ފުލުހުންގެ އިހުމާލެއް ނެތް، އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން : ޒުވާނުން ޑިމާންޑުކުރި ނަަމަވެސް އޭނާ ވިދާޅުވީ އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން : ޒުވާނުން ޑިމާންޑުކުރި ނަަމަވެސް އޭނާ ވިދާޅުވީ އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އޭޕްރީލް 18، ގެ ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހި, އޭނާގެ އިސްތިއުފާއަށް ޒުވާނުން ގޮވަމުންދިޔަ ނަމަވެސް އިސްތިއުފާދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިން ވަނީ އިހުސާންގެ އިތުރުން، ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އަދި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ރޭ ގޮވާލައިފައި އެވެ.

މިކަމާ ގުޅިގެން އަދަދު ނޫހާ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ޒުވާނުންގެ ޑިމާންޑުތަކާމެދު ގޮތެއް ނިންމާނީ ސަރުކާރުން ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. މިނިސްޓަރުގެ އަމިއްލަ ވިސްނުމަކީ ކޮބައިތޯ ސުވާލުކުރުމުން ވިދާޅުވީ އިސްތިއުފާދޭން ޖެހޭވަރުގެ ކަމެއް ހިނގައިގެން އުޅޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

Advertisement

"އަޅުގަނޑު އަނެއްހެން ގަބޫލެއް ނުކުރަން އަޅުގަނޑު އިސްތިއުފާދޭން ޖެހޭ ވަރު ކަމެއް ވެގެން އުޅޭ ކަމަކަށެއް. ހާއްސަކޮށް މި ކޭސްއާ ގުޅިގެން އަޅުގަނޑު ގަބޫލެއް ނުކުރަން. އެބޭފުޅުން އިސްތިއުފާއަށް ގޮވަނީތާ. އެކަމު ކޮން ކަމެއް ވެގެންކަން އިސްތިއުފާދޭން ޖެހެނީ. އޭގެ ރީޒަނަބަލް ޖަސްޓިފިކޭޝަނެއް އަދިޔެއް ދީފައެއް ނެތް،" އިހުސާން ވިދާޅުވި އެވެ.

މުޒާހަރާ ފެށީ އަންހެން ކުއްޖާ ގޭންގް ރޭޕްކޮށްފައި އެއްލައިލީ ކަމަށް ބުނެ ކަމަށާއި އިސްތިއުފާއަށް ގޮވަން ފެށީ ކަން ހިނގީ އެހެން ނޫންކަން އެނގުމުން ކަމަށެވެ. އިސްތިއުފާއަށް ގޮވަނީ މިކަން ސިޔާސީ ކުރަން ކަމަށްވެސް އިހުސާން ތުހުމަތުކުރެއްވި އެވެ.

"ދެން ކުދިން އެބަ ޑިމާންޑު ކުރޭ އިންސާފު ހޯދަ ދިނުމަށާއި، ދެފުށް ފެންނަ ތަހުގީގެއް ފެށުމަށް. އެކަންކަން އެއީ އަޅުގަނޑު ހަމަ 100 ޕަސެންޓު ކަށަވަރުކުރާނެ ކަންކަން. އެއަށް އަޅުގަނޑު ހަމަ ސަޕޯޓު ވެސް ކުރާނަން. އަޅުގަނޑުގެ ވުޒާރާގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އިހުސާން ވަނީ އޭނާގެ ވުޒާރާގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ފުލުހުންގެ މުއައްސަސާގެ ކޮމިޝަނަރު ޝުޖާއު ވެސް އިސްތިއުފާދެއްވަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއް ކަމުގައި އޭނާ ދެއްކެވީ މި މައްސަލައިގެ ތަހުގީގު ނިމިފައި ނުވުމެވެ.

"މި މައްސަލައިގަ މިހާތަނަށް ބެލި ބެލުމަކުން ފުލުހުން އިހުމާލުވެފަ އޮތް ކަމަކަށް ނުފެނޭ. އެކަމަކު އަޅުގަނޑު ގަބޫލުކުރަން މައުލޫމާތު ދިނުމުގައި، ސެޝަންތައް ބާއްވާއިރު ފުލުހުންގެ އެކްސްޕްލެނޭޝަންތައް އެއަށްވުރެ ސާފު ކުރެވޭނެ ކަމަށް،" އިހުސާން ވިދާޅުވި އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. ޒުވާނުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުގެ މައިގަނޑު ސަބަބަކީ އެއީ އެވެ.

އުސް އިމާރާތަކުން ވެއްޓުނީ ހައްވާ ޔުމްނު ރަޝީދު، 21، އެވެ. ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނޫ ރައުދު އަހުމަދު ޒިލާލް، 21، އެވެ.

ރައުދު ހައްޔަރުކުރުމަށް ފުލުހުން އެދުމުން ކޯޓުން އެ އަމުރު ނެރުނީ ބުރާސްފަތި ދުވަހު ހެދުނު އެވެ. އަމުރުގެ ދަށުން އޭނާ ހައްޔަރުކުރީ ބުރާސްފަތި ދުވަހު އިރުއޮއްސި 6:20 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް، އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް، މައްސަލައިގެ މައުލޫމާތު ސިއްރުކޮށް، މުޅި މައްސަލަ އޮޅުވާލަން ފުލުހުން މަސައްކަތްކުރާ ކަމުގެ ތުހުމަތަަށް ބާރު ލިބޭ ގޮތަށް ފުލުހުންގެ އަމަލުތައް ފެންނަން ފެށުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox