އަޅައިގެން ތައްޔާރުކުރާ ކޮއްތު ކެއުމުންނެވެ. މި ދިރާސާއިން ފާހަގަވި އެންމެ މުހިންމު ކަމަކީ، އޯޓް ކޮއްތު ބޭނުންކުރުމުން، ހަ ހަފުތާ ވަންދެން ވެސް ހަށިގަނޑުގައި އެ ކޮއްތުގެ ފައިދާ ދެމިހުންނަ ކަމެވެ. އެހެންކަމުން، މި ކޮއްތަކީ ވަގުތީ ފައިދާއެއްގެ ބަދަލުގައި ދާއިމީ ފައިދާތަކެއް ލިބޭނެ ކޮއްތެއް ކަމަށް ވެސް ސައެންސްވެރިން ބުނެއެވެ.

Advertisement

ވިލާތުގެ ހަކީމީ ބޭސްވެރިކަމުގެ ތެރޭގައި ވެސް، އޯޓަކީ ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ގޮވާމެކެވެ. ނަމަވެސް، ޒަމާނީ ބޭސްވެރިކަމުގެ މި ޒަމާނުގައި އޯޓަށް ދެވޭ ސަމާލުކަން ވަރަށް ކުޑަވެފައި ވިޔަސް، 1900 ގެ އަހަރުތަކުގައި ވެސް ޖަރުމަނު ވިލާތުގައި ހަކުރު ބަލީގެ މީހުންނަށް، އޯޓު ކޮއްތުން ފަރުވާ ދީގެން ރަނގަޅު ނަތީޖާ ފެނިފައިވެއެވެ.

މި ދިރާސާގައި ބައިވެރިކުރި މީހުންނަކީ ހަކުރު ބަލި ހުންނަ މީހުންނެއް ނޫނެވެ. ނަމަވެސް މެޓަބޮލިކް ސިންޑްރޯމް (metabolic syndrome) ހުންނަ މީހުންނެވެ. މެޓަބޮލިކް ސިންޑްރޯމް އަކީ ހިތުގެ ބައްޔާއި ހަކުރު ބަލި އަދި ސްޓްރޯކް ޖެހުމަށް މަގުފަހިކުރާ ތަފާތު ފަސް ހާލަތެއް އެކުއެކީ ހުރުމެވެ. ނުވަތަ ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާ ވަކި ނުރައްކާތަކެއް އެމީހެއްގެ ކިބައިގައި އަށަގެންފައި ހުރުމެވެ.

މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުންނަކީ އާންމު ގޮތެގައި ހަށިގަނޑުގެ ބަރުދަން އިތުރުވެ، ލޭގެ ޕްރެޝަރު މަތިވެ އަދި ލޭގައި ހަކުރު އެކުލެވޭ ނިސްބަތާއި ސަރުބި އާއި ކޮލެސްޓެރޯލް ވެސް މަތީގައި ހުންނަ މީހުންނެވެ. ނަމަވެސް، ޓައިޕް ދޭއްގެ ހަކުރު ބައްޔަށް، ހާލަތު ބަދަލުނުވެ ތިބޭ މީހުންނެވެ.

މި ދިރާސާގެ ބައިވެރިންނަށް ދުވާލު ތިން އިރު ވެސް ކާންދިނީ ފެނު ކެއްކި އޯޓްއެވެ. ބޭނުން ނަމަ ކުޑަ މޭވާކޮޅަކާއި ތަރުކާރީކޮޅެއް އެއްކޮށްލެވިދާނެއެވެ. އިތުރު އެހެން ކާނާއެއް ބޭނުމެއް ނުކުރެވެއެވެ. މި ދިރާސާގައި ބައިވެރިކުރި 32 އަންހެނުންނާއި ފިރިހެނުން، ދެ ދުވަސް ވަންދެން ދުވަހުގެ ތިން ވަގުތަށް ބަހާލައިގެން ކެއީ 300 ގްރާމް އޯޓްއެވެ.

މި ގޮތަށް ކެއުން ބަދަލުކޮށްލުމުން، އެމީހުންގެ ހަށިގަނޑަށް އޭގެ ކުރިން އެވްރެޖްކޮށް ކެލޮރީ އިތުރުވާ މިންވަރާ އަޅައި ބަލާއިރު ދެބައިކުޅަ އެއްބައި މަދުވެގެން ދިޔައެވެ. އެކަމުގައި ހިތްވަރުކުރި މީހުންނަށް ލިބުނު ނަތީޖާ ވަރަށް ރަނގަޅެވެ.

ސައެންސްވެރިން ބުނި ގޮތުގައި އެމީހުންގެ ހަށިގަނޑުން ނުބައި ކޮލެސްޓެރޯލްގެ 10 އިންސައްތަ އެންމެ 48 ގަޑިއިރުގެ ތެރޭގައި އުނިވެގެން ދިޔައެވެ. އަދި ބަރުދަނުން ދެ ކިލޯ ލުއިވެ، ލޭގެ ޕްރެޝަރު ވެސް ދަށަށް ދިޔައެވެ. އެހެންކަމުން، ހިއްވަރެއް ހުރިއްޔާ އޯޓް މީލްއަށް ކެއުން ބަދަލުކޮށްލައި އެ ގޮތުގައި ހިފަހައްޓާލައިފިއްޔާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިހު ހުރި ޒުވާންކަމަށް އެނބުރި އާދެވިދާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox