މޮރޮކޯ މުބާރާތް: ރާއްޖޭގެ ބޮޑީބޯޑިން އާ ހަރުފަތަކަށް ގެންގޮސްދޭނެ

Jan 7, 2026, 10:18 AM
މޮރޮކޯ މުބާރާތުގައި ވާދަކުރާ ގައުމީ ބޮޑީބޯޑިން ޓީމުގެ ފަސް އެތުލީޓުންގެ ތެރެއިން އަޝްރަފް ހަސަން ފިޔަވައި ބާކީ އެތުލީޓުން: (ކ.ވ) ކައިފް، އާމިން، ކުޑަ އައްޔަ އަދި އިޔަން: އަޝްރަފް އަށް މި އިވެންޓްގައި ބައިވެރިވެވޭ ގޮތެއްނުވި.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މޮރޮކޯ މުބާރާތުގައި ވާދަކުރާ ގައުމީ ބޮޑީބޯޑިން ޓީމުގެ ފަސް އެތުލީޓުންގެ ތެރެއިން އަޝްރަފް ހަސަން ފިޔަވައި ބާކީ އެތުލީޓުން: (ކ.ވ) ކައިފް، އާމިން، ކުޑަ އައްޔަ އަދި އިޔަން: އަޝްރަފް އަށް މި އިވެންޓްގައި ބައިވެރިވެވޭ ގޮތެއްނުވި.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މޮރޮކޯގައި މި މަހު ފަށާ މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ޓީމުގެ ފަސް އެތުލީޓުން ވާދަކުރާއިރު، އެ މުބާރާތުގެ ސަބަބުން ރާއްޖޭގެ ބޮޑީބޯޑިން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް މުބާރާުތުގައި ވާދަކުރާ ގައުމީ ބޮޑީބޯޑަރުން ބުނެފި އެވެ.

މޮރޮކޯގައި މި މަހުގެ 31 އިން އަންނަ މަހުގެ 12 ވަނަ ދުވަހަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ޓީމުން ބައިވެރިވާއިރު، މިއީ، ޓީމެއްގެ ސިފައިގައި ރާއްޖޭން ބޭރުގައި ގައުމީ ބޮޑީބޯޑިން ޓީމެއް ވާދަކުރާނެ ފުރަތަމަ ފަހަރެެވެ. މީ

ގެ ކުރިން، އިންޑިވިޖުއަލް އެތުލީޓުން/ބޮޑީބޯޑަރުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ރާއްޖެ ތަމްސީލްކޮށްފަ އެވެ. އެކަމަކު، މި ފަހަރު ތަފާތަކީ، ޓީމެއްގެ ގޮތުގައި، މުބާރާތެއްގައި ވާދަކުރަން ފުރުސަތު ލިބުމެވެ. އެ ގޮތުން، މޮރޮކޯ މުބާރާތުގެ ޖޫނިއާ މެންސް ރައިސިން ސީރީސްގައި ވާދަކުރާނީ، އެންމެ ފަހުގެ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ލީގު ޗެމްޕިއަން، އިޔަން އަހުމަދު އެވެ.

Advertisement

އަދި، ޕްރައިމް ސީރީސްގައި ވާދަކުރާނީ ގައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، މުހައްމަދު ކައިފް އަދި، އަޝްރަފް ހަސަން އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ކުޑަ އައްޔަ ބުނީ، މިއީ، ރާއްޖޭގެ ބޮޑީބޯޑިން އަށް ލިބިގެންދިޔަ ވަރަށް ބޭނުންތެރި މުހިންމު ފުރުސަތެއް ކަމަށެވެ. އަދި، ގައުމީ ޓީމެއް މީގެ ފަސް އަހަރު ކުރިން ތައާރަފްވެ، ބޮޑީބޯޑިން އިން ޓީމެއްގެ ސިފައިގައި އައިބީސީ މުބާރާތަކަށް ދިއުމަކީ ކުޑަ އައްޔަ ސިފަކުރި ގޮތުގައި ބޮޑު ކަމެކެވެ.

"އައްޔަ އެބަހުރި އިންޑިވިޖުއަލީ، އޮސްޓްރޭލިއާ ތަންތަނަަށް ގޮސްފައި، (ރާޅާ) އަޅައިފައި، އެކަމަކު، އަދި ކިރިޔާ މި ދެވެނީ ޓީމެއްގެ ގޮތުގައި، ނެޝަނަލް ޓީމެއްގެ ގޮތުގައި މިދެވެނީ، މޮރޮކޯގައި މި ބައިވެރިވެވޭނީ، އައްޔަ އަށް ހީވަނީ މިއީ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ، މީގެއިން ރަނގަޅު އެޗީވްމަންޓެއް ލިބިއްޖިއްޔާ، މޯލްޑިވްސް ޕްރޯ ރާއްޖެ އަށް އަންނަ ހިސާބުން ހަމަ ވަރަށް ރަނގަޅު ޕޮއިންޓު އިތުރުވެގެންދާނެ، ރާއްޖެ އަށް ގަަދަ 10 ގައި، ނުވަތަ ގަދަަ ހަތަރެއްގައި ވެސް ހިމެނިގެން ހިނގައިދާނެ، އެހެންވިމަ، މި އޮޗިއުނިޓީ ހަމަ ވަރަށް ސަޅި،" ކުޑަ އައްޔަ ބުންޏެވެ.

ރާއްޖޭގެ ބޮޑީބޯޑަރުން ހޯދަމުން އަންނަ ކުރިއެރުން އެންމެ ބޮޑަށް ފާހަގަކުރާ އެއް އެތުލީޓަކީ ކުޑަ އައްޔަ އެވެ. އޭނާ ބުނީ، ރާއްޖޭގެ ރާޅާއެޅުން ދުވަހެއް ދުވަހަކަށް ކުރިއެރުން ހޯދަމުންދާކަން ފާހަގަވާ އެންމެ ބޮޑު ކަމަކީ، 2022 އިން 2024 އަށް ރާއްޖޭގައި ހޯސްޓްކުރި އައިބީސީ މުބާރާތް މޯލްޑިވްސް ޕްރޯގައި ވާދަކުރި ރާއްޖޭގެ ބޮޑީބޯޑަރުންގެ ކުރިއެރުން ފެނުމެވެ.

"މޯލްޑިވްސް ޕްރޯ މުބާރާތްތަކުގައި، ހަމަ ވަރަށް ރަނގަޅު އެޗީވްމަންޓް އެބަހުރި، އާމިން އެ ބުނިހެން، ހަތަރު ލެގުގައި ބައިވެރިވެގެން، ގަދަ 10 ގައި، ހިމެނިފައި އެބަހުރި، އެއީ އަދި ޖޫނިއާ އިވެންޓުގައި، ދެން، އާމިން މި ފަހަރު އެ ވާދަކުރަނީ، މެންސް އިވެންޓްގައި، އައްޔަ އަށް ވަރަށް ޕޮސިބިލިޓީ ހައި، ހަމަ މި ގައުމީ ޓީމު ވަރަށް ރަނގަޅު ހިސާބަށް ދާނެ ކަމަށް. ދެން، އައްޔަ އަބަދުވެސް ބުނަން، ރަން ވަނަ ހޯދަން އަބަދުވެސް މަސައްކަތްކުރަން. މި ތިބީ ހަމަ ވަރަށް ބޮޑަށް ފޯކަސް ކޮށްގެން ރަނގަޅު އެޗީވްމަންޓެއް ހޯދަން،" ކުޑަ އައްޔަ ބުންޏެވެ.

އެ ގޮތުން، މީގެ ކުރިން 2023 ވަނަ އަހަރު އާމިން، ވަނީ ދުނިޔޭގެ ޖޫނިއާ ރޭންކިންގެ 10 ވަނަ އަށް ޖެހިލަައިފަ އެވެ. އައިބީސީ ވޯލްޑް ޓުއާގައި 11 މުބާރާތެއް ހިމެނޭއިރު އޭގެ ތެރެއިން ހަ މުބާރާތެއްގައި ޖޫނިއާ ޑިވިޝަން ހިމެނެ އެވެ. މި ހަ މުބާރާތުގެ ތެރެއިން ހަތަރު މުބާރާތެއްގައި، އެ ފަހަރު އާމިން ވާދަކުރި އެވެ. އެއީ، ރާއްޖޭގައި އޮތް މޯލްޑިވްސް ޕްރޯ އާއި ފްރާންސްގައި އޮތް ލަ ސަލީ ޕްރޯ އާއި ޕޯޗުގަލްގެ ސިންޓްރާ ޕްރޯ އާއި ޓުއާގެ ފަހު މުބާރާތްކަމަށްވާ ފްރޮންޓޮން ކިންގް 2023 އެވެ.

ރާއްޖެ އަށް ބައިނަލްއަގުވާމީ ގޮތުން، ބޮޑީބޯޑިންގެ ގިނަ ފުރުސަތުތައް ލިބެން ފެށީ، 2022 ވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯ އަށް ފަހު އެވެ. މީގެ ތިން އަހަރު ކުރިން، ބޭއްވި ފުރަތަމަ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކޮށް، ކުޑަ އައްޔަ ވަނީ ޑްރޮޕްނީ ޑިވިޝަނުން ދުނިޔޭގެ ރޭންކިން 12 ވަނަ އަށް ޖެހިލައިފަ އެވެ.

އާމިން ބުނީ، ވޯލްޑް ޓުއާ އަށް ދާން ފުރަތަމަ ހިޔާލު ދިނީ ވެސް ކުޑަ އައްޔަ ކަމަށެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ކުޑަ އައްޔަ އަށް ޝުކުރުކުރާ ކަމަށް ވެސް އާމިން ވަނީ ބުނެފަ އެެވެ.

"ހުރިހާ އެންމެންނަށް ވެސް މި އޮޕޮޗިއުނިޓީ ލިބެނީ އައްޔައާ ހެދި، އައްޔަ މި ކުޅިވަރަށް ކުރާ މަސައްކަތާއި އައްޔަގެ ހަމަ އެފަޓް ވަރަށް ބޮޑަށް ފާހަގަކުރަން ޖެހޭ، ވަރަށް ގިނަ މީހުންނަށް ނޭނގޭ މި ވާހަކަ. އާމިން ވަރަށް ބޮޑަށް ޝުކުރު ކުރަން އެންމެންނަށް ދަސްކޮށްދީ ކުޅިވަރު ކުރިއަށްގެންދަން މަސައްކަތްކޮށްދޭތީ،" "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އާމިން ބުންޏެވެ.

އާމިން ބުނީ، މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެ ގޮތުން، 2023 ގެ ވޯލްޑް ޓުއާގައި އާމިން ވާދަކުރިއިރު، އެކަނި ދިއުމުން ކުރަން ޖެހުނު ތަޖުރިބާ ތަފާތު ކަމަށެެވެ.

"ވަރަށް ބޮޑު ތަފާތެއްވޭ ރާއްޖޭގައި، އަޅާފައި، ބައިވަރެއް ސަޕޯޓަރުންނާ އެކީ، ހެލްޕާ އެކީގައި އަޅާފައި، އެކަނި ގޮސް އެޅީމަ. މި ފަހަރު ދެން މުޅި ޓީމާ އެކީގައި ދާން ލިބުނީމަ މިއީ ވަރަށް ބޮޑު ތަފާތަކަށް ވާނެ، އާމިން އަށް ވެސް، އެހެން އެތުލީޓުންނަށް ވެސް އެނގޭނެ، ވަރަށް ތަފާތު މާހައުލަކަށް ގޮސްފައި އެތުލީޓުންނާ އެކު، (ރާޅާ) އަޅާލާއިރު އެ ސަޕޯޓް ހުރުން އެއީ ވަރަށް މުހިންމު ކަމެއް. މިއީ، ވަރަށް ވަރަށް ރަނގަޅު، ފުރުސަތެއް އާމިން މެންނަށް ލިިބިގެން މި ދަނީ، ރަނގަޅު ނަމެއް ރާއްޖެ އަށް ހޯދައިދޭން،" އާމިން ބުންޏެވެ.

މުޅިން އަލަށް ގައުމުން ބޭރުގައި މި ފަދަ މުބާރާތަކަށް ދާ ކައިފް އަކީ، ބޮޑު އަނިޔާ އަކުން ރިކަވާވެގެން އިވެންޓްތަކުގައި ވާދަކުރަމުން އަންނަ އެތުލީޓެކެވެ. ކޮނޑުހުޅު ނެއްޓިގެން ފަރުވާ ހޯދުމަށް ފަހު، އެނބުރި އައިސް ބައިނަލްއަގުވާމީ މުބާރާތަކަށް ދާން ތައްޔާރުވަމުން އަންނަ ކައިފް ބުނީ، މޮރޮކޯ މުބާރާތުގެ މި ފުރުސަތު ހޯދައިދިން، އެންމެނަށް ވަރަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކައިފް ވެސް ވަނީ، ކުޑަ އައްޔައާ އެކު، މި މުބާރާތަށް ދިއުމަކީ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

"އައްޔައާ އެކީގައި ދެވޭތީ އަސްލު ވަރަށް އުފާކުރަން. ވަރަށް ކުޑަ އިރުއްސުރެން އަހަރެމެންނަށް ބޮޑީބޯޑިން ދަސްކޮށްދެމުން އައްޔަ އެ އަންނަނީ، އެހެން އެތުލީޓުން ކުރިއަރުވަން އެ ގޮތަށް ވެސް މަސައްކަތްކުރާތީ ވަރަށް ބަލަން އައްޔަ އަށް،" ކައިފް ބުންޏެވެ.

މޮރޮކޯ މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ރާއްޖެ ތަމްސީލްކުރާނެ ހަމައެކަނި އެތުލީޓަކީ، މިދިޔަ އަހަރުގެ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަން، އިޔަން އެވެ. އިޔަން ބުނީ، މޮރޮކޯ މުބާރާތަކީ، ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތު ކަމަށެެވެ. އަދި، ޓީމެއްގެ ތެރެއިން ގޮސް، މި މުބާރާތުގައި ވާދަކުރުމުގައި ގިނަ އެޑްވާންޓޭޖްތަކެއް ހުރިކަން އިޔަން ވަނީ ފާހަގަކޮށްފަ އެވެ.

"ޓީމަކާ އެއްކޮށް އެންމެންނާ އެއްކޮށް ސަޕޯޓް ލިބިގެން ގޮސްފައި އެތާގައި އަޅަން ވަރަށް އުފާވޭ. އިޔަން އެކަނި ގޮސްފައި އެޅިއިރު ވެސް އޯކޭ. އެކަމު، ޓީމަކާ އެއްކޮށް ގޮސް، ޓީމުގެ ސަޕޯޓާ އެކީ އެންމެން އެތާގައި، އުޅެ، އެއްކޮށް ޕްރެކްޓިސްކޮށް ހުރިހާ ކަމެއް ކުރާއިރު، އެންމެން އެއްކޮށް އިމްޕްރޫވްވާން ވަރަށް ސަޅި އޮޕޮޗިއުނިޓީއެއް. ދެން، އެތަނަށް ގޮސްފައި، އެތާ މީހުން އަޅާތަން ވެސް އެންމެންނަށް ފެންނާނެ، ހީވާ ގޮތުގައި،" އިޔަން ބުންޏެވެ.

"މި އިވެންޓަށް ފަހު ރާއްޖޭގެ ބޮޑީބޯޑިން ވެސް ވަރަށް ބޮޑަށް ބަދަލުވާނެ ކަންނޭނގެ. އެއީ، އެތާގެ ލެވަލް އާއި ރާއްޖޭގެ އެންމެންނަށް އެ މީހުންނާ އެކު ކޮމްޕީޓް ކުރެވޭ، އެހެންވީމަ ވަރަށް ތަފާތުވާނެ ކަމަށް މި ބަލަނީ،"

ރާޅުގަނޑު ސަރަހައްދުގައި، ގައުމީ ބޮޑީބޯޑިން ޓީމުން އަންނަނީ، މޮރޮކޯ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުމުގެ ކަންކަން ކުރިއަށްގެންދަމުންނެވެ. އަދި، މުބާރާތުގައި ވާދަކުރުމަށް، 23 ވަނަ ދުވަހު މޮރޮކޯ އަށް ދާނެ ކަމަށް އެމްބީބީއޭ އިން ވަނީ ބުނެފަ އެވެ. އަދި، ކުރިން މޮރޮކޯ އަށް ގޮސް ވާދަކުރަން ޖެހޭ މާހައުލަށް ހޭނިލުމަކީ މުހިންމު ކަމެއް ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox