ގާނޫނުއަސާސީގެ ބާރު ކަނޑުވައިލި ކަމަށް ނިންމައި ދެކުނު ކޮރެއާގެ ރައީސް މަގާމުން ވަކިކޮށްފި

Apr 4, 2025, 4:31 AM
ގާނޫނުއަސާސީގެ ބާރު ކަނޑުވައިލި ކަމަށް ނިންމައި ދެކުނު ކޮރެއާގެ ރައީސް މަގާމުން ވަކިކޮށްފި

ސޯލް، ދެކުނު ކޮރެއާ (އެޕްރީލް 4) - ދެކުނު ކޮރެއާގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫން ސުކް ޔޮލް އެ ގައުމުގެ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލާފައިވާތީ އޭނާގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓު ދަމަހައްޓައި އޭނާ އެ މަގާމުން ވަކިކުރުމަށް ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވާދަވެރިން ހައްޔަރު ކުރުމަށް ޔޫން ނިންމެވުމާ ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ގައުމުގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއީ އޭނާއަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް މަޖިލީހުން އޮތީ ކަނޑައަޅާފަ އެވެ.

ވަގުތީ އުއްތަމަ ފަނޑިޔާރު މޫން ހިޔުންގ-ބޭ ވިދާޅުވީ ޑިސެމްބަރު 3, 2024 ގައި ޔޫން ރައީސްކަމުގެ މަސްއޫލިއްޔަތާ ހިލާފުވެވަޑައިގަނެ ގާނޫނު އަސާސީން އޭނާއަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން އަމަލު ކުރެއްވި ކަމަށެވެ. އަދި އޭނާއަކީ ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ސީރިއަސް ނުރައްކަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"ޑިމޮކްރެޓިކް ޖުމްހޫރިއްޔަތެއްގެ މުސްތަގިއްލު މެންބަރުންގެ ގޮތުގައި ތިއްބެވި ރައްޔިތުންގެ އަމާނާތަށް ޔޫން ވަރަށް ބޮޑު ހިޔާނާތެއްވި،" މޫން ވިދާޅުވި އެވެ.

މަޖިލީހުގައި އޮތް އަގުލަބިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، ކުއްލި ހާލަތު އިއުލާނު ކުރެއްވި ކަމަށް ޔޫން ދެއްކެވި ގިނަ ވާހަކަތައް ކޯޓުން ބޭރުކޮށްލީ ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ގާނޫނީ ގޮތުން އެކަށީގެންވާ ގޮތްތަކެއް އެބަހުރި ކަމަށް ބުނެ އެވެ.

އެ ގައުމުގެ ގާނޫނުއަސާސީ ބުނާ ގޮތުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އަވަސް އިންތިހާބެއް ބާއްވައި ރައީސަކު އިންތިހާބުކުރަން ޖެހެ އެވެ. އާ ރައީސަކު ހުވާ ކުރަން ދެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ބޮޑުވަޒީރު ހަން ޑަކް-ސޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox