ފުއްޕާމޭގެ ކެންސަރު ހިމާޔަތްކޮށްދޭ ފާރަވެރިޔާ ދެނެގަނެވިއްޖެ

Jan 27, 2026, 2:15 AM
ފުއްޕާމޭގެ ކެންސަރު ހިމާޔަތްކޮށްދޭ ފާރަވެރިޔާ ދެނެގަނެވިއްޖެ

ފުއްޕާމޭގެ ކެންސަރުގެ ބައެއް ބާވަތުގެ ސެލްތަކަކީ، ބޭހަށް ނުގުޑާ ސެލްތަކެއް ކަން ސައެންސްވެރިންނަށް ފާހަގަކުރެވިފައިވާތާ އަހަރުތަކެއް ވެއްޖެއެވެ. ކިތަންމެ ބޭހެއް ދިނަސް، ކޮންމެވެސް ގޮތަކުން އެ ބޭހުން ރެކިގަނެގެން ކެންސަރު ސެލްތައް އިތުރަށް އާލާވެ ހަށިގަނޑަށް ފެތުރިގަނެއެވެ. ސައެންސްވެރިންނަށް ގަބޫލުކުރެވުނީ ފުއްޕާމޭގެ ކެންސަރު ސެލްތަކުގެ ތެރެއިން ބައެއް ބާވަތުގެ ސެލްތަކަށް ހިމާޔަތްދީ ރައްކާތެރިކޮށް ފާރަވެރިޔަކު ހަށިގަނޑުގައި އުޅޭނެ ކަމެވެ.

ސައެންސް އެޑްވާންސަސް ކިޔާ ޖާނަލްގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ކެންސަރު ސެލްތައް ބޭހަށް ނުގުޑާ ފަދަ ރައްކާތެރިކަމެއް ލިބެނީ، އީޖީއެފްއާރް (epidermal growth factor receptor) ކިޔާ ޖީނަކަށް އަންނަ ވިރާސީ ބަދަލުތަކެއްގެ ފަހުންނެވެ. އީޖީއެފްއާރް ޖީނަށް އެ ބަދަލުތައް އައުމާއެކު، އިތުރަށް ހެދި ބޮޑުވެ ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ހަށިގަނޑުގެ ތެރެއަށް ފެތުރިގަނެއެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް، ފުއްޕާމޭގެ ކެންސަރަކީ، ކެންސަރުގެ ތަފާތު ބާވަތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވާ ކެންސަރުގެ ބާވަތެވެ. ސައެންސްވެރިން ބުނާ ގޮތުގައި ފުއްޕާމޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ އެޑީނޯކާސިނޯމާ (adenocarcinoma) ޖެހޭ 40-60 އިންސައްތަ މީހުންގެ ހަށިގަނޑުން އީޖީއެފްއާރް ޖީނަށް ބަދަލު އައިސްފައިވެއެވެ.

Advertisement

މިބާވަތުގެ ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސްތަކުން، ބަލީގެ ކުރީކޮޅުގައި ކޮންމެވެސް ވަރެއްގެ އީޖާބީ ސިފަތަކެއް ފެނެއެވެ. ނަމަވެސް ދުވަސްކޮޅަކުން ފެންނަނީ، ކެންސަރު ސެލްތައް އަލުން ދިރިގަނެ މުޅި ހަށިގަނޑަށް ފެތުރެން ފަށާ މަންޒަރެވެ. އެހެންކަމުން، އީޖީއެފްއާރް ޖީނަށް އަންނަ ވިރާސީ ބަދަލުގެ ތެރެއިން އުފަންވާ އުނި އަދި ވިހަ ޕްރޮޓީންތައް ހަށިގަނޑުގެ ތެރެއަށް އެހާ ފަސޭހައިން ހޭނިގަންނަ ގޮތަކާ މެދު ސައެންސްވެރިންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

ވިރާސީ ބަދަލުތަކުން އުފަންވާ އުނި ޕްރޮޓީންތަކަށް، ކެންސަރުގެ ބޭހުން ގެއްލުމެއް ނުލިބޭ ގޮތަށް ހިމާޔަތްކޮށްދެނީ ކޮން އެއްޗެއްކަން ދެނެގަތުމަށް ސައެންސްވެރިން ވަނީ 21000 އަށް ވުރެ ގިނަ ޖީން ދިރާސާކޮށް ތަހުލީލުކޮށްފައެވެ. ސައެންސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި ކެންސަރު ސެލްތައް، އެ ސެލްތަކުގެ ވަށައިގެންވާ ސަރަހައްދަށް، ހަކަތައިގެ ގޮތުގައި ސެލްތަކުން ބޭނުންކުރާ މޮލިކިއުލްއެއް ކަމަށްވާ (adenosine triphosphate) އޭޓީޕީ މޮލިކިއުލްތައް ފަތުރައިލައެވެ.

ކެންސަރު ސެލްތަކުގެ ވަށައިގެން އޭޓީޕީ މޮލިކިއުލްތައް ބޮނޑިވުމަށް ފަހު، އެ މޮލިކިއުލްތައް ކުރާ ކަމަކީ، (P2Y2) ކިޔާ ރިސެޕްޓާތައް ހަރަކާތްތެރިކުރުވައެވެ. އެއާއެކު، ވިރާސީ ބަދަލުތައް އައިސްފައިވާ އީޖީއެފްއާރް ޖީންގެ ވަށައިގެން (integrin β1) ކިޔާ ޕްރޮޓީނެއް ވަޒަންވެރި ކުރުވުމުން، އެޖީން ދިފާއުކޮށްދޭ ފާރެއްގެ ގޮތުގައި އެ ޕްރޮޓީންތައް އެތުރިގަނެއެވެ.

ވިރާސީ ބަދަލުތައް އައިސްފައިވާ އީޖީއެފްއާރް ޖީންގެ ވަށައިގެން މި ދިފާއީ ފާރު ލެވުމާއެކު، ޖީނުން އުފެއްދި އުނި އަދި ވިހަ ޕްރޮޓީންތައް، ސެލްގައިވާ ރިސައިކަލްކުރާ މަރުކަޒާ ހަމައަށް ވާސިލުވުމަށް ހުރަސްއެޅެއެވެ. އާންމު ގޮތެއްގައި ހަށިގަނޑުގައި އުފެދޭ އުނި ނުވަތަ އައިބު ހުންނަ ޕްރޮޓީންތައް ހަލާކުވެ ނެތިގެން ދާނީ، ސެލްގެ އެތެރޭގައިވާ ރިސައިކަލްކުރާ މަރުކަޒަށް ވަނުމުންނެވެ.

އެހެންކަމުން، އީޖީއެފްއާރް ޖީން އިން އުފެއްދި އުނި އަދި ވިހަ ޕްރޮޓީންތަކަށް އެއްވެސް ގެއްލުމެއް ނުލިބި، ހަރަކާތްތެރިކަމާ އެކު ހަށިގަނޑުގައި އާލާވެ ކެންސަރު ސެލްތައް ހެދި ބޮޑުވުމަށް އެހީއަކަށް ވެއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ކެންސަރު ސެލްއަށް އަންނަ މި ބަދަލުތައް ދެނެގަނެވުނީ ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ 29 މީހެއްގެ ފުއްޕާމޭގެ ޓިޝޫތައް ތަހުލީލުކޮށްގެންނެވެ. މި ތަހުލީލުތަކުން އެނގުނު ގޮތުގައި އެ 29 މީހުންގެ ހަށިގަނޑުގައި ވެސް، ޓިއުމަރުގެ ވަށައިގެންވާ ސަރަހައްދުގައި (P2Y2) ކިޔާ ރިސެޕްޓާތަކާއި (integrin β1) ކިޔާ ޕްރޮޓީންތައް، ވަރަށް ގިނަ އަދަދަކަށް ޖަމާވެފައި ހުއްޓެވެ.

މި ހޯދުންތަކުން އެނގުނު ގޮތުގައި ޓިއުމަރުގެ ވަށައިގެން ޖަމާވެފައި ހުންނަ (P2Y2) ކިޔާ ރިސެޕްޓާތައް ތަތްވެފައި ހުންނަނީ ސެލްތަކުގެ ބޭރު ފަށަލައިގައެވެ. ސެލްތަކުގެ ބޭރުގައި މި ރިސެޕްޓާތައް ހުރުމަކީ، ބޭހުގެ ޒަރީއާއިން އެއަށް ހަމަލާ ދޭން ފަސޭހަވާނެ ކަމެކެވެ.

މި ދިރާސާއަށް ފަހު ސައެންސްވެރިން ބުނާ ގޮތުގައި ކެންސަރު ސެލްތަކުގެ ވަށައިގެން ލެވޭ މި ދިފާއީ ފާރު ބިމާ ހަމަކޮށްލެވިއްޖެ ނަމަ، ކެންސަރު ދަތުރުކުރާ މަގު މުޅިން ބަންދުކޮށްލެވޭނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox