އެފްއޭއެމްގެ ހުރިހާ ކަމެއްހެން އޮތީ ފެއިލްވެފައި: ޒުހޫރު

Sep 18, 2024, 12:29 PM
އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒުހޫރު ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަދަދު

އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒުހޫރު ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހުރިހާ ކަމެއްހެން އޮތީ ފެއިލްވެފައި ކަމަށާއި ގާތްގަނޑަކަށް އެފްއޭއެމް ނެތި ގޮސްފައި އޮއްވައި، ހުރިހާ ކަމެއް މި އޮތީ ރަނގަޅުކުރަން ޖެހިފައި ކަމަށް ފީފާ އިން ހަމަޖެއްސި އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖުލައި މަހު 23 ވަނަ ދުވަހު ފީފާ އިން ވަނީ އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިިންމައިފަ އެވެ. އެއީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން މާލީ ގޮތުން ބަނގުރޫޓްވެފައިވާ ހާލަތަކަށް އައިއިރު، އިދާރީ ގޮތުން ހިންގުމުގައި ވެސް ދަތިތަކެއް ހުރުމުންނެވެ.

މިދިޔަ މަހު، 19 ވަނަ ދުވަހު، ފީފާ އިން އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ ފައިނަލް ކުރިއިރު، ޗެއާމަނަކަށް ހަމަޖެއްސީ، ކުރީގެ ސްޕޯޓްސް އަދި ހެލްތު މިނިސްޓަރުކަން ކުރެއްވި، ޒުހޫރު އެވެ. މީގެ އިތުުރުން ވެސް ޒުހޫރު ވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ޕޮލިސީ ލެވަލާއި ހިންގުމުގެ ގިނަ މަގާމުތަކެއް ފުރުއްވައިފަ އެވެ.

ނޯމަލައިޒިން ކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީ އެވެ. މިއީ، މާލީ ދާއިރާ އާއި ގާނޫނީ ދާއިރާ އަދި އިދާރާތައް ހިންގުމުގެ ކަންކަމުގައި، އިލްމީ ގޮތުންނާއި އިދާރީ ގޮތުން ފުންނާބު އުސް ފަރާތްތަކެއް ގޮތަށް ގަބޫލުކުރެވޭތީ ފީފާ އިން ކޮމިޓީގައި ހިމެނި ބޭފުޅުންނެވެ. އަންނަ އަހަރުގެ ޖުލައި، 31 އަށް މެންޑޭޓް ދީފައިވަނީ އެފްއޭއެމް ނޯމަލައިޒް ހާލަތަށް ގެނައުމަށެވެ.

ނޯމަލައިޒިން ކޮމިޓީން މަސައްކަތް ފެށިތާ މަސް ދުވަސްވާން ކައިރިވެފައިވާއިރު، މިިއަދު އެ ކޮމިޓީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި، ޒުހޫރު ވިދާޅުވީ، އެފްއޭއެމްގެ ހާލަތު އޮތީ ގިނަ އަހަރުތަކެއްގެ ތެރެއިން ގޯސްވަމުން އައި "އެފްއޭއެމް ނެތިދާނެ" ހާލަތުގައި ކަމަށެވެ. އެހެންކަމުން، މި ވަގުތު ނޯމަލައިޒިން ކޮމިޓީން ހަވާލުވެ ތިބީ، އެ ފަރާތްތަކުގެ ހަޔާތުގައި ވެސް، އެންމެ "ޗެލެންޖިން" މަސައްކަތުގައި ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"މި ކަމުގައި މަސައްކަތް ކުރަން ޖެހިފައި މި އޮތީ ހަމައެކަނި ގަވަރްނަންސް އެކްސްޕަޓީޓް ލައިނަކުންނެއް ނޫން. މި ކަމުގައި އަޅުގަނޑުމެން ފޭސް ކުރަން ޖެހިފައި މި އޮތީ، ގަވަރުންނަންސް، ލީގަލް، އެޑްމިނިސްޓްރޭޓިވް، ޕޮލިސީ، މިހެން ގޮސް ކިޔާނެ ކަމެއް ނެތް އޮގަނައިޒޭޝަން އެއް ހިންގަން ބޭނުންވާ ހުރިހާ ވަސީލަތެއް މި ވަނީ ފެއިލްވެފައި، މިއީ ހަގީގަތަކީ،" ޒުހޫރު ވިދާޅުވި އެވެ.

"އެފްއޭއެމްގެ ގަވަރުނަންސް ވަނީ ފެއިލްވެފައި، އެފްއޭއެމްގެ އެޑްމިނިސްޓްރޭޓިވް ސްޓްރަކްޗާ ވަނީ ފެއިލްވެފައި. އެފްއޭއެމްގެ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ހިންގަންޖެހޭ މުއާމަލާތްތައް ހިންގިފައި ނެތްތަން މި ފެންނަނީ، ފައިނޭންޝިއަލީ އޮންނަން ޖެހޭ އުސޫލެއް ގާއިމްވެފައި ނެތްތަން މި ފެންނަނީ. އަދި ހެދެން ޖެހޭ އެސްއޯޕީ ހެދިފައި އޮންނަން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް ނެތްތަން މި ފެނުނީ، އަދި އެ އަށް އަމަލު ވެސް ނުކުރިތަން މި ފެންނަން އޮތީ،"

ޒުހޫރު ވިދާޅުވީ، މިއީ، އެފްއޭއެމް އަށް ވަރަށް ގިނަ ދުވަހުން މަޑުމަޑުން އައި ފެއިލްވުމެއް ކަމަށެވެ. އަދި އެ ފެއިލްވުން ބޮޑުވަމުން ގޮސް މިހާރު އޮތީ، އޭގެ ޒާތުގައި ބަލާނަމަ، އެފްއޭއެމް ނެތިގޮސްފައިވާ ކަމަށެވެ. އަދި މި ކަންކަން ރަނގަޅުކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން، ސެޓަޕެއް ގާއިމްކުރަން ނޯމަލައިޒިން ކޮމިޓީ އަށް ޖެހިފައިވާ ކަމަށް ވެސް ޒުހޫރު ފާހަގަކުރެއްވި އެވެ.

މި ވަގުތު، ލިޔެކިޔުމުން ފެންނަން ހުރި ދަރަންޏަށް ބަލާއިރު އުޅެނީ 30-35 މިލިއަން ރުފިޔާގެ ދެމެދުގައި ކަމަށް ޒުހޫރު ވިދާޅުވި އެވެ. އެކަމަކު، ހުރިހާ ކަމެއްގެ މައުލޫމާތަށް ބަލާއިރު، ޖުމްލަ ދަރަނި، 85 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެ ގޮތުން، މި ކަންކަމަށް އަލި އަޅުވާލައިގެން، ދަރަނި ރިސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޒުހޫރު ވިދާޅުވީ، މި ވަގުތު ވެސް އެފްއޭއެމް އަށް ބައެއް ކަމުގައި ފައިސާ ލިބެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެެފްއޭއެމްގެ އެކައުންޓަށް އެ ފައިސާ ވަންނައިރަށް، ކަނޑާލަމުންދާ ކަމަށާއި ސަބަބަކީ ތަންފީޒީ އިދާރާތަކާ ގުޅިފައި ހުރި އެފްއޭއެމްގެ ދަރަނީގެ މައްސަލަތަކާ ހެދި ކަމަށް ޒުހޫރު ފާހަަގަކުރެއްވި އެވެ.

ނޯމަލައިިޒިން ކޮމިޓީ އެއް ފީފާ އިން އައްޔަންކުރީ ވަރަށް ގިނަ ކަންކަމަށް ބަލާފައި ކަމަށާއި، މި ކޮމިޓީގައި ފުޓްބޯޅައިގެ ސީދާ މީހެއް ނެތް ކަމުގައި ވިޔަސް، ހަވާލުވެފައި ހުރި ޒިންމާ އަދާކުރެވޭނެ ފަރާތްތައް އެބަހުރި ކަމުގެ ޔަގީންކަން ޒުހޫރު ދެއްވި އެވެ.

އެފްއޭއެމް އިން ލިޔެކިޔުންތަަކާއި އެހެނިހެން، ކަންކަން ކޮށްފައިވަނީ އެއްވެސް އުސޫލެއް ނެތް ގޮތަށް، ލިޔެކިޔުން ބަަލަހައްޓާނެ ރަނގަޅު އުސޫލެއް ވެސް ނެތި ކަމަށެވެ. އަދި އެޑްމިނިސްޓްރޭޓިވް ކަންކަމަށް ބަލާއިރު ވެސް ހަރުދަނާ އުސޫލެއް ނެތް ކަމަށާއި މި ހުރިހާ ކަމެއް "ނޯމަލައިޒް" ކުރުމުގެ މަސައްކަތް މި ވަގުތު ހަވާލުވެފައި އޮތީ، ނޯމަލައިޒް ކޮމިޓީއާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

އެންމެ ބޮޑު މަގުސަދަކީ ފީފާ އިން ހަވާލުކޮށްފައިވާ ޒިންމާ، އެއް އަހަރު ދުވަސް ތެރޭ އެފްއޭއެމް ނޯމަލައިޒް ކުރުމުގެ ކަންކަން ހަމަޖެހިގެންދާ އުސޫލެއްގެ ތެރެއިން ނިންމާލުމަށެވެ. އަދި އެންމެ ބޮޑަށް މަސައްކަތް ކުރާނީ ވީހާވެސް އަވަހަށް، ކަނޑައަޅާފައިވާ މުއްދަތުގެ ވެސް ކުރިން ހުރިހާ ކަމެއް ނިންމާލައި، އެފްއޭއެމް އަލުން ހިނގައިގަންނާނެ ހަމަ މަގަކަށް އެޅުވުމަށް ކަމަށް ކޮމިޓީގެ މެމްބަރުން ވަނީ ބުނެފަ އެވެ.

ނޯމަލައިިޒިން ކޮމިޓީ އަށް މި ވަގުތު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ، އެފްއޭއެމްގެ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުމުގައި ކަމަށެވެ. މި ކަންތައްތައް މިހެން ހުރުމާ ގުޅިގެން، އެފްއޭއެމްގެ ހާލަތު މުޅިން އެއްކޮށް ދެނެގަންނަން އަދި އުނދަގޫ ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

ހުރި ގޮންޖެހުންތައް ހައްލުކޮށް ކުރިއަށްދިއުމަށް، ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަކަން ފާހަގަކޮށް ޒުހޫރު ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ޒުހޫރު ވިދާޅުވީ ނޯމަަލައިޒިން ކޮމިޓީ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފީފާގެ ޓީމެއް ވެސް އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox