ބަޝާރުލް އަސަދު ފިއްލަވައިގެން ވަޑައިގަތީ ރަޝިއާއަށް

ރަޝިއާގެ ރައީސް ޕުޓިން އަދި ސީރިއާގެ ކުރީގެ ރައީސް އަސަދު --- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ ރައީސް ޕުޓިން އަދި ސީރިއާގެ ކުރީގެ ރައީސް އަސަދު --- ފޮޓޯ: އޭއެފްޕީ

ހަނގުރާމަވެރި ޖަމާއަތްތަކުން ސީރިޔާގެ ވެރިރަށް ދިމިޝްކު ހިފައި، ދުވަސްވީ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމާއެކު އެ ގައުމުގެ ރައީސް ކަމުން ބަޝާރުލް އަސަދު އިސްތިއުފާ ދެއްވައި، އާއިލާއާއެކު އާއިލާއާއެކު ވަޑައިގަތީ ރަޝިއާއަށް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސީއެންއެން އަދި ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަސަދު އަދި އާއިލާ މިހާރު ތިއްބެވީ ރަޝިއާގެ ވެރިރަށް މޮސްކޯގަ އެވެ. ރަޝިއާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އެ ގައުމުން މިހާރު އަސަދު އަދި އާއިލާއަށް ވަނީ ހިމާޔަތް ދީފަ އެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުން، ހަނގުރާމަވެރިން ދިމިޝްކު ހިފުމާއެކު އަސަދު އެ ސިޓީ ދޫކޮށް ދިޔައީ އެ ގައުމުގައި ހުރި ރަޝިއާގެ އަސްކަރީ މަރުކަޒަކަށެވެ. އިސްތިއުފާ ދެއްވީ އެ މަރުކަޒުގައި ހުންނަވައިގެން ކަމަށް ބެލެވެ އެވެ.

Advertisement

އަސަދުއަށް ހިމާޔަތް ދިނުމަށްފަހު ރަޝިއާއިން މިހާރު ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބޭއްވުމަށް އެދިފަ އެވެ.

ސީރިއާގައި ރަޝިއާގެ ގިނަ އަސްކަރީ މަރުކަޒުތަކެއް ހުރި ނަަމަވެސް، އެ ތަންތަނަށާއި އެ ގައުމުގެ ޑިޕްލޮމެޓުންނަށް ގެއްލުން ނުދޭނެ ކަމުގެ ޔަގީންކަން، ސީރިއާގެ ކޮންޓްރޯލް ނަގާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަޝިއާ އަކީ މާޗު 2011 ގައި ސީރިއާގައި ފެށި ދާހިލީ ހަނގުރާމާގައި އަސަދު އަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން އެއް ގައުމެވެ. ރަޝިއާގެ ސިފައިންވެސް ވޭތުވެދިޔަ ތަހަރުގެ ތެރޭގައި ސީރިއާގެ އިދިކޮޅު ގްރޫޕުތަކާ ހަނގުރާމަކުރި އެވެ.

އަސަދުގެ ވެރިކަން ނިމުކަމަށް އައުމާއެކު ގިނަ ގައުމުތަކަކުން އަންނަނީ އެކަމަށް މަރުހަބާ ކިޔާ ސީރިއާގައި އާ ސަރުކާރެއް އެކުލަވާލުމަށް ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox