މުއްދަތު ހަމަވިތާ 28 ދުވަސް ފަހުން، މީޑިއާތަކުން އެދިގެން ކަމަށް ބުނެ އެމްއެމްސީއަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު: މީޑިއާތަކުން އެދިގެން ކަމަށް ބުނެ އެމްއެމްސީއަށް ކުރިމަތިލާން އަލުން ހުޅުވާލައިފި ---- ފޮޓޯ: ރަޢީސް އޮފީސް

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު: މީޑިއާތަކުން އެދިގެން ކަމަށް ބުނެ އެމްއެމްސީއަށް ކުރިމަތިލާން އަލުން ހުޅުވާލައިފި ---- ފޮޓޯ: ރަޢީސް އޮފީސް

މޯލްޑިވްސް މީޑިއާ ކައުންސިލުގެ 10 މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވިތާ މަހެއްހާ ދުވަސް ފަހުން، ބައެއް މީޑިއާތަކުން އެދިގެން ކަމަށް އަނެއްކާވެސް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީމް އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާ ފުރަތަމަ އިއުލާނު ގެޒެޓުކުރީ ސެޕްޓެމްބަރު 16، ގަ އެވެ. އެ އިއުލާނުގައި ސުންގަޑިއެއްގެ ގޮތުގައި އޮތީ ސެޕްޓެމްބަރު 25، އެވެ.

ނަމަވެސް، އެ އިއުލާނު ބާތިލުކުރުމެއްނެތި އޭރު ކުރިމަތިލީ މީހުން އަލުން ކުރިމަތިލާން ނުޖެހޭ ގޮތަށް އިތުރު މީހުންނަށް ފުރުސަތު ހުޅުވާލައި، ޔޫތު މިނިސްޓްރީން އިއުލާނުކުރީ މިއަދެވެ. އިތުރު ފުރުސަތު ދިން ސަބަބެއް ކަމުގައި ބުނީ މުއްދަތު އިތުރުކޮށްދިނުމަށް މީޑިއާ ތަކުން އެދެމުން ދިޔުމެވެ. މިހާރު ސުންގަޑިއަކަށް އޮތީ އޮކްޓޯބަރު 29، އެވެ.

އެކަމާ ގުޅިގެން އިއުލާނުގައި އިތުރު ތަފުސީލު ދޭނެ ކަމަށް ބުނެފަ އިން ނަންބަރަށް މި ނޫހުން ގުޅުމުން، މުއްދަތު އިތުރުކުރަން އެދުނު މީޑިއާތަކުގެ އަދަދާއި މުއްދަތު އިތުރުކުރީ ކޮން އުސޫލެއްގެ ދަށުންކަން ހާމަކުރަން މިނިސްޓްރީގެ އޮފިޝަލުން ވަނީ ދެކޮޅު ހަދާފަ އެވެ.

ކުރިމަތިލުމުގެ އިތުރުން، މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ހުށަހެޅުމަށް އޮތް މުއްދަތު ވެސް ވަނީ ޔޫތު މިނިސްޓްރީން އިތުރުކޮށްފަ އެވެ. މިއަދާ ހަމައަށް ކުރިން އޮތް އެ ފުރުސަތު ވެސް މިހާރު ވަނީ އޮކްޓޯބަރު 30، ގެ ރަސްމީ އޮފީސް ގަޑިއާ ހަމައަށް އިތުރުކޮށްފަ އެވެ.

މީޑިއާ ކައުންސިލުގެ ދައުރަކީ މީލާދީ ގޮތުން ދެ އަހަރެވެ. އަދި, ކައުންސިލުކަމުގައި ދެ ދައުރު ޖެހިޖެހިގެން އެއް މެންބަރަކަށް އަދައެއް ނުކުރެވޭނެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox