ގައުމީ ބަނޑުފިލާ ޗެެލެންޖް: މި ފަހަރު ހުރިހާ ގޮތަކުން ވެސް ފޯރިގަދަ

Nov 17, 2025, 4:01 PM
ގައުމީ ބަނޑުފިލާ ޗެެލެންޖް: މި ފަހަރު ހުރިހާ ގޮތަކުން ވެސް ފޯރިގަދަ

މާދަމާ ފަށާ މި ފަހަރުގެ ގައުމީ ބޮޑީބޯޑިން މުބާރާތް، ނެޝަނަލް ބަނޑުފިލާ ޗެެލެންޖު ހުރިހާ ގޮތަކުން ވެސް ފޯރިގަދަކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބުނެފި އެވެ.

ޖުމްލަ އެކު 26 އެތުލީޓުން، މި ފަހަރުގެ ބަނޑުފިލާ ޗެލެންޖްގެ ހަތަރު ޑިވިޝަނުގައި ވާދަކުރާނެ އެވެ.

މާދަމާ އިން ފެށިގެން މި މަހު 22 ވަނަ ދުވަހުގެ ނިޔަލަށް ތާވަލުކުރެވިފައިވާ މި މުބާރާތުގެ ޑިވިޝަންތަކުގައި ވާދަކުރާ އެތުލީޓުންނަށް ބަލާއިރު، މެންސް އޯޕަންގައި 19 އެތުލީޓުން، ޖޫނިއާ ޑިވިޝަނުގައި 10 އެތުލީޓުން، ޑްރޮޕްނީގައި 9 އެތުލީޓުން. މާސްޓާސްގައި (35 އަހަރުން މަތީގެ ކެޓަގަރީ) 6 އެތުލީޓުން ފެނިގެންދާނެ އެވެ.

Advertisement

މުޅި އެކު މި ފަހަރުގެ މުބާރާތުގައި 46 ހީޓު ކުރިއަށްދާނެ ކަމަށް އެމްބީބީއޭ އިން ވަނީ ބުނެފަ އެވެ.

ނެޝަނަލް ބަނޑުފިލާ ޗެލެންޖަށް ނުކުންނައިރު، މި ފަހަރުގެ ރޭންކިން އޮތީ ފޯރިގަދަ ކޮށެވެ. މެންސް އޯޕަންގެ އެއް ވަނައިގައި އޮތް އާމިން އުމަރު މޫސާ އަށް 2000 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އަލީ ހުޝްރުވާން އަހުމަދަށް 1720 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް އަލީ ޖާވިދު (ޖާއްޓެ) އަށް ވަނީ 1340 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް މުހައްމަދު އަޒާން އަހުމަދު އަށް ވަނީ 1340 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސް ވަނައިގައި އޮތް މިދިޔަ އަހަރުގެ ބަނޑުފިލާ މުބާރާތުގެ ޗެމްޕިއަން، އިޔަން އަށް ވަނީ 1230 ޕޮއިންޓް ލިބިފަ އެވެ.

އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް)، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ސީނިއާ ބޯޑަރުންނާއި ޖޫނިއާ އެތުލީޓުންގެ ދެމެދުގައި އޮތް "ގެޕް" ކައިރިވަމުން އަންނައިރު، ވާދަވެރިކަން ވެސް ބޮޑުވެފައިވާ ކަމަށެވެ.

"އެ ގެޕް ވަރަށް ކައިރި، ޖޫނިއާސް ވަރަށް ޑޮމިނޭޓް އެބަކުރޭ، ނެޝަނަލް ލީގުގެ މެންސް، ޑިވިޝަން އެބަ، މިސާލަކަށް އަޒާން އާއި އިޔަން ގަދަ ފަހެއްގައި އެބަތިބި. ދެން، އެހެންވީމަ، މި ފަހަރު މިތިބީ، ކުޑައައްޔަ، އާމިން، އިޔަން، ދެން، އަޒާން، ޖާއްޓެ، މި ފަސް އެތުލީޓުންގެ ފައިޓްވަރަށް ބޮޑުވާނެ، އެއް ކަމަކީ، ލީގު ޗެމްޕިއަންކަން، މިދިޔަ ދެ އަހަރު ޖާއްޓެ ނަގާފައި އެ އޮތީ، އާމިން އޭނދީ މި އަހަރު ބޭއްވި ހުރިހާ މުބާރާތަކުން ޗެމްޕިއަންކަން ނަގާފައި، އެހެންވީމަ، އާމިން އަށް ވެސް ފުރުސަތު ބޮޑުކޮށް މި އޮތީ،" ރަޝް ވިދާޅުވި އެވެ.

އާމިން ބުނީ، ކުރިން ދެ މުބާރާތުގައި މޮޅުވެފައި އިނުމުން ގައުމީ ޗެމްޕިއަނަކަށް ވެވޭނެ ކަމުގެ ވަރަށް އުންމީދު އެބައޮތް ކަމަށެވެ.

"އެއީ އަމާޒަކީ، މި މުބާރާތަށް ދާއިރު، ވަރަށް ތައްޔާރުވަމުން މި އަންނަނީ. މި މުބާރާތް ވެސް ނަގަން. އެންމެން ވެސް ވަރަށް ރަނގަޅަށް އަޅަމުންދާތަން އެބަފެނޭ، ވަރަށް ރަނގަޅު ޗެެލެންޖް ދޭނެކަން އެނގޭ، އެހެންވީމަ، އާމިން ވެސް ރަނގަޅު ޗެލެންޖެއް ދެވޭތޯ ބަލާނަން،" އާމިން ބުންޏެވެ.

އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، ޖާއްޓޭ ބުނީ މި ފަހަރުގެ ލީގު ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު އޮތީ ވަރަށް ހަނިކޮށް ކަމަށެވެ.

"އެ ގޮތުން، ޖާއްޓެ، މި މުބާރާތް ކާމިޔާބުކުރިޔަސް ވެސް، އަދި ލީގު ޗެމްޕިއަންކަން ލިބޭ ގޮތަކަށް ނެތް، މިހާރު ވާންޖެހޭ ގޮތަކީ، މިހާރު ރޭންކިންގެ އެއް ވަނައިގައި ހުރި ކުއްޖާ (އާމިން) ކުއާޓާ ފައިނަލުން ކަޓާފައި، ދެ ވަނައިގައި ހުރި ކުއްޖާ (ކުޑައައްޔަ) ސެމީ ފައިނަލުން ކަޓާފައި ޖާއްޓެ މުބާރާތުގެ ޗެމްޕިއަންކަންް ހޯދީމަ ލީގު ލިބެން މި އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން މި ހުރީ މި ފަހަރުގެ މުބާރާތް ނަގާނަން،" ޖާއްޓެ ބުންޏެވެ.

އަންނަ އަހަރުގެ ބޮޑީބޯޑިން ގައުމީ ޓީމު ހޮވިގެންދާނީ ލީގުގެ ގަދަ ހަތަރެއް ސްކޮޑުގައި ހިމެނޭ ގޮތަށެވެ. މި އަހަރުގެ އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގައި، ފާސްކޮށްފައިވަނީ ޖޫނިއާ އެތުލީޓުން ސީނިއާ ރޭންކިންގައި ހިމެނިއްޖެނަމަ އެ އެތުލީޓުން ވެސް ސީނިއާ ނެޝަނަލް ޓީމަށް އެރުމުގެ ފުުރުސަތު ލިބޭ ގޮތަށެވެ. އެހެންކަމުން، ޖޫނިއާ އެތުލީޓުންނާއި ސީނިއާ އެތުލީޓުންގެ ދެމެދުގައި އޮތް ވާދަވެރިކަން ބޮޑީބޯޑިން ލީގުގައި މި ފެންނަނީ ވަރަށް ބޮޑުކޮށެވެ.

ޖޫނިއާ ރޭންކިން އަށް ބަލާއިރު، އަޒާން އާއި އިޔަން، ކޮންމެ އެތުލީޓަކު މުބާރާތެއް ނަގާފައި އޮތުމުން، ގައުމީ ބޮޑުފިލާ ޗެމްޕިއަންޝިޕް ނަގާ އެތުލީޓަކަށް ޖޫނިއާ ލީގު ރޭންކިން ކުރި ލިބޭނެ އެވެ. އިޔަން އާއި އަޒާން އަށް ވެސް ޖޫނިއާ ރޭންކިންގައި ލިބިފައިވަނީ، 1860 ޕޮއިންޓެވެ.

އަރަމުން އަންނަ އެތުލީޓުންނަށް ބަލާއިރު، ދާއިން އަބްދުލް ފައްތާހު އާއި ނޫހު އަކީ ވެސް ޖޫނިއާ ކެޓަގަރީން ކުރިއަރައި، ރަނގަޅު ވާދައެއް ކުރާނެ އެތުލީޓުންގެ ގޮތގައި ބެެލެވެ އެވެ.

އިޔަން ބުނީ، ޖޫނިއާ ރޭންކިންގައި މި ވަގުތު އެއް ވަނައިގައި އޮތްއިރު، މެންސް އޯޕަން ރޭންކިން ފަސް ވަނައިގައި އޮތް ނަމަވެސް ބޮޑަށް ފޯކަސް ކުރަނީ ޖޫނިއާ ޓައިޓަލް ނެގުމަށް ކަމަށެވެ.

"މި އަހަރު ބޮޑަށް މި ފޯކަސް ކުރަނީ ޖޫނިއާސް ޓައިޓަލް ނެގޭތޯ. އެއީ އިޔަން އާއި އަޒާން މިހާރު މި އޮތީ ޓައިވެފައި. އެހެންވީމަ ވަރަށް ބޮޑު ޗެެލެންޖަކަށްވާނެ މީގެއިން މޮޅުވާ މީހަކަށް ޓައިޓަލް ނެގޭނީ. އިޔަން ވަރަށް ޓްރައި ކުރާނަން. 100 ޕަސެންޓް ދޭނަން މޮޅުވެވޭތޯ،" އިޔަން ބުންޏެވެ.

އެމްބީބީއޭ އިން ބުނީ، މުބާރާތުގެ ކަންކަން ރޭވުމަށް ބަލާއިރު، ރާޅު ހުރީ ފުރަތަމަ ތިން ދުވަހު ކަމަށްވާތީވެ. ، ފުރަތަމަ ތިން ދުވަހު ހީޓުތައް ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސަރުކާރުން ގައުމީ ސާފިން ސްޓޭޑިއަމް ހަދަން ރާޅުގަނޑު ސަރަހައްދުގެ ޕްލެޓްފޯމް ތަޅާލައިފައި އޮތް ނަމަވެސް، ހީޓުތައް ބަލަން ސަޕޯޓަރުން ތިބެން ތަނެއް އެމްބީބީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox