ހަށިގަނޑުގައި ޓެޓޫ ޖެހުމުން ދިފާއީ ނިޒާމަށް ގެއްލުންތަކެއް ލިބޭ

Dec 7, 2025, 2:11 AM
ހަށިގަނޑުގައި ޓެޓޫ ޖެހުމުން ދިފާއީ ނިޒާމަށް ގެއްލުންތަކެއް ލިބޭ

ހަށިގަނޑުގައި ޓެޓޫ ޖެހުމުން ކުރިމަތިވާ ސިއްހީ މައްސަލަތަކާ މެދު ސައެންސްވެރިންނާއި އެ ފަންނުގެ މީހުންގެ މެދުގައި ބަހުސްކޮށް ޒުވާބު ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. އަދި އެ ޒުވާބާއި ބަހުސްތައް ކޮޅެއްގައި ޖެއްސުމަށްޓަކައި ސައެންޓިފިކް ދިރާސާތައް ވެސް އަންނަނީ ކުރަމުންނެވެ.

ޔުނިވަސިޓީ އޮފް ސްވިސް އިޓަލިއަންގެ އިންސްޓިޓިއުޓް އޮފް ބަޔޯމެޑިކަލް ރިސާޗްގެ ސައެންސްވެރިން ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ހަށިގަނޑުގައި ޓެޓޫ ޖެހުމަށް ބޭނުންކުރާ ދެލީގެ ސަބަބުން، ހަށިގަނޑުގެ ދިފާއީ ނިޒާމަށް ގެއްލުންތަކެއް ލިބެއެވެ. އެހެންކަމުން، ޓެޓޫ ޖެހުމަކީ ފެންވަރައިގެން ޒީނަތްތެރިވުމަށް ހަށިގަނޑުގައި ލޯޝަން ލައި މޭކަޕްކުރުން ފަދަ ކަމެއްގެ ގޮތުގައި ގަބޫލުކުރާ ގަބޫލުކުރުން ބަދަލުކުރަންޖެހެއެވެ.

ސަބަބަކީ، ޓެޓޫ ޖެހުމުން ވަގުތުން އެކަމުގެ ގެއްލުމެއް ހަށިގަނޑުން ނުފެނުނަސް، ދިގު މުއްދަތުގައި ހަށިގަނޑުގެ ދިފާއީ ނިޒާމަށް ލިބޭ ގެއްލުންތަކެއްގެ ސަބަބުން، ތަފާތު ބަލިތަކަށް ހަށިގަނޑުން ރައްދު ފިޔަވަޅު އަޅާ ގޮތް ބަދަލުވުމުގެ ނުރައްކާ އޮތުމެވެ. މާނައަކީ، ޓެޓޫ ދެލީގެ ސަބަބުން ދިފާއީ ނިޒާމުގެ ބާރު ނެތި، ބަލިބައްޔާ ދެކޮޅަށް ހަށިގަނޑު މަސައްކަތް ކުރާ މިންވަރު ދަށްވުމެވެ.

Advertisement

މި ދިރާސާގައި ސައެންސްވެރިން އެންމެ ބޮޑަށް ތަހުލީލުކުރީ، ޓެޓޫ ޖެހުމަށް އެންމެ ގިނައިން ބޭނުންކުރާ ތިން ކުލަ ކަމަށްވާ ކަޅާއި ރަތާއި ފެހިކުލައިގެ ޓެޓޫ ދެލީގައި އެކުލެވޭ ވިހަ މާއްދާތަކަކީ ކޮބައި ކަމާއި އެ މާއްދާތައް އެކުލެވޭ މިންވަރެވެ. މިއީ މިކަމާ ގުޅޭ ގޮތުން، މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ހަށިގަނޑުގައި ޓެޓޫ ޖެހުމުން، އެ ޓެޓޫގެ ދެލިތައް ހަމައެކަނި ހަންގަނޑުގައި ހަރުލާފައި ހުންނަނީކީ ނޫނެވެ. ލޭގެ ޒަރީއާއިން މުޅި ހަށިގަނޑަށް އެ ދެލިތައް ފެތުރިގެން ދެއެވެ. އަދި އެ ދެލިތައް މަޑުމަޑުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ޖަމާވެ ދިގު މުއްދަތަކަށް އެ ނިޒާމުގެ ތެރޭގައި ދެމިހުރެއެވެ.

ނަތީޖާއަކަށް ވަނީ ހަށިގަނޑުގެ ޓިޝޫތަކުގައި ހުންނަ ސެލްތައް މަރުވާން ފެށުމެވެ. އެ ސެލްތައް މަރުވުމުން، ދިފާއީ ނިޒާމުގެ ތެރެއަށް ޖަމާވެފައި ހުންނަ، ޓެޓޫގެ ކުލައިގެ އެތިކޮޅުތައް ރޫޅާލައި ނައްތައިލުމަށް، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މައި ސެލް ކަމަށްވާ މެކްރޮފޭގަސްގައި ގާބިލުކަމެއް ނުހުރެއެވެ. މިހެންވުމުން، ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމުގެ ގާބިލުކަން ދިފާއީ ނިޒާމުން ގެއްލިގެން ދެއެވެ.

މިމައްސަލަ ބޮޑަށް ކުރިމަތިވާނެ ކަމަށް ދިރާސާތަކުން ދައްކަނީ ޓެޓޫގައި ބޭނުންކުރާ ކަޅު ކުލަޔާއި ރަތް ކުލައިންނެވެ. ލެބޯޓެރީގައި މީދާގެ ހަށިގަނޑުގައި ކުރި ޓެސްޓްތަކުން ދެއްކި ގޮތުގައި، ޓެޓޫގެ ކުލަތައް، ހަންގަނޑުގެ ތެރެއިން ހިޖްރަކުރަނީ ލިމްފް ނޯޑް (ގޮށް)ތަކަށެވެ. އެ ގޮށްތަކުގައި މި ކުލަތައް ދެ މަސްވަންދެން ދެމިހުރެއެވެ.

ލިމްފް ނޯޑްތަކަކީ، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ތެރޭގައި، ތޮޅިއޮށުގެ ބައްޓަމަށް ހުންނަ ފިލްޓަރުތަކެކެވެ. މި ގޮށްތަކުގެ މަސައްކަތަކީ، ހަށިގަނޑަށް އެތެރެވާ ޖަރާސީމުތަކާއި ވައިރަސްތަކާއި އައިބުވެފައި ހުންނަ ސެލްތައް ދަމައިގަނެ ހަށިގަނޑުގެ ތެރެއިން އެ ތަކެތި ފުރާނައި ވަކިކޮށްލުމެވެ.

މި ޓެސްޓުތަކުން ދެއްކީ، މީދަލުގެ ހަށިގަނޑުގައި ޓެޓޫ ޖެހުމަށް ފަހު، ކޮވިޑް-19ގެ ވެކްސިން އެސޮރުމެންނަށް ދިނުމުން، އެސޮރުމެންގެ ހަށިގަނޑު އެވެކްސިނަށް އިޖާބަދިނުން ދަށްވެފައިވާ ކަމެވެ. މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނި ގޮތުގައި ޓެޓޫ ދެލީގެ ސަބަބުން ދިފާއީ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތައް ކަށަވަރުކުރެވޭނީ، އިންސާނުންގެ ހަށިގަނޑުގައި މިކަން ތަޖުރިބާކުރުމުންނެވެ.

އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސަރުގެ ފަރާތުން ވެސް އަންނަނީ، ޓެޓޫ ޖެހުމުން އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ލިބިދާނެ ގެއްލުންތައް ދެނެގަތުމަށް ދިރާސާތައް ކުރަމުންނެވެ. ޓެޓޫގެ ގެއްލުންތައް ދެނެގަތުމުގެ ދިރާސާތައް ކުރަމުން އަންނަ އިރު، ޓެޓޫ ޖެހުމުގެ އާދަ އަންނަނީ އެމެރިކާ އާއި ޔޫރަޕްގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ބައެއް ދިރާސާތައް ބުނާ ގޮތުން، އެމެރިކާ އާއި ޔޫރަޕްގެ، 40 އަހަރުން ދަށުގެ 40 އިންސައްތަ މީހުންނަކީ ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި ޓެޓޫއެއް ޖަހައިގެން އުޅޭ މީހުންނެވެ. އަދި މަދު އަދަދެއްގެ މީހުންނަކީ މުޅި ހަށިގަނޑުގައި ޓެޓޫ ޖަހައިގެން އުޅޭ މީހުންނެވެ. އަނެއް ބަޔަކު، ހަށިގަނޑުގެ ބޮޑު ބައެއްގައި ޓެޓޫ ޖަހައިގެން އުޅެއެވެ.

ޓެޓޫ ޖަހަނީ، ވަރަށް ހިމަ ތިނޯހެއްގެ ޒަރީއާއިން ހަންގަނޑުގެ އެންމެ އަޑީ ފަށަލައަށް ފޮނުވާ ދެއްޔަކުންނެވެ. މި ދެލި ހަށިގަނޑަށް ވަނުމާއެކު، ހަށިގަނޑުގެ ދިފާއީ ނިޒާމުން އެ ދެއްޔާ މެދު ދެކެނީ ހަށިގަނޑާ ނުގުޅޭ ބީރައްޓެއްސެއްގެ ގޮތުގައެވެ. އަދި ޓެޓޫ ޖެހުމަށް ތިނޯހުން ހަންގަނޑު ތޮރުފައިލުމުން ހަންގަނޑުގައި ހެދޭ ކުދިކުދި ލޯވަޅުތަކަކީ ޒަހަމްތަކެއްގެ ގޮތުގައެވެ.

އެހެންކަމުން، ޓެޓޫ ޖަހަން ފެށުމާއެކު، ހަށިގަނޑުގެ ދިފާއީ ނިޒާމު އެކަމާ ދެކޮޅަށް ދެ މަސައްކަތެއް ފަށައެވެ. ފުރަތަމަ މަސައްކަތަކީ، ހަންގަނޑުގައި އުފެދޭ ޒަހަމްތައް (ލޯވަޅުތައް) ބައްދާލައި ހަންގަނޑު ރަނގަޅު ކުރުމުގެ މަސައްކަތެވެ. ދެ ވަނަ މަސައްކަތަކީ، ދެލިތައް ހަށިގަނޑުން ފިލުވައިލުމުގެ މަސައްކަތެވެ. ނަމަވެސް އެ ދެލިތަކުގެ ސަބަބުން ދިފާއީ ނިޒާމުގެ ބައެއް ސެލްތައް މަރުވެ، އެ ދެލީގެ އެތިކޮޅުތައް ރޫޅާލައި ނައްތައިލުމުގެ ބާރު، މެކްރޮފޭގަސް ސެލްގައި ނުހުރެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox