ރާއްޖޭގެ އަންސޯލްޓަޑް ރޭސިން ކްލަބް ލަންކާ ޑްރޭގް ވޯޒްއަށް

ރޭސިން އެސޯސިއޭޝަނުން ބޭއްވި މުބާރާތެއްގެ ތެރެއިން

ރޭސިން އެސޯސިއޭޝަނުން ބޭއްވި މުބާރާތެއްގެ ތެރެއިން

ސްރީލަންކާ މޮޓޯރޭސިން ކްލަބުން ބާއްވާ ޑްރެގް ވޯސް މުބާރާތަށް ރާއްޖެގައި ރޭސިންގައި ނަން މަޝްހޫރު އަންސޯލްޓަޑް ރޭސިންގެ ހަމްދޫން ނަސީރް (އޮންޕި) އާއި ހަސަން ފަޔާޒް (ފަޔާ) ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ލަންކާގެ ކަޓުކުރުނާޑާ ރޭސިންގް ޓުރެކުގައި ޖެނުއަރީ 26، ގައި ބާއްވާ އެ މުބާރާތުގައި ވާދަކުރާ ދިވެހި ދެ އެތުލީޓުން ބައިވެރިވީ 600ސީސީ އާއި 1000ސީސީ ކެޓެގަރީގެ އިވެންތަކުގަ އެވެ.

އަންސޯލްޓަޑް ރޭސިން އިން ބުނީ މުބާރާތުގައި ކްލަބުގެ ނަމުގައި އެ ދެ އެތުލީޓުން ބައިވެރިވި ނަމަވެސް، އެތުލީޓުން ތަމްސީލު ކުރާނީ ރާއްޖެ ކަމަށާއި އެތުލީޓުން ރާއްޖެ އަށް ރީތި ނަމެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރޭސިން އެސޯސިއޭޝަނުގެ އިތުރުން ސްޕޯޓްސް މިނިސްޓްރީން މުބާރާތުގައި ކްލަބު ވާދަކުރުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުންދީ އެހީތެރިވިކަން އަންސޯލްޓަޑް ރޭސިއިން ފާހަގަކުރި އެވެ.

މީގެ ކުރިން ލަންކާގެ އިތުރުން ތައިލެންޑުގައި ބޭއްވި އެކި ރޭސިން މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ވަނީ ވާދަކޮށް ވަނަތައް ވެސް ހޯދާފަ އެވެ.

އެ ގޮތުން ތައިލެންޑުގައި 2022 ގައި އޮތް ޑްރޭގް ރޭސްއެއްގައި ރާއްޖޭގެ ކްލަބް 30 މޮޓޯ ސްޕޯޓްސްގެ އަލީ އައިމަން ވަނީ ވާދަކޮށް ހަތަރު ވަނަ ހޯދާފަ އެވެ.

ރޭސިން އަށް ލޯބިކުރާ ގިނަ އެތުލީޓުން ރާއްޖޭގައި ތިބިއިރު، ރޭސިންގައި އުޅޭ ޒުވާން އެތުލީޓުންގެ އެންމެ ބޮޑު ޝަކުވާއަކީ އެ އެތުލީޓުން ފަރިތަކޮށް މުބާރާތްތައް ކުރިއަށް ގެންދަން ރޭސިން ޓްރެކެއް ނެތުމެވެ.

ލަންކާ ރޭހަށް ފުރާ ދެ ރައިޑަރުންނަށް ފަރިތަކުރާނެ ގޮތެއް ހަމަ ނުޖެހުނު ކަމަށާއި މިދިޔަ މަހު ހުރިހާ ކަމެއް ހަމަޖެހި ބާއްވަން ތައްޔާރުވި އިވެންޓް ފަހު ގަޑީ ކެންސަލްކޮށްލުން ވެގެން ދިޔައީވެސް އެތުލީޓުން ފަރިތަކޮށްލަން ލިބުނު ފުރުސަތު ގެއްލުނު ކަމެއްކަން އަންސޯލްޓަޑް ރޭސިން އިން ފާހަގަކުރި އެވެ.

ރޭސިން އެސޯސިއޭޝަނުގެ ނައިބުރައީސް ޝަރުވާން ޝަރީފް ވިދާޅުވީ ކުޅިވަރެއްގައި ކުރިއަރަން އޮތް ފުރުސަތު ގެއްލުވާލައިގެން ނުވާނެ ކަމަށާއި ސަރުކާރުން ޒުވާނުންނަށް ދެނީ ވަރަށް ގޯސް މެސެޖެއް ކަމަށެވެ.

"ކުރިޔަށް ދާން ބޭނުންވާ ކުޅިވަރުގައި ކުރިޔަށް ދެވެން ނެތީޔާ ދިރިއުޅުމުގައި ކޮންމެވެސް ކަމެއް ހިޔާރު ކުރާނެ. އެހެން ކުރާ އިރު ގިނަ ފަހަރު ދަނީ ހެޔޮ މަގުން ކައްސާލައިގެން މިއީ އަޅުަގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް ނޫން،” އޭނާ ވިދާޅުވި އެވެ.

ރޭސިން އެސޯސިއޭޝަންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން އެ އެސޯސިއޭޝަނުން ސަރުކާރާ އެކު މަޝްވަރާތައް ކުރި ނަމަވެސް، މިހާތަނަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެ އެވެ.

މި މުބާރާތަށް ފުރާގޮތަށް ހަމަޖެހިފައިވަނީ، މި މަހުގެ 21 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox