ސެޓްލައިޓް މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމުކުރާނަން: ގައްސާން

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގަތް ޑްރޯން އެއް ކައިރި ރައީސް ނައިބު ރައީސް އަދި ދިފާއީ ވަޒީރު --- ފޮޓޯ: ރައީސް އޮފީސް

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގަތް ޑްރޯން އެއް ކައިރި ރައީސް ނައިބު ރައީސް އަދި ދިފާއީ ވަޒީރު --- ފޮޓޯ: ރައީސް އޮފީސް

ސެޓްލައިޓް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގައްސާން ވިދާޅުވީ، މި ނިޒާމު ގާއިމުކުރުމަށް އެ ވުޒާރާއެކު މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަން އިން ކަމަށެވެ. އެ ފަރާތްތަކުން އެމެރިކާގެ ނާސާ އާއެކުވެސް މަސައްކަތް ކުރަމުންދާ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ.

"މި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން މި ބަލަނީ ދިވެހިރާއްޖޭގަ އަޅުގަނޑުމެންގެ މެރިޓައިމް ޑޮމައިން އެވެއާނެސް. ވާހަކައަކީ، އަޅުގަނޑުމެންގެ މުޅި ސަރަހައްދު ބެލުމުގެ މަސައްކަތް ވަރަށް ކައިރި މުސްތަގުބަލެއްގެ ތެރޭގަ ސެޓްލައިޓް މެދުވެރިކޮށް ބެލޭނެ ނިޒާމެއްވެސް ގާއިމުކުރަން،" ގައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ބައިނަލްއަގުވާމީ ޒިންމާ އަމިއްލައަށް އުފުއްލާ އެހެން ގައުމުތަކަށް ވެސް ރާއްޖޭގެ ސަރަހައްދަކީ ސުލްހަވެރި ތަނަކަށް ހެދުމަށް ރައީސް މުއިއްޒު ބޭނުންވާތީ އެކަން ހާސިލްކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައިނަލްއަގުވާމީ ދުނިޔެއަށް މުހިންމު ވަނީ ރާއްޖޭގެ އުތުރުން އޮންނަ 8 ޑިގްރީ ޗެނަލް މެދުވެރިކޮށް މުދާ އުފުލާ ގިނަ ބޯޓުތައް ދަތުރުކުރާތީ ކަމަށާއި އެ ވިޔަފާރިތަކަށް އަމާޒުކޮށް ކުށްވެރިން ރޭވުންތައް ރާވާ ކަމަށްވެސް ގައްސާން ވިދާޅުވި އެވެ.

"ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅު ހުރީ، އަޅުގަނޑުމެންގެ ތެރެއަށް އަންނަ މި ދެންނެވި މުއާމަލާތްތައް ހިނގާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން އެއީ އަޅުގަނޑުމެން އަމިއްލަ ގާބިލިއްޔަތު އިތުރުކޮށް ކުރާ މަސައްކަތެއް ކަމުގަ ހަދަން."

މި އަހަރު ކުރީކޮޅު ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ތުރުކީން ގަތް ޑްރޯންތަކަކީ ވެސް މި އަމާޒަށް ވާސިލުވުމަށް ކުރި މަސައްކަތެއް ކަމަށާއި އެ ޑްރޯންތަކުން ހަމަލާދޭން ޖެހިއްޖެ ހާލަތެއްގައި ހަމަލާ ދެވޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ޑްރޯންތައް ބޭނުންކޮށްގެން މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވަރަށް ފުރިހަމައަށް ބެލެހެއްޓޭ ކަމަށާއި ރައީސްގެ ވިސްނުން ހުރީ އެކަން އިތުރަށް ފުޅާކުރަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ތުރުކީން ގެނައި ޑްރޯންތަކާއެކު ރާއްޖޭގެ ކަނޑުގެ 900،000 އަކަކިލޯމީޓަރުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox