އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް: ވަރުގަދަ ޕެނަލިސްޓުން ފެނިގެންދާނެ

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް: ވަރުގަދަ ޕެނަލިސްޓުން ފެނިގެންދާނެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުރާސްފަތި ދުވަހު ބާއްވާ ގެސްޓްހައުސް ސިމްޕޯޒިއަމްގައި ބައިވެރިވާ ޕެނަލިސްޓުން އިއުލާން ކޮށްފި އެވެ.

ކްރޮސްރޯޑްސްގައި ބާއްވާ އެ ސިމްޕޯޒިއަމްގައި ތަފާތު ތިން ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާއިރު، އެ ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވަނީ ކަމާއި ގުޅުންހުރި ތަޖުރިބާކާރުންނާއި އެ ދާއިރާގެ މާހިރުންނެވެ.

އެމްއައިބީން ބުނީ އެ ސިމްޕޯޒިއަމްގައި އެކި ގެސްޓްހައުސްއާ ގުޅުން ހުރި އެކި ދާއިރާތަކުން ޕެނަލިސްޓުން މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރާނެ ކަމަށާއި އެ ޕެނަލް ޑިސްކަޝަންތަކުން ބައިވެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ.

ޕެނަލް 1: ގެސްޓްހައުސްގެ ތަޖުރިބާގެ އެހީގައި ހިދުމަތް ދިނުމުގެ މިންގަނޑާ ބެހޭ ޕެނަލް ޑިސްކަޝަން:

  • މޮޑަރޭޓަރު - ފާތިމަތު އުލާ (އެމްއައިބީގެ ޗީފް ޕީޕަލް އޮފިސާ)
  • ޕެނަލިސްޓް 1 - ޑރ. ޒަކަރިއްޔާ މޫސާ (ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ކޮންސަލްޓެންޓް)
  • ޕެނަލިސްޓް 2 - ކަރަމް އަހުމަދު (އއ. ތޮއްޑޫ ކައުންސިލް ރައީސް)
  • ޕެނަލިސްޓް 3 - ހުސެއިން އަފީފް (ގްލޯބަލް ކީނޯޓް ސްޕީކާ)

ޕެނަލް 2: ގެސްޓްހައުސް ވިޔަފާރިތައް މެދުވެރިކޮށް ކޮމިއުނިޓީތައް ބިނާކުރުން

  • މޮޑަރޭޓަރު - ހުސެއިން އާލިމް ޝަކޫރު (އެމްއައިބީގެ ޗީފް ރީޓެއިލް ބޭންކިން އޮފިސާ)
  • ޕެނަލިސްޓް 1 - ތޮއްޔިބު މުހައްމަދު (ވިޒިޓް މޯލްޑިވްސްގެ ކުރީގެ ސީއީއޯ)
  • ޕެނަލިސްޓް 2 - ޒުލައިހާ އިބްރާހިމް - (ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޯޑު މެންބަރު)
  • ޕެނަލިސްޓް 3 - މުހައްމަދު ވަހީދު (ކޮންސަލްޓަންޓް)
  • ޕެނަލިސްޓް 4 - އިޔާޒް ވަހީދު

ޕެނަލް 3: މުސްތަގުބަލުގައި ކާމިޔާބީ ދެމެހެއްޓުން

  • މޮޑަރޭޓަރު - ފާތިމަތު އަޒްމަތު އަލީ (އެމްއައިބީގެ ޗީފް ކްރެޑިޓް އޮފިސާ)
  • ޕެނަލިސްޓް 1 - އަލީ ޝަރީފް (ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓް ޗޭންޖް)
  • ޕެނަލިސްޓް 2 - ޑރ. އަބްދުﷲ މައުސޫމް (ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޓްރާންސް މީޑިއާގެ އެމްޑީ)
  • ޕެނަލިސްޓް 3 - ޑރ. ހުސެއިން ސަނީ އުމަރު (މޯލްޑިވްސް ހަލާލް ޓްރެވެލް އެންޑް ހަލާލް ވީކްލީގެ އެމްޑީ)

ރާއްޖޭގައި ހަލުވިކަމާ އެކު ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ އެ ސިމްޕޯޒިއަމް ވެގެންދާނީ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވާ ދެމެހެއްޓިނިވި ގޮތެެއްގައި ވިޔަފާރި ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް އެމްއައިބީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox