ބެޑްމިންޓަނުގެ ސަސްޕެންޝަނުން ރާއްޖެ ސަލާމަތްކުރުމުގެ މަސައްކަތަށް ކުރިއެރުމެއް

އޮޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މުންތަގިމް ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އޮޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މުންތަގިމް ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ބެޑްމިންޓަނުގެ ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަސްޕެންޝަނުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތަށް މިހާތަނަށް ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ) ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް (ތޮލާ) ނިންމެވީ، ބީއޭއެމްގެ ގައުމީ ހައިސިއްޔަތު ނަގައި، އެ އެސޯސިއޭޝަން ހިންގުމާއި ހުރި މައްސަލަތައް ހައްލުކުރަން، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއް ނެގުމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި ދިން މުއްދަތުގައި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވުމަކީ ދިމާވި ބޮޑެތި މައްސަލަތަކެެވެ. މި ކަންކަމާ ހެދި، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާ އެކު، ބީއޭއެމްގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރެވެންދެން ބީއޭއެމް އަށް ދެވިފައިވާ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ ކިބައިން ނެގުނީ ކަމަށް ސްޕޯޓްސް ކޮމިޝަނަރު ނިންމެވީ އެވެ.

އޭގެ ފަހުން، މެއި 14 ވަނަ ދުވަހު، އިއުލާނުކުރި ބީއޭއެމްގެ އެޑްހޮކް ކޮމިޓީގައި ހިމެނެނީ، ޗެއާމަނެއްގެ ގޮތުގައި، މުންތަގިމްގެ އިތުރުން، ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން، ގައުމީ ޓީމުގެ ކުޅުންތެރިޔާ، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދި، މިނިވަން ގާނޫނީ ވަކީލެއްގެ ގޮތުގައި އައިމިނަތު ޝަރީފް އެވެ.

އެޑްހޮކް ކޮމިޓީގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް، ބީޑަބްލިއުއެފް އިން މެއި 16 ދުވަހު ރާއްޖެ ސަސްޕެންޑްކުރަން ނިންމައި، 20 ވަނަ ދުވަހު މީޑިއާގައި އެކަން އާންމުކުރި އެވެ.

"އަދަދު ސްޕޯޓްސް" އަށް ދާދި ފަހުން، ދެއްވި އިންޓަވިއުއެއްގައި މުންތަގިމް ވިދާޅުވީ، އެޑްހޮކް ކޮމިޓީން، ރާއްޖޭގެ ބެޑްމިންޓަންގެ ކޮމިއުނިޓީއާ އެކު، ހެންވޭރު ބޯޅަ ގޭގައި ބޭއްވި ބައްދަލުވުމުގައި، ކޮމިޓީ އަށް މިނިސްޓްރީން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހަވާލުކޮށްފައި އިން މެންޑޭޓް ކިޔައިދިން ކަމަށެވެ.

އަދި، ހަވާލުކޮށްފައި އޮތީ، 45 ދުވަސްތެރޭގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހުކޮށްފައި އިންތިހާބަކާ ހަމައަށް ގެންގޮސްދިނުމަށް ކަމަށް ވެސް މުންތަގިމް ވިދާޅުވި އެވެ.

"ދެން، އަހަރެމެން އެ ކަންތައް، ބީޑަބްލިއުއެފް އަށް އެންގިން، އަހަރެމެން މެމްބަރުންނާ އެއްކޮށް ހިޔާލުތަކަށް ހުޅުވާލީމަ. ހުރިހާ މެމްބަރުންހެން ކޮންސާން އޮތީ މިހާރު ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އޮތްގޮތުން، ވޯޓު ލެވޭ މެމްބަރުންނާ ގުޅޭގޮތުން، ދެން، އެ ދުވަހު ރަސްމީކޮށް އެކަން ކުރުމުގެ ބަދަލުގައި އެ ކޮމެންޓްސްތައް ފޮނުވައި ދޭށޭ އެދުނީ، އޭގެ ތެރެއިން ވެސް އެބަހުރި ކޮމެންޓްސް ލިބިފައި،" މުންތަގިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮމިޓީގެ މައުލޫމާތު ބީޑަބްލިއުއެފް އަށް އެނގުމާ ހިސާބުން، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރި ކަމަށެވެ. އަދި، އޭގެ ފަހުން، އެޑްހޮކް ކޮމިޓީގެ މަސައްކަތެއް ރަސްމީކޮށެއް ނުއެއްކުރާ ކަމަށާއި އެ ހިސާބުން އޮލިމްޕިކް ކޮމިޓީން މަސައްކަތް ކުރަމުންދިޔައީ ބީޑަބްލިއުއެފްއާ ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް ކަމަށް މުންތަގިމް ވިދާޅުވި އެވެ.

އެ ގޮތުން، މިހާތަނަށް ކުރެވުނު މަސައްކަތުގެ އަލީގައި، ބީޑަބްލިއުއެފް އާއި އޮލިމްޕިކް ކޮމިޓީ އަދި ބެޑްމިންޓަން އެސޯސިއޭޝަނުގައި އެންމެ ފަހުން އޮތް ހިންގާ ކޮމިޓީ ތަމްސީލްކުރާނެ މެމްބަރަކާ އެކު، ވޯކިން ގްރޫޕެއްގެ މަސައްކަތް ފެށި، މިހާރު ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށް މުންތަގިމް ވިދާޅުވި އެވެ.

"އެވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި، ބެލެވެނީ، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ސަސްޕެންޑްކޮށްފައި އިން ބަޔަކާ (ކުރީގެ ލީޑަޝިޕާ) ނީންނާނެ ވާހަކަ ދެއްކެން، ދެން، މިހާރު ބެޑްމިންޓަން އެސޯސިއޭޝަންގެ ލީޑަޝިޕެކޭ ކިޔާފައި ކުރިން އޮތް ބެޑްމިންޓަންގެ ހިންގާ ކޮމިޓީއަކާ ބީޑަބްލިއެފް އިން ވެސް ވާހަކަ ނުދައްކާނެ،" މުންތަގިމް ވިދާޅުވި އެވެ.

ބީޑަބްލިއުއެފް އިން ވަނީ، ކޮމިޝަނާ އޮފް ސްޕޯޓްސް އެކުލަވާލި އެޑްހޮކް ކޮމިޓީ އުފެދިފައި އޮތް ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފަ އެވެ. އެއީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރިން އޮތް ހިންގާ ކޮމިޓީގެ ބައިވެރިވުން ނެތުމުންނެވެ. ސަބަބަކީ، އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރާއިރު، ބީޑަބްލިއުއެފްގެ ބެސްޓް ޕްރެކްޓިހަކީ ކުރިން އޮތް ލީޑަޝިޕްގެ ބައިވެރިވުން އޮންނަ ގޮތަށް ކުރިއަށްދިއުން ކަމަށްވާތީ އެވެ.

މުންތަގިމް ވިދާޅުވީ، ސްޕޯޓްސް ކޮމިޝަނަރު، ތޮލާލްގެ ވެސް މަޝްވަރާގެ މަތިން، ނިންމާފައި އޮތީ ހުރިހާ ފަރާތެއްގެ ބައިވެރިވުން އޮންނަ ގޮތަށް ކަންކަން ކުރިއަށްގެންދިއުމުގައި މައްސަލައެއް ނެތް ކަމަށެވެ. އަދި، ތޮލާލްގެ ވެސް ވިސްނުމަކީ، ވީ އެންމެ އަވަހަށް މިކަމަށް ހައްލެއް ލިބިގެންދިއުން ކަމަށް މުންތަގިމް ފާހަގަކުރެއްވި އެވެ.

"ދެން، މިހާރު މަސް ދުވަހުގެ މަސައްކަތުން މިހާރު މި އޮތީ ބީޑަބްލިއުއެފާ އެކު އެއްބަސްވުމަކަށް އާދެވިފައި، އެ އެއްބަސްވުމަކީ، އެއްވެސް ކޮމިޓީއެއްގެ ވާހަކަ ނުދައްކައި، ވޯކިން ގްރޫޕެއް ނަގަން، އަސާސީ ގަވާއިދު އިސްލާހުކުރަން، އެ ގްރޫޕްގައި މި ހުންނަނީ ބީޑަބްލިއުއެފް އިން ކަނޑައަޅާ ޗެއާމަނަކާ، އޮލިމްޕިކް ކޮމިޓީ ތަމްސީލްކުރާ ފަރާތަކާ، ދެން، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕް ތަމްސީލްކުރާ މެމްބަރެއް،"

އެ ގޮތުން، މި ވޯކިން ގްރޫޕުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، މަސައްކަތް ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުންނެވެ.

މުންތަގިމް ވިދާޅުވީ، އުންމީދަކީ ވަރަށް އަވަހަށް ރާއްޖޭގެ ބެޑްމިންޓަނުގައި މި ހުރި މައްސަލަތައް ހައްލުވެގެންދިއުން ކަމަށެވެ. އަދި، އެޑްހޮކް ކޮމިޓީ އަށް ދިން މުއްދަތު ހަމަވެފައި އޮތް ކަމުގައި ވިޔަސް، ލަފާ ހޯދަން ޖެހޭ ކަންކަމުގައި އެ ފަރާތްތަކުގެ މަޝްވަރާތައް ވެސް އަންނަނީ ހޯދަމުންނެވެ.

"އެޑްހޮކް ކޮމިޓީ އަދިވެސް ސްޕޯޓްސް ކޮމިޝަނަރު އުވައެއްނުލައި، އެހެންވީމަ، އެ ކޮމިޓީގެ ވެސް ލަފާހޯދިދާނެ. ވޯކިން ގްރޫޕް މަސައްކަތް ކުރާއިރު ވެސް މީގެ މަސްލަހަތު ހިމެނޭ ހުރިހާ ފަރާތަކާ އެބަ މަޝްވަރާކުރަން. ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ ހިންގާ ކޮމިޓީ ތަމްސީލްކުރާ މެމްބަރު ވެސް ދަނީ މަޝްވަރާތަކެއް ކުރަމުން،" މުންތަގިމް ވިދާޅުވި އެވެ.

"ވޯކިން ގްރޫޕްގެ ޓައިމްލައިނަކީ އަސާސީ ގަވާއިދު އިސްލާހުކުރަން ދެ މަސް، އޭގެ ފަހުން އިންތިހާބަކާ ހަމައަށް ދާން އެއް މަސް ދުވަސް،"

ބީޑަބްލިއުއެފް އިން ބީއޭއެމް ސަސްޕެންޑްކުރަން ނިންމި ނިންމުމަށް އަމަލުކުރަން ފަށައި، ރާއްޖޭގެ ކުޅުންތެރިންނަށް ބީޑަބްލިއުއެފްގެ ރުހުން ދީފައިވާ މުބާރާތްތަކުގައި، ކުޅުމުގެ ދޮރު އޮތީ ޖޫން މަހުން ފެށިގެން ބަންދުވެފަ އެވެ.

މުންތަގިމް ވިދާޅުވީ، ވޯކިން ގްރޫޕްގެ ފުރަތަަމަ ބައްދަލުވުމުގައި، އޭނާ އާއި ބެޑްމިންޓަން އެސޯސިއޭޝަން ތަމްސީލްކުރާ މެމްބަރު ވެސް އެދުމަކީ، ރާއްޖޭގެ އެސޯސިއޭޝަންގެ ސަސްޕެންޝަން އަދި އުވައިނުލި ނަމަވެސް، މި ވަގުތަށް ވެސް ކުޅުންތެރިންނަށް މުބާރާތްތަކުގައި ކުޅެވޭނެ ހައްލެއް ހޯދުން ކަމަށެވެ.

"ދެން އެ ކޮޅުން (ބީޑަބްލިއުއެފުން) ވެސް ޕޮޒިޓިވްކޮށް ހުރީ އުންމީދަކީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އެކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް،" މުންތަގިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox