އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ލަސްވި ކަމަށް ގަބޫލެއް ނުކުރަން: ޝަހީމް

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު. އޭނާ ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށް -- ފޮޓޯ: އަދަދު

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު. އޭނާ ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށް -- ފޮޓޯ: އަދަދު

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ސަރުކާރުން ނިންމިތާ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވީ ނަމަވެސް، އެކަން ލަސްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ސަރުކާރުން ނިންމިތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް އެކަން ވެފައި ނުވާތީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތާ ގުޅޭގޮތުން އޭނާ ވާހަކަދެއްކެވުމަކީ އެހައި "މުނާސަބު ކަމަކަށް ނުވެދާނެ،" ކަމަށެވެ.

ނަމަވެސް, އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެކަން ލަސްވެފައިވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެއީ ރައްޔިތުންގެ މަޖިލީހުގައި އޮތް އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކަންތައްތައް ކުރިއަށް ދާނީ، އެހެން ނޫންތޯ؟" ޝަހީމް ވިދާޅުވި އެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެބިނެޓުން ޖޫން 2، 2024، ގައި ނިންމީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ. ނަމަވެސް އޯގަސްޓު 22، ގައި މަޖިލިސް ޗުއްޓީއަށް ދިޔައީ އެ ނިންމުމަށް ގާނޫނީ ބާރުވެރިކަމެއް ނުގެނެހެވެ.

ކެބިނެޓުގެ ނިންމަށްފަހު އޮގަސްޓު މަހުގެ ނިޔަލަށް އިޒްރޭލުގެ 313 ފަތުރުވެރިޔަކު ރާއްޖެއަށް އައިސްފައިވެ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިދިޔަ 10 ވަރަކަށް މަސްދުވަހުގެ ތެރޭގައި ފަލަސްތީނުގެ ހައްގުގައި ރައީސް ކުރެއްވި މަސައްކަތްތަކާ މެދު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެ ކަންކަމުގެ އަގު ވެސް ވަޒަން ކުރައްވާ ކަމަށެވެ.

އެގޮތުން, އިޒްރޭލުގެ ގަތުލްއާއްމާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ވެސް އެންމެ ފުރަތަމަ ތަދައްހުލުވި އެއް ގައުމަކީ ރާއްޖެ ކަމަށާއި އދ. ގައި ވެސް ފަލަސްތީނުގެ ދިފާއުގައި ރާއްޖެއިން އަޑު އުފުލާފައިވާކަން ޝަހީމް ފާހަގަކުރެއްވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެކަން ވަރަށް ވަރުގަދައަށް ހަމަ އެމަނިކުފާނު ދިފާއީ އަޑު އުފުއްލަމުން ގެންދަވާކަން އެއީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެކަމަށް ހަމަ އުފާވާ ކަމެއް، އަޅުގަނޑުމެން އިސްލާމީ ދައިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ ފަރާތްތަކުން ހަމަ އެކަމުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަން."

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ސަރުކާރުން ނިންމިތަ އެތައް ދުވަހެއް ފާއިތުވިއިރު، ވެސް އެކަން ކޮށްފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox