ފުޓްބޯޅަ ސީޒަން ފެށޭނެ ތާރީހެއް ބުނެވެން އަދި ނެތް

Sep 18, 2024, 1:17 PM
އޭއެފްސީ ޗެލެންޖް ލީގަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޕްރެކްޓިސް ކުރަނީ.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

އޭއެފްސީ ޗެލެންޖް ލީގަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޕްރެކްޓިސް ކުރަނީ.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށޭނެ ސީދާ ތާރީހެއް ބުނެވެން ނެތް ކަމަށް އެފްއޭއެމް ހިންގުން ފީފާ އިން ހަވާލުކޮށްފައިވާ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ފީފާ އިން އައްޔަންކުރި ނޯމަލައިިޒިން ކޮމިޓީން އެފްއޭއެމް ހިންގުމުގެ ކަންކަން ކުރަމުން އަންނައިރު، އެންމެ ބޮޑަށް އަމާޒުވަމުން އަންނަ ސުވާލަކީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމާ ބެހޭގޮތުންނެވެ.

Advertisement

ނޯމަލައިޒިން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ސުވާލު ވަނީ ކުރިމަތިވެފަ އެވެ. ޒުހޫރު ވިދާޅުވީ، ފުޓްބޯޅަ ސީޒަން ފެށޭނެ ސީދާ ތާރީހެއް ދެންނެވެން ނެތް ސަބަބެއް އެބައޮތް ކަމަށެވެ.

"މި ވަގުތު ވަކި ތާރީހެއް ދެންނެވެން ނެތް ސަބަބަކީ ނޯމަލައިިޒިން ޕްރޮސަސް ފެއްޓިފައި މި ވަނީ. ފެއްޓިފައިވާއިރު، ސީޒަނެއް ފައްޓަން ބެލިޔަސް މި ވަގުތު ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީސްތަކަކީ މި ވަގުތު ހުސްވެފައިވާ ކޮމިޓީސްތައް އެ ކޮމިޓީސްތައް އެކުލަވާނުލެވި ފައްޓައިގަނެވޭކަށެއް ވެސް ނެތް،" ކުރީގެ ސްޕޯޓްސް މިނިސްޓަރު، ޒުހޫރު ވިދާޅުވި އެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް އެންމެ ފުރަތަމަ ފައިސާ ދޭން ފެށީ، 2017 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެއީ، ސީޒަނަކަށް ތިން މިލިއަން ރުފިޔާގެ މަގުންނެވެ. އެ ފައިސާ ކްލަބްތަކަށް ދިނުން ހުއްޓާލީ، 2018 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިިހުގެ ސަރުކާރުންނެވެ. އެހެންވެ، 2019 ވަަނަ އަހަރުގެ ފަހުން، ކޮންމެ ސީޒަނަކު ކްލަބްތަކަށް ހަމަ އެ އަދަދަށް ފައިސާ ދޭން ނިންމީ އެފްއޭއެމް އިންނެވެ. އެކަމަކު، ޝަކުވާ އަކީ، އެ ފައިސާ ބަރާބަރަށް އެފްއޭއެމް އިން ކްލަބްތަކަށް ނުދޭ މައްސަލަ އެވެ.

އެފްއޭއެމުން މިދިޔަ އަހަރުތަކުގައި ކްލަބްތަކަށް ދޭން އެއްބަސްވާ ފައިސާ ނުދޭ މައްސަލަ އަހަރުން އަހަރަށް އަންނަނީ ބޮޑުވަމުންނެވެ. މި ވަގުތަށް ބަލާއިރު ކޮންމެ ޓީމަކަށް ވެސް ދޭން ޖެހޭ ފައިސާ ދެ މިލިއަނަށް ވުރެ އިތުރުކަމަށް އެނގިފައިވެ އެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކަންކަން އޮޅުންފިލުވަން، ނޯމަލައިޒިން ކޮމިޓީން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާ ވަނީ ވާހަކަ ދައްކައިފަ އެވެ. އެ ބައްދަލުވުމުގައި ކޮންމެ ކްލަބަކުން ވަނީ އެފްއޭއެމް އިން ދޭން އެއްބަސްވެފައިވާ ފައިސާ ނުލިބި ހުރި ކަމަށް ވިދާޅުވެފަ އެވެ.

ޒުހޫރު ވިދާޅުވީ، ފައިސާގެ ދަތިކަން އެބައޮތް ކަމަށާއި ކްލަބްތަކަށް ދޭން ޖެހޭ ފައިސާގެ ގޮތުގައި ހުރި ފައިސާ އަށް ބަލާއިރު އެ ފައިސާ އަކީ މުސްތަގުބަލުގައި މެނޭޖް ކުރެވޭނެ ކަމެއް ކަމަށެވެ.

"ދެން، ކްލަބް ހިންގާކަށް އެއްވެސް ހާލަތެއްގައި އެފްއޭއެމް އަކަށް ފައިސާ ދިނުމުގެ މެންޑޭޓެއް ނެތް. ހަމަ އެއާ އެކީގައި ކުޅުންތެރިން ހަޔާ ކުރުމަށް ވެސް އެފްއޭއެމް އަށް ފައިސާ ދިނުމުގެ މެންޑޭޓެއް، އެފްއޭއެމް އަކު ނެތް. އަދި ފީފާ/އޭއެފްސީގައި ވެސް ތި ސުވާލުކުރިން. އެ ބޭފުޅުން ވިދާޅުވަނީ، އެފްއޭއެމް އަކީ އެއްވެސް ގޮތަކަށް، ކްލަބްތަކަށް ފައިސާ ދީގެން ކްލަބްތައް ހިންގުމުގެ މަސްއޫލިއްޔަތު އޮތްބައެއް ނޫނޭ،" ޒުހޫރު ވިދާޅުވި އެވެ.

"(ފުޓްބޯޅަ) ކްލަބްތަކަށް ކުރީގެ އެކްސްކޯގެ ބޭފުޅުންގެ ފަރާތުން ކްލަބްތަކަށް ކޮންމެ ވެސް ވަރަކަށް ފައިސާ ލިބިފައިވާ ކަމަށް ވޭ އެ ފައިސާ ކްލަަބްތަކަށް އެ ދެވުނު އުސޫލުތަކެއް ފެންނާކަށެއް ނެތް، މި ވަގުތު އެކަން ބަލަމުން މި ދަނީ. ދެން، އެ ފައިސާ ދެވިފައި އޮތީ ކޮންބައެއްގެ ކޮންޓްރިބިއުޝަން އަކުންތޯ، އަޅުގަނޑުމެން އެފްއޭއެމްއާ މަތިކުރެވިފައި އެ އޮތީ، އެ ފައިސާ ދިނުމަށް ދެވޭނެ ފައިސާއެއް ލިބިއްޖެނަމަ، އަޅުގަނޑުމެން އެ ފައިސާއެއް ނުއެއް ހިފަހައްޓާނަން." ޒުހޫރު ވިދާޅުވި އެވެ.

މިދިޔަ ހަތަރު އަހަރު ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަންނަނީ، އަންނަ މަހު ފަހުކޮޅު ފަށާ އޭއެފްސީ ޗެލެންޖް ލީގަށް ޕްރެކްޓިސް ކުރަމުންނެވެ. މާޒިޔާއާ ހަވާލުވި ސާބިއާގެ ކޯޗު ޑްރަގަން ޑުކަނޮވިޗް ވެސް ވަނީ ރާއްޖޭގެ ލީގު ނެތި، އޭއެފްސީ މުބާރާތްތަކަށް ގޮސް ވާދަކުރަން ބަލާއިރު ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

އޭއެފްސީ މުބާރާތަށާއި ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އިން ވަނީ، ބިދޭސީ ހަތަރު ކުޅުންތެރިއަކު ވެސް ސޮއިކޮށްފަ އެވެ.

ރައީސް އޮފީހުގައި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށެން އޮތީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ މާލީ ހާލަތު ރަނގަޅުވެގެން ކަމަށެވެ.

މީގެ ހަތް މަސް ކުރިން ރާއްޖޭގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ފަހު، ރަސްމީ ސީނިއާ ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް ނުބާއްވަ އެވެ. ފުރަތަމަ ޑިވިޝަނަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ސީޒަން ނިމިފަ އެވެ. އެހެންކަމުން، ރާއްޖޭގައި ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ނުކުޅޭތާ ނުވަ މަސް ދުވަސް މި ވަނީ ފުރިހަމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox