އެމެރިކާގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވެއްޖެ

Sep 11, 2024, 3:32 AM
އެމެރިކާގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވެއްޖެ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 11) - އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވެއްޖެ އެވެ.

މިދިޔަ ސީޒަނަށް ފަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރި ޕޮޗެޓީނޯ، 52، އެމެރިކާގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ، 2026 ވަނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ.

ޕޮޗެޓީނޯ ބުނީ، އެމެރިކާގެ ކޯޗުކަމާ ހަވާލުވުމަކީ އޭނާ ބޮލުގައި އެޅުނު ބޮޑު ޒިންމާއެއް ކަމަށެވެ.

"މިއީ ހަމައެކަނި ފުޓްބޯޅަ ޓީމަކަށް ކޯޗުކޮށްދޭ ވިސްނުމުގައި ކުރި ކަމެއް ނޫން. އަހަރެން އެހީވާން ބޭނުމީ، މި ގައުމުން ފުޓްބޯޅައިގައި ހާސިލްކުރަން ބޭނުންވާ އުންމީދުތަކަށް،" ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ، އެމެރިކާ ޓީމާ ހަވާލުވިކަން އިއުލާނުކުރީ، އެމެރިކާ އިން އެކުވެރިކަމުގެ މެޗެއްގައި، ނިއު ޒީލެންޑާ ކުޅުމުގެ ކުރިންނެވެ. އެމެރިކާ އާއި ނިއު ޒީލެންޑުން ސިންސިނާޓީގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން، އެމެރިކާ އިން ވަނީ އަމިއްލަ ދަނޑުގައި ކެނަޑާ އަތުން 2-1 އިން ބަލިވެފަ އެވެ. މިއީ، 67 އަހަރު ތެރޭ އެމެރިކާ އިން އަމިއްލަ ގައުމުގައި ކެނަޑާ އަތުން ބަލިވި ފުރަތަަމަަ ފަހަރެވެ.

އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ޕޮޗެޓީނޯގެ ކޯޗިން ކެރިއަރަށް 15 އަހަރު ވަނީ ވެފަ އެވެ. ކުރީގެ މިޑްފީލްޑަރު، ޕޮޗެޓީނޯ ވަނީ، މީގެ ކުރިން، ސްޕެއިނުގެ އެސްޕަންޔޯލާއި އިނގިރޭސި ތިން ކްލަބް ކަމަށްވާ ސައުތެމްޓަން އާއި ޓޮޓެންހަމްގެ އިތުރުން ޗެލްސީ އަދި ފްރާންސްގެ ގަދަބާރު، ޕީއެސްޖީ އަށް ކޯޗުކޮށްދީފަ އެވެ.

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox