މަޖިލީހުގެ ރައީސް އަބްދުއްރަހީމުގެ މެޔަށް ތަދެއް އަރައި، ހާލު ދެރަވެގެން ފަރުވާދެނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އެމަނިކުފާނުގެ މެޔަށް ތަދެއް އަރައިގެން ދަނީ ފަރުވާ ދެމުން --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އެމަނިކުފާނުގެ މެޔަށް ތަދެއް އަރައިގެން ދަނީ ފަރުވާ ދެމުން --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މެޔަށް ތަދެއް އަރައިގެން ފަރުވާދޭން ފަށައިފި އެވެ.

މަޖިލީހުގެ އަމީންއާންމު އައިމިނަތު ނިއުޝާ "އަދަދު" އަށް ވިދާޅުވީ އަބްދުއްރަހީމަށް މިވަގުތު ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭގެ ވަގުތެއްގައި އަބްދުއްރަހީމް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް މައުލޫމާތު ލިބިިފައިވާ ކަމަށް ވެސް ނިއުޝާ ވިދާޅުވި އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހީމަށް ސިއްހީ ހާލަތެއް މެދުވެރިވީ މިއަދު ހަވީރު ސަރުކާރުގެ އިސް ފަރާތްތަކަކާއެކު ކުރިއަށްދިޔަ ބައްދަލުވުމެއްގައި ހުންނަވަނިކޮށެވެ.

އަބްދުއްރަހީމްއަކީ ހާޓް ޕޭޝަންޓެކެވެ. އޭނާގެ ހިތުގެ ހިނގުން ރަނގަޅު ކުރަން ހުންނަނީ ޕޭސްމޭކާއެއް ލައްވައިފަ އެވެ. ޕޭސްމޭކާއަކީ ހާޓް ރޭޓާއި ރިދަމް ރެގިއުލޭޓް ކުރަން ލައްވާ އިލެކްޓްރޯނިކް ޑިވައިސްއެކެވެ.

އަބްދުއްރަހީމް މީގެ ކުރިންވެސް ވަނީ މެޔަށް ތަދު އަރައިގެން އެކި ފަހަރުމަތިން ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދީފަ އެވެ. އަދި އެމަނިކުފާނުގެ ހިތުގެ މައްސަލަތަކަކަށް ފަރުވާ ހޯދި ކަމަށް ވެސް މީގެ ކުރިން ރާއްޖޭގެ އެކި ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ސިޔާސީ އެއް ލީޑަރެވެ. އެގޮތުން މިދިޔަ ދައުރުގައި ޕީއެންސީ ކޯލިޝަނު އިދިކޮޅުގައި އޮތްއިރު އެ ޕީޕީއެމް އަދި ޕީއެންސީ ހިންގެވުމުގެ އެންމެ އުހުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވީ އެމަނިކުފާނު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox