ކުޑަ އައްޔަގެ ޑޮކިއުމެންޓަރީގައި ބުނެދެނީ ދިވެހި އެތުލީޓެއްގެ ހަޔާތުގެ އިބްރަތްތެރި ވާހަކައެއް

ކުޑަ އައްޔަގެ ޑޮކިއުމެންޓަރީގައި ބުނެދެނީ ދިވެހި އެތުލީޓެއްގެ ހަޔާތުގެ އިބްރަތްތެރި ވާހަކައެއް

ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ބޮޑީބޯޑަރު، އަލީ ހުޝްރުވާން (ކުޑަ އައްޔަ)ގެ ކެރިއަރަށް ހާއްސަކޮށް ހަދާފައިވާ ޑޮކިއުމެންޓަރީއެއް މީގެ އެއް ދުވަސް ކުރިން ވަނީ ޔޫޓިއުބްގައި ޕްރިމިއާ ކޮށްފަ އެެވެ.

ކުޅަދާނަ ފިލްމްމޭކަރު، އަލީ އާމިރު (އަލީ އޭރިއަލްސް)ގެ މި ޑޮކިއުމެންޓަރީ އަކީ ވަރަށް ގިނަ ގޮތްގޮތުން ބަލާއިރު، ރާއްޖޭގެ ކުޅިވަރަށް ވަރަށް އަގުހުރި މަސައްކަތެކެވެ. ރާއްޖޭގެ ކުޅިވަރުގައި، މުޅިން އަލަށް، ފެނުނު މަސައްކަތެކެވެ. މި ޑޮކިއުމެންޓަރީގައި، ޒަމާނީ ކުލަވަރުގައި، އެތުލީޓެއްގެ ކެރިއަރުގެ ވާހަކަ ހުރީ ވަރަށް ފުރިހަމަކޮށް ގެނެސްދީފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި، އަލީ ބުނެފައިވަނީ، މި ޑޮކިއުމެންޓަރީ ހެދުމުގެ ހިޔާލު އައީ ކުޑަ އައްޔަގެ ކާމިޔާބު ކެރިއަރު، އުސްއަލިތަކެއްގެ ސިފައިގައި ގެނެސްދިނުމުގެ އިތުރުން، އެތުލީޓެއް ހަޔާތުން ކުޅިވަރުން ބޭރުގައި ވެސް ހިނގާ ކަންތައްތައް ބުނެދިނުމަށް ކަމަށެވެ.

"މި ކަމުގެ އިންސްޕިރޭޝަން ހަގީގަތުގައި ލިބުނީ އަހަންނަށް 2022 ވަނަ އަހަރުގެ އައިބީސީ މޯލްޑިވްސް ޕްރޯގައި ފެނުނީ ފޮޓޯއެއް، ކުޑަ އައްޔަ ބެރަލްއެއް އެޅިއިރު، ހިނިތުންވެފައި ހުރި. އެ ވަގުތު ވަރަށް ރަނގަޅަށް ކުޑަ އައްޔަގެ ކެރެކްޓާ ފެނުނު، މީހަކު ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ ހިތްހަމަޖެހުން، ކުޑައިރުއްސުރެން އެ ބައެއްގެ އިވެންޓްތައް ބަލަމުން ބޮޑުވި މީހުންނާ އެކު ކުޑަ އައްޔަ ދިޔައީ ވާދަކުރަމުން،" ކުޑަ އައްޔަ: ދި މޯލްޑިވިއަން ބޮޑީބިލްޑިން ޕްރޮޑިޖީ - ޑޮކިއުމެންޓަރީގެ ހިޔާލު އައި ގޮތާ ބެހޭގޮތުން އަލީ ބުންޏެވެ.

ޑޮކިއުމެންޓަރީ ހެދުމުގެ ހިޔާލާ އެކު، ކުޑަ އައްޔަގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަލީ ފެށިއިރު، ރައްޓެހިންނާއި އާއިލާގެ ފަރާތުން ވެސް އިވެމުންދިޔައީ ކުޑަ އައްޔަގެ ރަނގަޅު ވާހަކަތަކެވެ. ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް "ސްޕޯޓްސްމަނެއް"ގެ ގޮތުގައި އައްޔަ ފާހަގަކުރެވިގެންދާ ސަބަބުތަކާއި ގައުމީ ލެވަލްގައި ވާދަކޮށް، އަދި ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކުރާއިރު، އެ ހުންނަ ތަފާތު ކަންކަމެވެ.

"(ކުޑަ އައްޔަ)އެ ލެގަސީ، އެ ކޮމިޓްމަންޓް، އަދި ރެސިލިއަންސް، އެއީ، މި ކަމަށް އަހަރެންގެ އެންމެ ބޮޑު މޯޓިވޭޝަން،" އަލީ ބުންޏެވެ.

ދެ އަހަރުގެ މަސައްކަތުން އުފެއްދި އެ ޑޮކިއުމެންޓަރީ ފުރިހަަމަ ކުރުމަށް، އަލީ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކަށް ވެގެންދިޔައީ، މަސައްކަތް ދިގުލައިދިޔަ ކަމުގައި ވިޔަސް، ކުޑަ އައްޔަ، މީހެއްގެ ގޮތުގައި ދަސްކުރުމާއި ޗެމްޕިއަނެއްގެ ވިސްނުމުގައި އައްޔަ ދެނެގަތުމެވެ.

ޑޮކިއުމެންޓަރީގެ މަސައްކަތުގެ ތެރެއިން، 2023 ވަނަ އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ އިވެންޓްގެ ތެރެއިން، އަލީ ވަނީ ކުޑަ އައްޔައާ އެކު ދުވަހުން ދުވަހަށް އުޅެފަ އެވެ. އަލީ ބުނީ، އެ ދުވަސްތަކުގެ މަސައްކަތް ސިފަކުރާނީ، "ޗެމްޕިއަނެއްގެ ސިކުނޑީގެ ތެރޭގައި ކުރި ދަތުރެއް" ގޮތަށް ކަމަށެވެ.

"މިއީ މަދުން ނޫނީ ކުރެވޭނެ ތަޖުރިބާއެއް ނޫން. އެ ފަދަ ފުރުސަތެއް ވެސް ނޫން. އެންމެ ވަރުގަދަ ދުނިޔޭގެ ޗެމްޕިއަނުންނާ އެކު މަސައްކަތް ކުރުމާ، ދުނިޔޭގެ އެންމެ ވަރުގަދަ މީޑިއާ ޕްރޮފެޝަނަލުންނާ އެކު މަސައްކަތްކުރުމާ މި ހުރިހާ ކަމަކަށް ބަލާއިރު، އޭގެ ސަބަބުން މި ޕްރޮޖެކްޓަށް އިތުރު ފުރިހަމަ ކަމެއް ލިބުނު،" މީގެ އެއް އަހަރު ކުރިން މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މޯލްޑިވްސް ޕްރޯގެ ހަނދާންތައް ކިޔައިދެމުން އަލީ ބުންޏެވެ.

މި ޑޮކިއުމެންޓަރީގެ އެއް މަންޒަރަކާ ބެހޭގޮތުން، އަލީ ވަނީ ތަފާތު ވާހަކައެއް ކިޔައިދީފަ އެވެ.

އެެ ގޮތުން، 2001 ވަނަ އަހަރުން ފެށިގެން ކުޑަ އައްޔަ އަށް ލިބިފައިވާ ހުރިހާ ޓްރޮފީއެއް ދައްކާލާ މަންޒަރުގެ ތެރެއިން، އޭނާ ވަނީ ޕްރޮޑަކްޝަން ޓީމު ގޮވައިގެން، ކޮންމެ ޓްރޮފީއެއްގެ ހަނދާން އާ ކޮށްދީފަ އެވެ.

ކުޑަ އައްުޔަ ބޮޑީބޯޑިން މުބާރާތެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އަލީ ބުނީ، އެ ވަގުތަކީ ހަގީގަތުގައި، ކުޑަ އައްޔަ އަށް ބޮޑީބޯޑިން ކެރިއަރުގައި ލިބިފައި ހުރި ޓްރޮފީ އަށް އެކަނި ހާއްސަވާ ހިނދުކޮޅެއް ނޫން ކަމަށެވެ. އެއީ، އެތައް ވާހަކައެއް ބުނެދޭ ވަގުތުތަކެއް ކަމަށާއި އެތުލީޓެއް ކާމިޔާބު ހޯދަން ވާ ގުރުބާނީގެ ތަސްވީރު ވަރަށް ރަނގަޅަށް މީހުންގެ ސިކުނޑިއާ ހަމައަށް ފޯރުކޮށްދޭ މަންޒަރުތަކެއް ކަމަށެވެ.

"އެ ވަގުތަކީ މި ޑޮކިއުމެންޓަރީގެ ހިތް. އެ މަންޒަރުތަކުން ބުނެދިނީ ހަގީގަތުގައި މިއީ ކިޔައިދޭން ޖެހޭ ދަތުރެއްގެ ވާހަކައޭ،" އަލީ ބުންޏެވެ.

ރާއްޖޭގެ ނިސްބަތުން ކަންކަން ހިނގާ ގޮތަށް ބަލާއިރު، އެތުލީޓުންނަށް މީޑިއާ އިންޓަވިއު ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އަމުދުން، އަމިއްލަ ހަޔާތެއްގެ މައްޗަށް ހަދާ ޑޮކިއުމެންޓަރީއެއްގައި ތަފްސީލީ ގޮތެއްގައި ކަން އޮތްގޮތަށް ބުނެދިނުން ވާނީ ޗެލެންޖިން ކަމަކަށެވެ. އެކަމަކު، މި ކަމުގައި ވެސް ކުޑަ އައްޔަގެ ޕްރޮފެޝަނަލިޒަމް ތަފާތެވެ.

އަލީ ބުނީ، ކުޑަ އައްޔަ މި ޕްރޮޖެކްޓަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ގަޔާވެ، ޝައުގުވެރިކަމާ އެކު ކުރިއަށްދިޔަ ކަމަށެެވެ. އެކަމަކު، އަލީ އަށް ބިރެއް ވެސް އޮތެވެ. އެތުލީޓެއްގެ ހަޔާތުގެ ވާހަަކަ ހިއްސާކުރުމުގައި، އޭނާ އަށް ކުޑަ އައްޔަގެ އެއްބާރުލުން ލިބޭނީ ކިހާ މިންވަރަކަށްތޯ ޔަގީންނުވާތީ އެވެ. އެކަމަކު، ޑޮކިއުމެންޓަރީގެ މަސައްކަތް ކުރިއަށްދިޔަ ވަރަކަށް އަލީ އަށް ކުޑަ އައްޔަގެ ފަރާތުން ފެނުނު ކަންކަމާ އެކު ޔަގީންކަން ލިބުނެވެ. ކުޑަ އައްޔަ ދިން އެެއްބާރުލުމަކީ، މި ޑޮކިއުމެންޓަރީ ފުރިހަމަ ވުމުގެ އެންމެ ވަރުގަދަ ހެއްކެވެ.

މި ލެވަލްގެ ޑޮކިއުމެންޓަރީއެއް ހެދުމަކީ ކުޑަ ކަމެއް ނޫނެވެ. އެތައް ދުވަހެއްގެ މަސައްކަތާއި ކެތްތެރިކަމާ އެކު، ވަގުތުގެ ބޭނުން ރަނގަޅަށް ހިފައިގެން ކުރެވޭނެ ކަމެކެވެ. އަލީ ބުނީ، އޭނާ އަށް މި ކަމުގައި ލިބިފައި އޮތް ފަސޭހަ އަކީ ޕްރޮޑަކްޝަން ޓީމަކީ އޭނާގެ އާއިލާއެއް ކަމަށް ވުމެވެ. އަދި، އަމިއްލަ މަސައްކަތެއް ގޮތަށް މުޅި ޕްރޮޖެކްޓްގެ މަސައްކަތް އެންމެން ކުރިކަން އަލީ ފާހަގަކުރި އެވެ.

"ޕޯސްޓް ޕްރޮޑަކްޝަންގައި، ސައުންޑު ޑިޒައިނާ، މިއުޒިކް ސުޕަވައިޒަރު، ޝާފީ އަލީ (ތާތި) ދެން، ރަޝް (އެމްބީބީއޭ) ވަރަށް މުހިންމު ދައުރެއް އަދާކުރި ހަގީގަތުގައި ސައުންޑް ޑިޒައިންކޮށް ފައިން ޓިއުނިން ކަންކަން ވަރަށް ޑީޓެއިލްކޮށް ކޮށްފައި އެ ހުރީ، އެހެން ކުރެވުނު މަަސައްކަތުން ފައިނަލް ފިލްމާ ހަމައަށް ގޮސްފައި އެ އޮތީ،" އަލީ ބުންޏެވެ.

މި ޑޮކިއުމެންޓަރީ ފުރިހަމަ ކުރުމަށްޓަކައި، މިއުޒީޝަނުން ދިން އެއްބާރުލުން ފާހަގަކުރަން އަލީ ބޭނުންވާ އެންމެ ބޮޑު ސަބަބެއް އެބައޮތެވެ. އެއީ ދިވެހި ސަގާފަތާ ގުޅޭ ވަރަށް މުހިންމު ކަންކަމެއް، އެ ލަވަތަކުން ނޫނީ މިއުޒިކުން މި ޑޮކިއުމެންޓަރީ އަށް ގެނެސްދީފައިވާތީ އެވެ. އަދި، މި ޑޮކިއުމެންޓަރީ އަށް ވީޑިއޯ އާއި ފޮޓޯ އަދި މައުލޫމާތު ހިއްސާކޮށްދިން ކޮންމެ މީހަކީ ވެސް މި ކަމުގެ އިސް ބައިވެރިއެއް ކަމަށް އަލީ ވަނީ ބުނެފަ އެވެ.

އިވެންޓެއް ނިންމުމަށް ފަހު ކުޑަ އައްޔަ އޭނަަގެ މަންމައާ އެކު.---- ފޮޓޯ: އަދަދު ސްޕޯޓްސް

ކުޑަ އައްޔަގެ ވާހަކަ މިހާ ފުރިހަމަ އަށް ގެނެސްދެވުނު އެންމެ ބޮޑު ސަބަަބަކީ އޭނާގެ އާއިލާކަން އަލީ ވަނީ ފާހަގަކޮށްފަ އެވެ. އަދި، ވަރަށް އިތުބާރާ އެކު، ކުޑަ އައްޔަގެ ހަޔާތުގެ އެ ވާހަކަތައް ހިއްސާކޮށްދިނީތީވެ، އަލީ ވަނީ، ކުޑަ އައްޔަގެ އާއިލާ އަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

މި ޑޮކިއުމެންޓަރީ އަކީ، އަލީގެ ހިއްސާ ބޮޑަށް އޮތް އުފެއްދުމެއްގެ ގޮތުގައި ޓައިޓަލްއާ އެކު ފެންނަން އޮތަސް، ހަގީގީ މާނައިގައި ބަލާނަމަ، މިއީ މި ކަމުގައި ޝާމިލުވާ އެންމެން ގުޅިގެން ކުރި މަސައްކަތެއްގެ ގޮތުގައި ދެކުމަކީ އަލީ އެދޭ ގޮތެވެ.

މި މަސައްކަތުގެ އުސްއައްޔަކަށް ބަލާއިރު، އެންމެ މުހިންމު އެއް ކަމަކީ، މި ޑޮކިއުމެންޓަރީން ދޭ އެއް މެސެޖެވެ. ވަރަށް ކުޑަ އެހެން ނަމަވެސް ވަރަށް ބާރުގަދަ މެސެޖެއް ގޮތަށް ބުނެދެނީ ހިތްވަރާ އެކު، ކެރިގެން ކުރާ މަސައްކަތުގައި ކާމިޔާބާ ހަމައަށް ވާސިލްވާނެ ކަމެވެ. ކުޑަ އައްޔަގެ ދިގު ކެރިއަރުގައި އޭނާ ކުރި ހިތްވަރާއި ބެހެއްޓި ރަނގަޅު ކުޅިވަރު އަހުލާގު އަދި ވީ ގުރުބާނީތައް މި ޑޮކިއުމެންޓަރީގައި ކިޔައިދީފައިވަނީ، އަންނަން އޮތް ޖީލުގެ އެތުލީޓުންނަށް ހިތްވަރެއް ދިނުމުގެ ގޮތުންނެެވެ.

އަލީ ބުނީ، މި ޑޮކިއުމެންޓަރީން ކޮންމެ ކުޅިވަރެއްގައި ކުޅޭ ނޫނީ ކޮންމެ ދާއިރާއެއްގައި އުޅޭ ޒުވާނުންނަށް ވެސް ދޭން ބޭނުންވާ ވަރަށް ހާއްސަ އިތުރު މެސެޖެއް އެބައޮތް ކަމަށެވެ. އެއީ، ކަމެއް ހާސިލްކުރަން ދެކޭ ހުވަފެނަކީ ހަގީގަތެއް ކަމަށް ހެދޭނެ ކަމަށް ގަބޫލުކުރުމެވެ. ހުވަފެނެއް ދެކޭއިރު، އެއީ ހާސިލްނުކުރެވޭނެ ކަމެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުުކުރަން ބޭނުންވަނީ ކެރުމާއި ހިތްވަރު އަދި އަހުލާގު ކަމެވެ.

"މި ފިލްމުން އެންމެ މީހަކު ޝައުގުވެރިވާ ކަމެއް، ނޫނީ ހުވަފެނެއް ހަގީގަތަކަށް ހަދަން ހިތްވަރު ލިބުނު ކަމުގައި ވިޔަސް، އެ ހިސާބުން އެ އޮތީ މި ޑޮކިއުމެންޓަރީ ހެދުމުގެ މަގުސަދު ހާސިލްވެފައި،" އިންޓަވިއު ނިންމާލަމުން އަލީ ބުންޏެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖު މުބާރާތަކަށް ފަހު ކުޑަ އައްޔަ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ތިރީހަކަށް މިނިޓްގެ މި ޑޮކިއުމެންޓަރީ ނިމޭ މަންޒަރުތަކުގެ ތެރޭގައި ކުޑަ އައްޔަ ރަނގަޅު އިންޓަވިއުއެއްގެ ބައެއް ހިމެނެ އެވެ. ރާއްޖޭގައި އުފެދުނު ހާއްސަ ކުޅިވަރު ސަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ މި ޑޮކިއުމެންޓަރީ ފިލްމް އެ މީހަކަށް ހާއްސަވާ ކުޑަ އައްޔަ ހިއްސާކުރީ ކުޅިވަރަށްޓަކައި އޭނާ ހިތުގައި އޮތް ގަދަރު ބުނެދޭ ވާހަކަ އެކެވެ.

"ބޮޑީބޯޑިން އިޓްސް މައި ލައިފް ހަމަ ފެށުނުއިރުއްސުރެން، ބޮޑީބޯޑިންގައި އައްޔަ ބޭނުންވޭ ވީހާވެސް ކުރިއަކަށް ދާން. އަދި ނުވީތާކަށް، ދެން އަންނަ ޖެނެރޭޝަން، ފިއުޗާ އަށް ވެސް، އައްޔަ އަށް ނުލިބުނު ކާމިޔާބު ހަމަ، އެ މީހުންނަށް ހޯދައިދޭން މަސައްކަތް ކުރަން، އެއީ ހަމަ އައްޔަގެ ބިގަސްޓް ތިން ޓު ޑޫ ހަމަ،" ޑޮކިމެންޓަރީގެ ފަހު ބައިގައި ކުޑަ އައްޔަ ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox