‏ގޫގުލްގެ"އައިޑެންޓިޓީ ޗެކް"‏‎‏އިތުރު ފޯނުތަކަށް ‏‏ތައާރަފްކުރަނީ

‏ގޫގުލްގެ"އައިޑެންޓިޓީ ޗެކް"‏‎‏އިތުރު ފޯނުތަކަށް ‏‏ތައާރަފްކުރަނީ

‏ގޫގުލްއިން އެކުންފުނީގެ "އައިޑެންޓިޓީ ޗެކް" ‏‏ސެކިއުރިޓީ ފީޗާ އިތުރު ފޯނުތަކަށް ‏‏ތައާރަފު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ‏‏ރިޕޯޓުތަކުން ދައްކައިފި އެވެ. މިހާރު މި ފީޗާ ‏‏ލިބެނީ ހަމައެކަނި ސެމްސަން އަދި ގޫގުލް ‏‏ޕިކްސެލް ފޯނުތަކުގައެވެ‏‎.‎

‏އައިޑެންޓިޓީ ޗެކް ފީޗަރަކީ ފޯނު ވަގަށް ނެގުމުން ‏‏ބޭނުންކުރާ ފަރާތުގެ ޑޭޓާ އަދި ގޫގުލް އެކައުންޓް ‏‏ރައްކާތެރިކުރުމަށް ފަރުމާކޮށްފައިވާ ފީޗަރެކެވެ. މި ‏‏ފީޗާ އެކްޓިވޭޓްކޮށްފައި ހުންނަ ފޯނުތަކުގައި ‏‏މުހިންމު ސެޓިންތަކަށް ބަދަލު ގެނައުމުގެ ‏‏ކުރިން ބަޔޯމެޓްރިކް އޮތެންޓިކޭޝަން ‏‏ބޭނުންވާނެއެވެ‏‎.‎

‏އެންޑްރޮއިޑް އޮތޯރިޓީއިން ވަނީ ވަން ޕްލަސް 13 ‏‏ފޯނުގެ އެންޑްރޮއިޑް 16 ބީޓާ ވަރޝަންގައި މި ‏‏ފީޗާ ފެނިފައިވާ ކަމަށް ބުނެފައެވެ. މި ފީޗާއަކީ ‏‏2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގޫގުލްއިން ‏‏އެ ކުންފުނީގެ ފޯނުތަކަށް ތައާރަފުކުރި ފީޗާ ‏‏އެއްގޮތް ފީޗާ އެކެވެ. ސެމްސަންގއިން މި ފީޗާ ‏‏ތައާރަފުކޮށްފައިވަނީ އެންޑްރޮއިޑް 15 އަށް ‏‏ބިނާކޮށްފައިވާ ވަން ޔޫއައި 7 އަޕްޑޭޓާ އެކުގައެވެ‏‎.‎

‏އެންޑްރޮއިޑް 16 އާންމުކޮށް ލިބެން ފެށުމުން ‏‏އެހެން ފޯނުތަކަށްވެސް މި ފީޗާ ލިބޭނެ ކަމަށް ‏‏ލަފާކުރެވެއެވެ. އެޕަލްއިން މިފަދަ ފީޗަރެއް ‏‏ތައާރަފުކޮށްފައިވަނީ ނިމިދިޔަ އަހަރު އައިއޯއެސް ‏‏17.3 އަޕްޑޭޓާ އެކުގައެވެ. އެ ފީޗަރަށް ކިޔަނީ ‏‏"ސްޓޯލަން ޑިވައިސް ޕްރޮޓެކްޝަން" އެވެ‏‎.‎

‏ސްމާޓްފޯނުތަކުގެ ސެކިއުރިޓީ ފީޗާތައް ‏‏އިތުރުކުރުމަކީ ފޯނު އުފައްދާ ކުންފުނިތަކުން ‏‏އަބަދުވެސް އިސްކަންދޭ ކަމެކެވެ. މީގެ ކުރިން، ‏‏2023 ވަނަ އަހަރު ގޫގުލްއިން ވަނީ "ފައިންޑް ‏‏މައި ޑިވައިސް" ނެޓްވޯކް ތައާރަފުކޮށްފައެވެ. މި ‏‏ނެޓްވޯކްގެ ސަބަބުން ގެއްލިފައިވާ ނުވަތަ ވަގަށް ‏‏ނަގާފައިވާ ފޯނުތައް ހޯދުމަށް ފަސޭހަވެގެން ‏‏ދިޔައެވެ. ‏

‏"އައިޑެންޓިޓީ ޗެކް" ފީޗާއަކީ މިފަދަ ސެކިއުރިޓީ ‏‏ފިޔަވަޅުތަކުގެ އިތުރު ފިޔަވަޅެކެވެ. މި ފީޗާ ‏‏ތައާރަފުކުރުމާއެކު، ފޯނު ވަގަށް ނެގުމުން ނުވަތަ ‏‏ގެއްލުމުން ބޭނުންކުރާ ފަރާތުގެ އަމިއްލަ ‏‏މައުލޫމާތު ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅެއް ‏‏އެޅިގެންދާނެއެވެ. މިއީ ޑިޖިޓަލް ސަލާމަތާއި ‏‏ރައްކާތެރިކަމަށް އިތުރަށް އަހައްމިއްޔަތުކަން ‏‏ދެވެމުންދާކަން ދައްކުވައިދޭ ކަމެކެވެ.‏

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox