ޝިންގަލްސް ވެކްސިނުން ބަޔޮލޮޖިކަލް އުމުރު ދަށް ކުރެވިދާނެ

Jan 26, 2026, 2:12 AM
ޝިންގަލްސް ވެކްސިނުން ބަޔޮލޮޖިކަލް އުމުރު ދަށް ކުރެވިދާނެ

މިދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ސައެންސްވެރިންގެ މެދުގައި އެންމެ ގިނައިން ބަހުސްކުރެވުނީ، މީހެއްގެ ބަޔޮލޮޖިކަލް އުމުރު ދަށް ކުރެވިދާނެތޯ ނުވަތަ ބަޔޮލޮޖިކަލް އުމުރުގެ ހާލަތު ރަނގަޅު ކުރެވިދާނެތޯ އުފެދިފައިވާ ސުވާލާ މެދުގައެވެ. އެހެންކަމުން، އެކި ބަލިބައްޔާ ގުޅިގެން މިހާރު ބޭނުންކުރަމުން އަންނަ ބޭސްތަކުގެ ތެރޭގައި، އިންސާނުންގެ ބަޔަލޮޖިކަލް އުމުރު ދަށްކޮށްދޭ ފަދަ ބޭހެއް ހުރިތޯ ސައެންސްވެރިން އަންނަނީ ދިރާސާތައް ކުރަމުންނެވެ.

ސައެންޓިފިކް ގޮތުން ބަލާއިރު، ކޮންމެ މީހެއްގެ ވެސް ދެ އުމުރު ގުނައެވެ. އެއީ ކްރޮނޮލޮޖިކަލް އުމުރާއި ބަޔޮލޮޖިކަލް އުމުރެވެ. މީގެ ތެރެއިން ކްރޮނޮލޮޖިކަލް އުމުރަކީ، އެމީހަކު ދުނިޔެއަށް އުފަންވީ ހިނދުން ފެށިގެން ގުނަމުން އަންނަ އުމުރެވެ. ބަޔޮލޮޖިކަލް އުމުރަކީ، އެމީހެއްގެ ކްރޮނޮލޮޖިކަލް އުމުރާ އަޅައި ބަލާއިރު، އެމީހެއްގެ ގުނަވަންތަކުގެ ދުޅަހެޔޮކަމަށް ނިސްބަތް ކުރެވޭ، ގުނަވަންތަކުގެ އުމުރެވެ.

އެ ގޮތުން، އެމީހެއްގެ ބަޔޮލޮޖިކަލް އުމުރު، އެމީހެއްގެ ކްރޮނޮލޮޖިކަލް އުމުރަށް ވުރެ ދޮށި ވެދާނެ އެވެ. އެއީ، އެމީހެއްގެ ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތަކާއި ގުނަވަންތައް، އެމީހެއްގެ އަސްލު އުމުރުގައި ހުންނަންޖެހޭ ވަރަށް ވުރެ (އެއަށް ވުރެ ދޮށީ އުމުރުގެ މީހެއްގެ ސެލްތަކާއި ޓިޝޫތަކާއި ގުނަވަންތައް ހުންނަ ވަރަށް) ބަލިކަށިވެ ނުވަތަ ހާލަތު ދަށްވެފައިވުމެވެ.

Advertisement

އަދި ބައެއް ހާލަތުގައި އެމީހެއްގެ ބަޔޮލޮޖިކަލް އުމުރު، އެމީހެއްގެ އަސްލު އުމުރަށް ވުރެ ހަގު ވެސް ވެދާނެއެވެ. އެއީ އެމީހެއްގެ ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތަކާއި ގުނަވަންތައް، އެމީހެއްގެ އަސްލު އުމުރުގައި ހުންނަންޖެހޭ ވަރަށް ވުރެ (އެއަށް ވުރެ ހަގު އުމުރުގެ މީހެއްގެ ސެލްތަކާއި ޓިޝޫތަކާއި ގުނަވަންތައް ހުންނަ ވަރަށް) ދުޅަހެޔޮކަންމަތީ ނުވަތަ ރަނގަޅު ހާލަތުގައި މަސައްކަތް ކުރަމުން ދިޔުމެވެ.

ބަޔޮލޮޖިކަލް އުމުރަށް މި ތަފާތުތައް އަންނަނީ، އެމީހެއްގެ ދިރިއުޅުމުގެ އާދަތަކާއި، އެމީހަކު ހަރަކާތްތެރިވެ އުޅޭ މިންވަރާއި، އެމީހެއްގެ ކިބައިގައިވާ ވިރާސީ އެތައް ސިފަތަކެއްގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން، މިހާރު ބޭނުންކުރަމުން އަންނަ ބޭސްތަކުގެ ތެރޭގައި، އިންސާނުންގެ ސެލްތަކާއި ޓިޝޫތަކާއި ގުނަވަންތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ބަޔޮލޮޖިކަލް އުމުރު ދަށްކޮށްދޭނެ އެއްވެސް ބޭހެއް އެކުލެވޭތޯ ސައެންސްވެރިން ދިރާސާ ކުރާތާ އަހަރުތަކެއް ވެއްޖެއެވެ.

އެ ގޮތުން ސައެންސްވެރިންނަށް ފާހަގަކުރެވިފައިވަނީ ޝިންގަލްސް (Shingles) ބައްޔާ ދެކޮޅަށް އުފައްދައި ބޭނުންކުރަމުން އަންނަ ވެކްސިނަކީ މީހާގެ ބަޔޮލޮޖިކަލް އުމުރު ދަށް ކޮށްދިނުމަށް އެހީވެދީފާނެ ބޭހެއްގެ ގޮތުގައެވެ. ޝިންގަލްސްއަކީ ފާނަބަސަނދު ޖެހުމަށްފަހު، ހަށިގަނޑުގައި ނުފިލައި ހުރި ނަމަވެސް ހީވާގިކަމެއް ނެތް ވައިރަސްތައް، އެމީހާގެ އުމުރުގެ ފަހުކޮޅުގައި އަލުން ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުން އުފަންވެގެން އަންނަ ބައްޔެކެވެ.

މިބަލި އާންމުކޮށް ޖެހެނީ އުމުރުން 60-50 އަހަރުން މަތީގެ މީހުންނަށެވެ. އެވްރެޖްކޮށް ބަލާއިރު ފާނަ ބަސަނދު ޖެހޭ 15 އިންސައްތަ މީހުންނަށް ޝިންގަލްސް ޖެހޭކަމަށް ވެއެވެ. ކުރިން ފާނަ ބަސަނދު ޖެހިފައިވާ ނުވާ މީހަކަށް ޝިންގަލްސް އެއް ނުޖެހޭނެ އެވެ. ފާނަބަސަނދު ޖެހޭ މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި މިބަލިޖެހެއެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މީހެއްގެ ބަޔޮލޮޖިކަލް އުމުރު ދޮށިވަމުން ދާ މިންވަރު އަވަސްވުމާއި ލަސްވުމުގައި އެތައް ސަބަބުތަކެއް މެދުވެރިވެއެވެ. ވިރާސީ ސަބަބުތަކުގެ އިތުރުން، ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ސަބަބުތައް ވެސް ހިމެނެއެވެ. ދާއިމީ ބައްޔެއް ތަހައްމަލުކުރަން ޖެހުން، ކެއުމުގެ އާދަކާދަ، ހާސްކަމާއި ފިކުރު ބޮޑުވުން، ނިދުމުގެ އިންތިޒާމު، ޖިސްމާނީ ހަރަކާތްތެރިކަން އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ވެސް ހިމެނެއެވެ.

ޔުނިވަސިޓީ އޮފް ސަދަން ކެލިފޯނިއާގެ ޕްރޮފެސަރު އެއިލީން އެމް. ކްރިމިންސް ވިދާޅުވާ ގޮތުގައި މީހުން ދުނިޔޭގައި އުޅޭ އުމުރު އަހަރުން އަހަރަށް ދަނީ މަތިވަމުންނެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ މީހުން އުމުރުގެ ފަހުކޮޅު ހޭދަކުރަނީ ދާއިމީ ބައްޔެއްގައި ނުވަތަ ނުކުޅެދުންތެރިކަމެއްގައެވެ. އަދި ބައެއް މީހުން ސިކުނޑީގެ ކޮންމެވެސް މައްސަލައެއްގަ އެވެ.

ބަޔޮލޮޖިކަލް އުމުރު މަތިވަމުންދާ ނިސްބަތް ދަށް ކުރެވިއްޖެ ނަމަ، އެމީހެއްގެ އަސްލު އުމުރު ހަމައެކަނި ދިގު ކުރެވޭނީކީ ނޫނެވެ. އޭގެ އިތުރުން ސިއްހީ ދުޅަހެޔޮކަންމަތީގައި ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

އެ ގޮތުން ސައެންސްވެރިންނަށް ފާހަގަކުރެވުނު ބައެއް ބާވަތުގެ ފަރުވާތަކަކީ، ބަޔޮލޮޖިކަލް އުމުރު ދަށް ކޮށްދޭނެ ފަރުވާތަކެއްކަން ކަށަވަރު ކުރުމަށް އިތުރު ދިރާސާތައް މިހާރު އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ޓައިޕް ދޭއްގެ ހަކުރު ބައްޔަށް ފަރުވާ ކުރުމަށް އުފައްދާފައިވާ މެޓްފޯމިން ކިޔާ ބޭހާއި ހަށިގަނޑުގެ ދިފާއީ ނިޒާމުން އިޖާބަ ދޭ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ރަޕަމައިސީން އާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ރިލްމެނިޑީން ހިމެނެއެވެ.

މި ބޭސްތަކުގެ ތެރެއަށް މި ފަހުން އިތުރުވެގެން ދިޔައީ ޝިންގަލްސް ބައްޔާ ދެކޮޅަށް ބޭނުންކުރުމަށް އުފައްދާފައިވާ ވެކްސިންއެވެ. ފާނަބަސަނދު ޖެހިފައިވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ބޭނުންކުރުމަށް އުފައްދާފައިވާ ޝިންގަލްސް ވެކްސިން އިން، ސިއްހީ އެހެން ފައިދާތައް ލިބޭކަން މީގެ ކުރީގެ ދިރާސާތަކުން ވެސް ވަނީ ކަށަވަރުވެފައެވެ.

މީގެ ކުރީގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ޝިންގަލްސް ވެކްސިން ޖެހުމުން، ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވެއެވެ. އަދި ހިތާއި ހިތާ ގުޅިފައިވާ ލޭހޮޅިތަކުގެ މައްސަލަތައް ވެސް ކުޑަކޮށްދެއެވެ. އާންމު ގޮތެއްގައި މި ނުރައްކާތަކަކީ، ކުއްލި ގޮތެއްގައި މީހާ މަރުވުމަށް މެދުވެރިވާ މައްސަލަތައް ކަމަށްވާ އިރު، މި ނުރައްކާތައް ކުޑަވަނީ، އެމީހެއްގެ އެތެރެހަށީގެ ގުނަވަންތަކުގެ ދުޅަހެޔޮކަން އިތުރުވުމުންނެވެ.

އެހެންކަމުން، ޝިންގަލްސް ވެކްސިން ޖެހުމުން މީހާގެ ބަޔޮލޮޖިކަލް އުމުރު ދަށްކޮށްދޭނެ ކަމަށް ސައެންސްވެރިން ގަބޫލުކުރެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox