ދެކުނު ކޮރެއާގެ ރިޒާވް އެސެޓަކަށް ބިޓްކޮއިން ނުބަލަން ނިންމައިފި

ދެކުނު ކޮރެއާއަކީ ކްރިޕްޓޯ ފައިސާތަކާމެދު އިދިކޮޅު ވިސްނުމެއް ގެންގުޅޭ ގައުމެއް --

ދެކުނު ކޮރެއާއަކީ ކްރިޕްޓޯ ފައިސާތަކާމެދު އިދިކޮޅު ވިސްނުމެއް ގެންގުޅޭ ގައުމެއް --

ދެކުނު ކޮރެއާގެ މަރުކަޒީ ބޭންކުން ބިޓްކޮއިން އެ ގައުމުގެ ރިޒާވް އެސެޓެއްގެ ގޮތުގައި ހިމެނުމަށް ނުވިސްނާ ކަމަށް ބުނެފި އެވެ.

ބޭންކް އޮފް ކޮރެއާ (ބީއޯކޭ) އިން ބުނެފައިވަނީ ބިޓްކޮއިންގެ އަގަށް އަންނަ ބޮޑެތި ބަދަލުތަކަކީ ގައުމުގެ އިގްތިސާދީ ސްޓެބިލިޓީއަށް ނުރައްކަލެއް ކަމަށެވެ.

ދެކުނު ކޮރެއާއިން މިގޮތަށް ނިންމާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިގު މުއްދަތަކަށް ބިޓްކޮއިން އަދި އެހެނިހެން ކްރިޕްޓޯ ފައިސާތައް ރިޒާވްގެ ގޮތުގައި ބެހެއްޓުމަށް ނިންމި ތަނާ ދުވަސްކޮޅެއް ފަހުންނެވެ. ބީއޯކޭ އިން ބުނެފައިވާ ގޮތުގައި ކްރިޕްޓޯ އެސެޓެއް ރިޒާވް އެސެޓްގެ ގޮތުގައި ހިމެނުމުގެ ކުރިން ފުންކޮށް ދިރާސާކުރަން ޖެހެއެވެ.

ކޮރެއާ ހެރަލްޑްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މިހާތަނަށް ދެކުނު ކޮރެއާއިން ބިޓްކޮއިން ފޮރިން އެކްސްޗޭންޖް ރިޒާވްގައި ހިމެނުމާ މެދު ވިސްނާފައި ވެސް ނުވެއެވެ. ބިޓްކޮއިނަކީ އެންމެ އަގުބޮޑު ކްރިޕްޓޯ ފައިސާ ކަމަށްވާއިރު، އޭގެ އެންމެ މަތީ އަގު 108،000 ޑޮލަރަށް އަރާފައިވެއެވެ. މިވަގުތު ބައިނަލްއަޤްވާމީ މާރުކޭޓުތަކުގައި ބިޓްކޮއިންގެ އަގު ހުރީ 83،687 ޑޮލަރުގައެވެ.

"ކްރިޕްޓޯ މާރުކޭޓް ހަލަބޮލިވެއްޖެ ހާލަތެއްގައި، ބިޓްކޮއިން ފައިސާއަށް ބަދަލުކުރުމުގެ ޚަރަދު ވަރަށް ބޮޑުތަން އިތުރުވެދާނެ،" ބީއޯކޭ އިން ބުނެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ބިޓްކޮއިނާ ގުޅޭ ގޮތުން ބީއޯކޭގެ ކަންބޮޑުވުންތައް އިތުރަށް ތަފްސީލުކޮށްދެމުން، އެ ބޭންކުން ފާހަގަކޮށްފައިވަނީ ބިޓްކޮއިން އައިއެމްއެފްގެ މިންގަނޑުތަކާ ނުގުޅޭ ކަމަށެވެ. އައިއެމްއެފްގެ ގައިޑްލައިންތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ރިޒާވް އެސެޓްތަކުގެ ލިކުއިޑިޓީ، މާރުކޭޓް ވެލިއު އަދި ކްރެޑިޓް ރޭޓިން ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓަން ޖެހެއެވެ. ނަމަވެސް ކްރިޕްޓޯ ފައިސާތަކަށް މިހާރު މިކަން ކަށަވަރުކޮށްނުދެވެ އެވެ. މިވަގުތު 2.74 ޓްރިލިއަން ޑޮލަރުގެ އަގު ހުރި ކްރިޕްޓޯ ދާއިރާއަށް އިގުތިސާދީ ކުދި އަދި ބޮޑެތި ކަންކަމުގެ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ.

މި ކަންކަމަށް ރިޢާޔަތްކޮށް، ބީއޯކޭ އިން ބުނެފައިވަނީ ރަން އަދި ފިއެޓް ފައިސާތަކާއެކު ބިޓްކޮއިން ރިޒާވް އެސެޓެއްގެ ގޮތުގައި ހިމެނުމަށް އަދި ވިސްނާފައި ނުވާ ކަމަށެވެ. މިވަގުތު ދެކުނު ކޮރެއާ އަމާޒުކޮށްފައިވަނީ ކުންފުނިތަކުގެ ބައިވެރިވުމާ ގުޅޭ ކްރިޕްޓޯ ގައިޑްލައިންތައް އެކުލަވާލުމަށެވެ. އެ ގައުމުގެ ފައިނޭންޝަލް ސަރވިސަސް ކޮމިޝަން (އެފްއެސްސީ) އިން ފަހުން އިޢުލާނުކޮށްފައިވާ ގޮތުން، މި ގައިޑްލައިންތައް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނިންމާނެ އެވެ.

ބިޓްކޮއިނަކީ 2009 ވަނަ އަހަރު ތަޢާރަފުކުރެވުނު ފުރަތަމަ ޑިޖިޓަލް ކްރިޕްޓޯކަރަންސީއެވެ. މީގެ ފަހުން ގިނަ ޤައުމުތަކުން ބިޓްކޮއިން އަދި އެހެނިހެން ކްރިޕްޓޯ ފައިސާތަކާމެދު ތަފާތު ސިޔާސަތުތައް ގެންގުޅެމުން އައިސްފައިވެއެވެ. ބައެއް ގައުމުތަކުން މި ފައިސާތައް ޤާނޫނީ ގޮތުން ބަލައިގަންނައިރު، އަނެއްބައި ޤައުމުތަކުން މަނާކުރެއެވެ.

ދެކުނު ކޮރެއާއަކީ ކްރިޕްޓޯ ފައިސާތަކާމެދު ތަންކޮޅެއް ދެކޮޅުވެރި ސިޔާސަތެއް ގެންގުޅޭ ޤައުމެކެވެ. ނަމަވެސް، އެ ޤައުމުގައި ކްރިޕްޓޯ ފައިސާ ބޭނުންކުރުން މުޅިން މަނާކޮށްފައެއް ނުވެއެވެ. މިފަދަ ނިންމުންތަކުން ދައްކުވައިދެނީ ކްރިޕްޓޯ ފައިސާތަކާމެދު ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކުން ދެކޭގޮތް ތަފާތުވާ މިންވަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox