އިނގިރޭސިވިލާތުގެ އަސްކަރީ އުޅަނދެއް މާލޭގައި ބަނދަރުކޮށްފި

އިނގިރޭސިވިލާތުގެ އަސްކަރީ އުޅަނދު މާލޭގައި ބަނދަރުކޮށްފައި: އެ ބޯޓު ފުރާ ތާރީހެއް ނޭނގޭ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިނގިރޭސިވިލާތުގެ އަސްކަރީ އުޅަނދު މާލޭގައި ބަނދަރުކޮށްފައި: އެ ބޯޓު ފުރާ ތާރީހެއް ނޭނގޭ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިނގިރޭސިވިލާތުގެ އަސްކަރީ އުޅަނދެއް، އެ ގައުމުގެ ކަނޑުގެ ސިފައިންނާއެކު މާލޭގައި ބަނދަރުކޮށްފި އެވެ.

އެ އުޅަނދު މިހާރު އޮތީ މާލޭގެ ހުޅަނގު އުތުރު ކަންމަތިން ބޭރުގަ އެވެ. "އާރުއެފްއޭ ލައިމް ބޭ" އަކީ އިނގިރޭސި އަސްކަރިއްޔާގައި މިހާރު އޮތް އެންމެ ބޮޑެތި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އެއް އުޅަނދެވެ. އެ ބޯޓުގެ ދިގު މިނުގައި 250 މީޓަރު ހުރެ އެވެ.

ލައިމް ބޭގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ އުޅަނދުން މާލެ އައީ ޕޯޓު ވިޒިޓެއްގައި ކަމަށެވެ. އާންމު އުސޫލުގެ ދަށުން ޕޯޓު ވިޒިޓުތަކުގައި އުޅަނދުތަކަށް ބޭނުންވާ އެކި ސާމާނާއި ތެޔޮ އަރުވަ އެވެ. އަދި ފަޅުވެރިން ބަދަލުކުރެ އެވެ. ނަމަވެސް މި ދަތުރުގެ ސީދާ ބޭނުމެއް އެ އުޅަނދުން ވެސް ހިއްސާއެއް ނުކުރެ އެވެ.

ރާއްޖެ އައުމުގެ ކުރިން މި އުޅަނދު އެންމެ ފަހުން އޮތީ ސިންގަޕޫރުގަ އެވެ. އެ ގައުމުގެ ލައިމް ބޭ އޮތީ މަރާމާތުގެ ބޭނުމަށް ކަމަށް ބުނެފައިވެ އެވެ.

އާރުއޭއެފް ލައިމް ބޭގައި މިހާރު ތިބި އިނގިރޭސި ސިފައިން --- ފޮޓޯ: ސޯޝަލް މީޑިއާ
އާރުއޭއެފް ލައިމް ބޭގައި މިހާރު ތިބި އިނގިރޭސި ސިފައިން --- ފޮޓޯ: ސޯޝަލް މީޑިއާ

އާރުއޭއެފް ލައިމް ބޭގައި މިހާރު ތިބި އިނގިރޭސި ސިފައިން --- ފޮޓޯ: ސޯޝަލް މީޑިއާ

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ، އެ އުޅަނދު މާލޭގައި ބަނދަރުކުރީ ލޮޖިސްޓިކްސް ބޭނުމަކަށް ކަމަށެވެ. މާލޭގައި އޮންނާނެ މުއްދަތެއް ނޭނގެ އެވެ.

އިނގިރޭސި ވިލާތުގެ އަސްކަރީ ބޯޓެއް މިއަދު މާލޭގައި ބަނދަރުކުރިއިރު، ރޭ، ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ސީދާ ފުލައިޓެއް އަޅާފަ އެވެ.

އެ ދަތުރުކުރީ ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެއިޝާ އެއާލައިނު "ބިއޮންޑް" އިންނެވެ.

ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކާއި އެއާޕޯޓުތަކަށް އައިސްގޮސްވާ ބޯޓުތަކުގެ ތަފުސީލު ފެންނަ ސައިޓުތަކުން ދައްކާގޮތުން މިރޭ ޑިއެގޯ ގާސިއާއިން ވީއައިއޭ އަށް ދަތުރުކުރީ ބިއޮންޑުގެ "B4 3101" ނަމްބަރު ފުލައިޓުންނެވެ. އެ ބޯޓު ވީއައިއޭގައި ޖެއްސީ ރޭ 7:14 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox